އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ނާކާމިޔާބީއާ ކުރިމަތިވީ އެމްޑީޕީގެ އެތެރޭގެ ކޮރަޕްޝަނުގެ ސަަބަބުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެެ އިކޮނޮމިކް މިނިސްޓަރ ފައްުޔާޒް އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ކޮވިޑާއި ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކާއި ކުރިމަތިި ކަންތައްތަކާއި ރައްޔިތުންގެ އުއްމީދުތައް މާމަތީގައި ހުރުމާއި އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒްގެ ޓްވިޓާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ނާކާމިޔާބީ އާއި ކުރިމަތިވީ ކޮރަޕްޝަނުގެ ސަބަބުން ކަމަށާއި، މި މައްސަލަތަކާއި ގުޅިގެން ޕާޓީގެ އިސްވެރިން ވާހަކަ ދައްކަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން ކޮރަޕްޝަނާ ދެކޮޅު ކަމަށާއި، ފާޅުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގަން އެފަރާތްތަކުން ނޭދޭ ކަމަށެވެ. އެކަހަލަ ކަމެއް ހިނގާ ކަމަށް ވާނަމަ މެންބަރުން ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެކަން ފާހަގަވަމުން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެތެރޭގެ މައްސަލަ އޮވެގެން ނާކާމިޔާބުވީ، އެއީ ކޮރަޕްޝަން، އެމްޑީޕީގެ މެންބަރުން އަބަދުވެސް ބޭނުން ވާނެ މި ޕާޓީ ނަޒާހަތްތެރި ވާން، ސަރުކާރުގެ ތެރޭގަ ކޮރަޕްޝަން އޮންނާކަށް ބޭނުމެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަގުތު" އަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުއަށް މިހާތަނަށް 9،548 ވޯޓް ލިބިފައިވެއެވެ. އެއީ މިހާތަނަށް ގުނި ވޯޓްގެ 61 އިންސައްތައެވެ. ވެރިކަން ކުރާ އެމްޑީޕީގެ އަނަސް އަބްދުލް ސައްތާރުއަށް މިހާތަނަށް ލިބިފައިވަނީ 5،758 ވޯޓެވެ. އެއީ 37 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއަށް ލިބިފައިވަނީ 265 ވޯޓެވެ. އެއީ އެއް އިންސައްތައެވެ.

އެމްޑޕީއަށް މި އިންތިޚާބު ނުލިބުނު ސަބަބަކަށް އެތެރޭގެ މައްސަލަތައް ކަމުގައި ރައީސް ނަޝީދު އަދި މިނިސްޓަރު ފައްޔާޒު ވެސް ފާހަގަކުރެއްވިއިރު ދެ ބޭފުޅުންގެ ގުޅުން ފަހަަކަށް އައިސް ގޯސް ވެފައިވާ ކަމުގައި ފެނެއެވެ.

މީގެ ކުރިން ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅޭ މިންވަރަށް އެމްޑީޕީގެ މެންބަރުންގެ ސޮއި ހަމަވެފައެއް ނުވެއެވެ.

ފައްޔާޒްގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައެވެ. ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީ އެމްޑީޕީގެ ޓުވިޓާ އެކައުންޓުގައި އޭރު އާންމު ވެސް ކުރިއެވެ.

ރައީސް ނަޝީދު ވަނީ ފައްޔާޒަށް ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރައްވައިފައެވެ. ފައްޔާޒު އުޅުއްވަނީ ޕާޓީގެ ތެރޭގައި "ބްރޯ" އަކަށް ވެގެން ކަމަށް ސިފަ ކުރެއްވިއެވެ.

މި ސަރުކާރުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން ޖެހޭ ވެންޓިލޭޓަރުތަކަކާއި ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަމަލު ކުރި ގޮތާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތައް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޑގގ

    އަންނި ބުންޏަސް ސަތޭކައިގެ ވާހަކަ އެއް.

    30
    8
    • ޚޮސް

      ކަލޭތީ ބޮޑުވަގު ވއްކަންކޮށްގެން އަރުވާލި ބޮޑުވަގު ކަލޭބުނީ މޑޕ އަކީ ވައްކަންކުރާ ކޮރަޕްސަން ހައްދުފަހަނާ އަޅާފަވާ ޕާޓިއެއްކަމަށް ދެން ކޮންވާހަކައެއް އަދި ކަލެޔާ ކަލެޔާ އެއްކޮށް ދިވެހި ހަޒާނާ ލޫޓުވާލީ މީހުންނާ ގާނޫނު އަރާ ހާމަކުރާނެ ޖަލުގެ ތޭރިތަށް ކަލެޔަށްވެސް އިންތިޒާރުކުރޭ

      17
      1
  2. ޔަގީނޭޔަގީނޭ

    އިންތިހާބުގެ ނާކާމިޔާބީގެ ސަބަބަކީ އެމްޑީޕީ އެތެރޭގެ ކޮރަޕްޝަން ކަމަސް ބުނަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިހާރުން މިހާރަށް ކޮވިޑް އިން ވައްކަން ކުރި މިނިސްޓަރުން ތައް ވަކިކުރަންވީއޭ މީގެ މުގުލުގައި ހުރީ ފިނޭންސް މިނިސްޓަރު އަމީރު ކަން މަމެންނަށް ޔަގީނޭ ޔަގީނޭ ޔަގީނޭ...

    38
    3
  3. އަޒް

    ކަލޭ ޔޭ އެބައިބައިވުން އުފެދީ ، ކަލެޔޭ ރައިތުން ނިކަމެތިކުރީ، ކަލެޔޭ ރައިތުންނައް ހުތުރުބަސް ބުނަނީ، ކަޔޭ ޕާލިމަޓްގެ އަގުވައްޓާލީ، ކަލޭހިކުރީ ރައިތުން ނަކީ އަދިރި ކަންފަތް ބީރުބޔެއްކަމައްތަ. ބަލަގަ ޟިހުނައް ވަނަމުނަ ގޮވަމުން ހޭބަލިވެގެން ދުވިއިރު ނޭގުނުދޯ ﷲ ވޮޑިގެންވާކަން

    20
    2
  4. އެނގިއްޖެ

    ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން ކޮރަޕްޝަނާ ދެކޮޅު ކަމަށާއި، ފާޅުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގަން އެފަރާތްތަކުން ނޭދޭ ކަމަށެވެ. ރަނގަޅު ފާޅުގައެއްނޫންހިންގީ ސިއްރުން އެކަމަކުވެސް ކޮންމެކަމެއްގަވެސް އެއޮންނަ ވަގުތު ޖެހުނީމާ އިތުރައް ސިއްރު ނުކުރެވުނީ

    18
    1
  5. ޑަބިޔާ

    ބޭފުޅާ ވައްކަމުގެ ވާހަކަ ނުދައްކާ ހުދު ބޭފުޅާވެސް ޖެހިފަ ހުންނާނެ

    25
    2
  6. ޞ

    ރަނގަޅައްތިބުނީ ތިޕާޓީއަށް ނިސްބަތްވާ ކައުންސިލްތަކުގެ ބައެއްރައީސުންވެސް ބޭނުންވަނީ ކަންކަމަށް ނުފޫޒުފޯރުވައިގެން ބާރުގެބޭނުންކޮށްގެން އެމީހުންވީމަ ގަވަެިދާހިލާފަށްވެސް އެމީހުންބޭނުންވާ ކަމެއްވިއްޔަވެނިމެން މޑޕ އައުޓް .

    19
  7. ވައްހާބު

    ބުރު ގަހުން އުއްދަނޑި ނިކުމޭތަ؟

    12
  8. ނަދާ

    ނަން ވާނީ ޔާމީން

    22
    1
  9. ޚަބަރު

    ސަބަބަކީ ތިޔަ ޝައިޠޯނު

    21
    1
  10. ދުންމާރި

    މި ނުބައި ނުލަފާ ލާދީނީ ކަލޭގެ އަނގައިނވެއް އެމްޑީޕީއަކީ ކޮރަޕްޓުބަޔެކޭ ބުނެވިއްޖެތާދޯ ދެން ކީކޭބާ ކިޔަން މި އުޅެނީ

    19
    1
  11. ހުސެން

    އަދީބު ވައަކަން ކުރުވަން ފޮނުވި ކަމަށް އެއްބަސް ވެފައިވާ މުޖުރިމެއް މިއީ

    21
    1
  12. ޙަހަހަ

    ޢިންތިހާބު ނާކާމިޔާބުވީ ކަލޭޔާހެދިކަން ދިވެހިން ޝައްކެއް ނުކުރޭ

    15
    1
  13. ސޮނިބެ

    ކޮރަޕްޓް ޕާޓީއެއް ވީމާ އެތެރޭގައިވެސް ބޭރުގައިވެސް އޮންނާނީ މުޅިންވެސް ކޮރަޕްޝަނެއްނުން....

    15
  14. ޖަގޭ

    ބަލިވުމުގެ ސިއްރަކި އިންސާފުގެއްލުމާ، ކޮރަޕްޝަނުގެ ސަބަބުންކަން ގައިމު ޔާމީނުގެ މައްސަލައި ގައި އަދީބާޒިޔަތު ގޭގައި، ހައިތަމްބޭރުކުރިހިސާބުން ފެށިގެން ސަރުކާރަކަށް އިތުބާރެއް ނެތް

    14
  15. ވޯޓޭ

    ކޮބާހޭ ފުލެޓުތައް؟

    13
  16. ޢާރިފް

    އެތެރެގެޔޯ ބޭރުގެޔޯ ކިޔުއްވާނެ ކަމެއްނެތް. ޢުމުރު ހުސްވާއިރުވެސް ނިކަމެތި މީހާއަށް އޮތީ ނިކަމެތިކަން. ސަންދޯކުގެ ޖާގަ ފިޔަވައި އިތުރު ގޮތެއް މަމެންނަކަށް ނެތް.. ސަލާމް..

    12
  17. ފެއިލް

    އަމިއްލަ އިއުތިރާފުން ފެއިލްވެއްޖެކަމަށް އިއުތިރާފުވެފައި ލީޑަރޝިޕް ދޫކޮށްނުލާނަމޭ ބުނުމަކީ ޑިކްޓޭޓަރެއްގެ ޚުދުމުޚުތާރުކަން ރައްޔިތުންނަށް ފާޅުކަން ބޮޑުގޮތުގައި ހާމަކުރުން. ޑިމޮކްރަސީގައި އޮންނަ ރީތި ގޮތަކީ ތިމާގެ ލީޑަރޝިޕްގައި ޕާޓީއަށް ބޮޑެތި ނާކާމިޔާބީއާ ކުރިމަތިވުމުން ލީޑަރޝިޕުން ދުރަށްޖެހި އާ ލީޑަރުންނަށް ފުރުޞަތު ދިނުން. އަންނީގެ ކިބައިން މި ފެންނަނީ ދުނިޔޭގެ އެންމެ ޚުދުމުޚުތާރު ޑިކްޓޭޓަރުންގެ ކިބައިން ފެންނަ ސިފަ. ޑިކްޓޭޓަރަކަށް ޚުދުމުޚުތާރު ލީޑިރަކަށް ދެނެއް ރައްޔިތުން އާއެކޭ ނުބުނާނެ.

    15
  18. އަހްމަދު

    ނަޝީދުގެ ކުފުރުސިޔާސަތަށް ދެންމިގަ އުމުގަ ޖާގަ އއއެ އްނެތް

  19. ހުސެން

    ކިތައް ވައްކަން.މާލޭ ސިޓީ އިން ހެދި ލޮނު ޕާކު ވައްކަމޯ.މިހެން ގޮސް ކިތަންމެ ވައްކަމެއް ފަޅާއަރާނެ.ހުރޭ ބަލަން

  20. Anonymous

    އިންތިޚާބް ނާކާމިޔާވީ މަނިކުފާނުގެ ދުލުގެ ވިހައިގެ ސަބަބުން . އެހެންވީމާ މިއީ އާލީޑަރ ޝިފްއަކާ ޕާޓީ ހަވަާލުކުރަންވީ ވަގުތު.

  21. ސުބު

    މީނާގެ ދުލުގެ ވިހަކަން ވިހަގަދަ ހަރުފައަކަށްވުރެ ވިހަގަދަ. ދެން ޕާޓީ އާ ލީޑަރޝިޕްއަކާ ހަވާލުކުރޭެ.

  22. ޢަދުރޭ

    ކޮންމެ އެއްޗެއްވެސް ކުނިވާން ފަށާނީ ބޯކޮޅުން. މާލެ އަކީ އެމްޑީޕީ ބޯ . ދެން މަޑުމަޑުން އެމްޑީޕީ ދާނީ ކުނިވަމުން ސަބަބަކީ އެމްޑީޕީ ވަޢުދުވި އެއްކަމެއްވެސް އެ މީހުންނަކަށް ނެތް ކުރެވޭކަށް. އެކަން ނުކޮށް ދައްކާ ކޮންމެ ވާހަކައެއް ރައްޔިތުން ދެކޭނީ މޮޔަހެއްދުން ކަމުގައި . މީ ވަރަށް ސާފު ޙަޤީޤަތެއް

  23. ބަރުގޮނު

    އެހެންވީމާ ޒީރޯ ޓޮލެރަންސް ސަރުކާރަކަށް ނުވިތާ.. ކޮރަޕްޓް މެމްބަރުންގެ ނަން ހާމަކޮށް އެކަމުގެ ބާވަތް އިޢުލާނުކޮށްލަންވީނު.

  24. ީހިޔަނި އިލާފަތި

    ކަރެޕުސަނަށް ވުރެއް ބޮޑަށް ބޭބެގެ އަމިއއލަ އެދުމާއި ނާޗަރަގީގެ ސަބަބުނއ

  25. ކޯސާބެ

    އެތެރޭގައެއް ނޫން މުޅިގައުމުގަ ކަރަޕްޝަނާ ފަސާދަޔާ ރައްޔިތުންނައް ވީވައުދުތައް ގޮނޑިޔައް އެރުނީމާ ހަދާންނެތުން މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ގެންގުޅޭ ނަސްލީ އިމްތިޔާޒް (ގޯތި ހަރާމް ވޯޓް ހަލާލް) މިނާތަހުޒީބް އަމަލް މާލޭގެ ރައްޔިތުންނައް ވިސްނުނީ އަދިކިރިޔާ 50 ހަކަ އަހަރުފަހުން މީގެ ކުރީގަވީމަ ވޯޓް ދެނީ ހިތުން ރުހުމުން އެކަމަކު ސަރުކާރުތަކުން އެކަން ބަލައިނުގަތުމުގެ ހިތި ނަތީޖާ ރައްފުށުގަ ހިލޭ ގޯޓި މާލޭ މީހާޔައް ނުލިބޭ މާމަދަރިންގޮވައިގެން ބިކަހާލްގައި ދިރިއުޅެން ކެއްނުވެގެން ވޯޓްނުދިނީ މީވަރައްސާފް އިންތިހާބައް ބޯހިޔާވަހިކަމޭކިޔާފަ ފުލެޓްވިޔަފާރި ރައްޔިތުންނައްގޯތިނުދީ ދަތިކޮއްފައި އަގުއަރުވާފައި ރައްޔިތު މީހާ ކުރާމަސައްކަތުން ހޯދާ މަދު ފައިސާކޮޅު އަތުލަނީ ރައްޔިތުންނައް އަދިކިރިޔާ މިވިސްނެނީ ވެދުން

  26. އެޑަމް

    ސަބަބަކީ މޭސްތިރި ފުޑާލި ބުއްޅަބޭ.
    އަމިއްލަ އަގައިން އެމް ޑީ ޕީ އަކީ ކޮރަޕްޓް ޕާޓީއެއްކަމަށް އެއްބަސްވީތީ ވަރަށް އުފާވެއްޖެ.
    ރާއްޖޭގަ މިހާރު މިހިންގާ ވަރުގެ ބޮޑެތި ކޮރަޕްޝަން ފުރަތަމަ ހިންގަންފެށީވެސް ކަލޭގެ ވެރިކަމުގަ. އޭގެފަހުން ރާއްޖޭގަ ކޮރަޕްޝަން އާއްމުވީވެސް.