ހދ. އަތޮޅު ކައުންސިލްގެ ފުރިހަމަ މެޖޯރިޓީއެއް ވެރިކަން ކުރާ އެމްޑީޕީއަށް ނުލިބޭ ކަން އިއްޔެ ކުރިއަށް ގެންދިޔަ ކައުންސިލް އިންތިޚާބުގެ ނަތީޖާ އިން ދައްކައިފިއެވެ.

"ވަގުތު" އަށް މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީއިން ހދ. އަތޮޅުގެ ފަސް ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ.

އެއީ ހަނިމާދޫ ކައުންސިލްގެ ރައީސް، ފިނޭ ކައުންސިލްގެ ރައީސް، ކުމުންދޫ ކައުންސިލްގެ ރައީސް، މަކުނުދޫ ކައުންސިލްގެ ރައީސް، މަކުނުދޫ ކައުންސިލްގެ ރައީސް، އަދި ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް އެވެ.

މީގެ އިތުރުން ލާމަރުކަޒީ ޤާނޫނު މިހާރު އޮންނަ ގޮތުން ދިހަހާސް މީހުންގެ އާބާދީއާ އެކީ ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލެއް އިންތިޚާބު ކުރި ހދ. ކުޅުދުއްފުށީގެ މޭޔަރު ވެސް އަތޮޅު ކައުންސިލްގައި އިންނަވާނެއެވެ. އެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ އެމްޑީޕ ީއިންނެވެ.

މިހެންވެ ހދ. އަތޮޅު ކައުންސިލްގައި އެމްޑީޕީގެ ހަ މެންބަރަކު އިންނަވާނެއެވެ.

ބާކީ ހަތް ރަށުގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ކެންޑިޑޭޓުންނެވެ.

މި ގޮތުން ހަތަރު ރަށެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ވާދަވެރި ޕީޕީއެމް އިން ކާމިޔާބު ކުރެއްވިއެވެ. އެއީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް، ހިރިމަރަދޫ ކައުންސިލްގެ ރައީސް، ކުރިނބީ ކައުންސިލްގެ ރައީސް، އަދި ނާވައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ.

އަމިއްލަ ކެންޑިޑޭޓުން ވަނީ ދެ ރަށެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެއީ ނޭކުރެންދޫ ކައުންސިލްގެ ރައީސް އާއި، ނެއްލައިދޫ ކައުންސިލްގެ ރައީސްއެވެ. އަދި ނޮޅިވަރަމް ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީއިންނެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ ނަތީޖާ މިހާތަނަށް އައިސްފައިވާ ގޮތުން މި ގޮނޑި ވެސް އިދިކޮޅު ޕީޕީއެމް އިން ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ދައުރު މެދު ތެރެއިން ބޭއްވި މި އިންތިޚާބުގައި މީގެ ކުރިން އެ ޕާޓީއިން އަޣުލަބިއްޔަތު ހޯދާފައިވާ ގިނަ ރަށްރަށުންނާއި އަތޮޅުތަކުން އެ ޕާޓީއަށް އަޣުލަބިއްޔަތު ދަނީ ގެއްލެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރީނދޫ ބައިގަނޑު މުޅިގައުމުސުންނާފަތިކޮށްފި މިމީހުން ސައިޒުކުރަންވިތާ ކިތަށްމެ ދުވަހެއް ހުތުމުހުތާރު އައްނި މިއީ މިގައުމުގެ ހަލާކު

  2. ޒައިކް

    ދެން ކޮންބަޔަކަށް ލިބުނީ؟؟ ޕީޕީއަށް ލިބުނުތަ؟؟ އެންމެ ގިނަ ގޮނޑި އެމްޑީޕީން ނެގީ

    1
    1