މިރޭ ރޯދަ މަހަށް ހަނދު ފެނިއްޖެ ނަމަ ބަޑި ޖަހާނީ އަންހެން ސިފައިން ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އެޕްރީލް މަހުގެ 13 ވަނަ ދުވަހެވެ. އެއީ އަންގާރަ ދުވަހެވެ.

މި އަހަރުގެ ރޯދަ މަހަށް ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު މިރޭ 20:30 ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހަނދު ފެނިއްޖެ ނަމަ ބަޑި ޖެހުން ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށާއި، ބަޑި ޖަހާ ގެމައިގައި ބައިވެރި ވާނީ އަންހެން ސިފައިން ކަމަށެވެ.

ހަނދު ފެނިއްޖެ ނަމަ ހަނދު ސާބިތު ކުރުމުގެ އިންތިޒާމު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރެޝަން އާއި މެޖިސްޓްރޭޓް ކޯޓު ތަކުގައި ހަމަޖެހިފައިވާނެ ކަމަށް އެ ޑިޕާޓުމެންޓުން ބުނެފައިވެއެވެ. އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް ހަނދު ފެނިގެންް އެމައުލޫމާތު ދޭއިރު ގާތް ގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މައުލޫމާތު ދޭން ވާނެ ކަމަށް އެ ޑިޕާޓުމެންޓުން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. އަދި އެރަށަކީ މެޖިސްޓްރޭޓެއް ނެތް ރަށެއް ކަމުގައި ވާނަމަ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލްވެ ހުންނެވި މީހެއްގެ ކުރިމަތީގައެެވެ.

ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން 29 ޝަައުބާން 1442 ވާ އާދިއްތަ ދުވަހު (މިއަދު) ގެ ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓުމެންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅިވިފައި ހުންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    މާދަމާރޭ ހަނދު ފެނިއްޖެނަމަ ފިރިހެން ސިފައިން ބަޑިޖަހާނީ.

  2. ބުރުގާ

    އަމަ އްޔާ އި! އަނެ އްކާ ރަގަޅު ދިމާލައް ތި ބަޑިޔެއް ޖަހައްޗޭ....

    5
    1
  3. ތެޔޮބިޑި

    އިބޫނިކުމެ ޖެހިއަސް ދެންނަތީޖާއެއް ބަދެލެއްނުވާނެ.

  4. މެކް

    އަންހެން ފިރިހެން ކިޔާގެން ތަފާތުކުރުންތކާއި ފިތުނައިގެ އަލިފާންގަޑުގެތެރެއައްވައްޓާލަން އަބަދުވެސް މުނާފިގުން މަސައްކަތް ކުރާންނޭނގެނީ ކާކަންހެއްޔެވެ.

  5. ޙާދިލް

    އެދެން އެވަރު ކަމެއްތަ. އިންޑިޔާއަށްރާއްޖޭގެ މިނިވަންކަން ވިއްކާ ވާހަކަ އޮއްބާލަން ދައްކާނެ ވާހަކައއއް ނެތިގެން މިކަންތައްގަނޑެއްގެ ވާހަކަ