ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީއަށް މާލެއިން ވޯޓުތަކެއް ގެއްލިގެން ދިޔުމަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙަޔާތުގެ ނިމުމުގެ ފެށުން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަށް ލަނޑުދީފއި ވަނީ ޙަސަން ލަތީފު ކަހަލަ "ދިއުޅިއެއް ނުވާ މައްކާރުން" ކަމަށެވެ. އެހެންނަމަވެސް ހަސަން ތަލީފަށް ނިސްބަތްކޮށް އެހެން ވިދާޅުވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ. އޭނާ ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް އަށް ވެސް ފާޑުު ވިދާޅުވެފައެވެ.

"މިއަދު އަލީ އާޒިމް އަށްވެސް ސާފުވާނެ މާލޭގައި ރާއްޖެތެރޭ މީހުން ވެސް ވަޒަންވެރިވެ އުޅޭކަން." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވަނީ ރައްޔިތުންނަށް ގެދޮރު ދޭނަމޭ ބުނެ ސަރުކާރުން ހަދާފައި ވަނީ ހީލަތްތެރި ދޮގު ކަމަށް ވިދާޅުވެފައެވެ. އަދި ދީނަށް ފުރައްސާރަކުރުމުގެ އިތުރުން ޤައުމު އިންޑިއާއަށް އަޅުވެތި ކުރުވާފައިވާ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ކުރީ ވައްކަން ކަމަށާއި ސަރުކާރުން 2.5 އަހަރު ހިންގި ސިޔާސަތުތަަކަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ ވެރިކަމުގެ ހުރިހާ "ޓޫލްސް" އަތްމަތީ ޖަމާވެފައި އޮއްވާ އެމްޑީޕީއަށް ލިބިފައި މިވަނީ "ހުތުރު ބައްޔެއް" ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ވެރިކަން ހިންގާ ބާރުތައް ސަރުކާރަށް ލިބިފައި ވީ ނަމަވެސް އޭގެ ބޭނުން ނުހިފޭކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތައް ލިބުނީ އެމްޑީޕީ އަށެވެ. އެހެންނަމަވެސް ބޮޑެތި ބައެއް ތަންތަނާއި އާއްމުކޮށް އެމްޑީޕީ އަށް މެޖޯރިޓީ ލިބޭ މުހިންމު ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. އެގޮތުން ވެރިކަން ކުރާ މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީ އަށް ގެއްލި ކުރީގެ ހައުސިން މިނިސްޓަރ ޑރ،މުއިޒް ވަނީ މޭޔަރުކަމަށް ހޮވިވަޑައިގަންނަވާފައެވެ. އަދި ފުރަތަމަ ފަހަރަށް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ސުޕަރ މެޖޯރިޓީ އެމްޑީޕީ އަށް ވަނީ ގެއްލިފައެވެ. އަދި މީގެ އިތުރުން ކުރިން އެމްޑީޕީން އަބަދުވެސް ހޯދަމުން އަންނަ ކައުންސިލްގެ ގިނަ ގޮޑިތަކެެއް އެ ޕާޓީއަށް ގެއްލިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަޝީދު ރައީސް

  އޭ ބަލަ މޮޔަޔާ އިއްޔެ ވޯޓުލާން މާލެ އިން ނިކުތީ PPM މިހުން އެކަނި! އެމީހުން އެޅި އެއްޗަކުން MDP މީހަކު ވެސް ހޮވުނީ ކަލޭ ހުރީ ކޮން ތާކު ތަ؟

  3
  1
 2. އަޒް

  އަހަރެނަގެދުވާއަކީތީ ، ދިވެހިރާއްޖެ އައް އޮތްމުސީބާތެއްނަޝީދަކީ

 3. ޢަދުރޭ

  ކޮންމެ އެއްޗެއްވެސް ކުނިވާން ފަށާނީ ބޯކޮޅުން. މާލެ އަކީ އެމްޑީޕީ ބޯ . ދެން މަޑުމަޑުން އެމްޑީޕީ ދާނީ ކުނިވަމުން ސަބަބަކީ އެމްޑީޕީ ވަޢުދުވި އެއްކަމެއްވެސް އެ މީހުންނަކަށް ނެތް ކުރެވޭކަށް. އެކަން ނުކޮށް ދައްކާ ކޮންމެ ވާހަކައެއް ރައްޔިތުން ދެކޭނީ މޮޔަހެއްދުން ކަމުގައި . މީ ވަރަށް ސާފު ޙަޤީޤަތެއް

 4. މުހައްމަދު

  ސިކުނޑީގެ އުނިކަމެއް އުޅޭތީ ނަޝީދު ޕާޓީ ރައީސް ގެ ގޮޑިން ނާއި މަޖުލިސް ރައީސްގެ ގޮޑިން އަވަހަށް ދުރަށް ނުލައި ފިނަމަ ގައުމުގެ ދުވަހާއި ޕާޓީގެ ދުވަސް ދިއުން ދާދި ކައިރި.