ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިގޮތަށް ވިދާޅުވީ، ގޮނޑިތަކަށް ވާދަކުރައްވާ ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތުުން ނެރުއްވީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ވަނީ މި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މާލެ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މޭޔަރު ކަން ލިބިފައި ވަނީ އެމްޑީޕީއަށެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ މުހައްމަދު އާތިފެވެ. އަދި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އިސްމާއިލް ރަފީގެވެ.