ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭންގައި މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް "ރަނގަޅަށް" އެންޓި ކެމްޕޭން ކުރި ނަމަ އެމްޑީޕީއަށް އެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާތައް އިއުލާން ކުރަމުން ދަނިކޮށް މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިންތިޚާބު ބަލިވެގެން ދިޔައީ އެންޓި ކެމްޕޭން ނުކުރުމުން ކަމަށް ޤަބޫލެއް ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމު ވެސް މިހާރު ފުރުއްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެންޓި ކެމްޕޭން ކުރުމަކީ އެމްޑީޕީގެ ކެމްޕޭން އުކުޅެއް ނޫނެވެ. ވާދަވެރިންނަށް އަމާޒުކޮށް އެއްވެސް ވަރަކަށް އެންޓި ކެމްޕޭން ކޮށްފައި ނުވާ ކަމަށެވެ.

އަދި ކެމްޕޭން ބައެއް ޖަލްސާތަކުގައި މުޢިއްޒަށް އަމާޒު ކުރައްވައި ބައެއް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައިވީ ނަމަވެސް އެއްވެސް މިންވަރަކަށް އަމާޒު ކުރައްވާ ބަހުގެ ހަމަލާތަކުގެ ތަފްސީލްތަކަށް ވެސް އެމަނިކުފާނު ވަޑައިގެންފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިންތިޚާބު ގެއްލުނީ އެންޓި ކެމްޕޭން ކުރުމުން ކަމަށް ޤަބޫލެއް ނުކުރަން. އެންޓި ކެމްޕޭން ނުކުރުމުން އިންތިޚާބު ގެއްލުނީ. އަޅުގަނޑުމެން ރަނގަޅަށް އެންޓި ކެމްޕޭން ކުރި ނަމަ މި ގޮތަކަށް މި ނަތީޖާއެއް ނުނުކުންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މުއިއްޒުއަށް އަމާޒު ކުރައްވައި އެމަނިކުފާނު ވަރަށް ގިނަ ބަހުގެ ހަމަލާތަކެއް ދެއްވިއެވެ. މުއިއްޒުގެ ބައްޕައަކީ ހއ. ވަށަފަރު ބޭފުޅަކަށް ވުމުން "ވަށަފަރު މުއިއްޒު" ފަދަ ބަސްތައް ރައްދު ކުރެެއްވިއެވެ. "މާލެ ހަލާކު ކޮށްލީ ހޮޅި މުއިއްޒު" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަގުތު" އަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުއަށް މިހާތަނަށް 9،548 ވޯޓް ލިބިފައިވެއެވެ. އެއީ މިހާތަނަށް ގުނި ވޯޓްގެ 61 އިންސައްތައެވެ. ވެރިކަން ކުރާ އެމްޑީޕީގެ އަނަސް އަބްދުލް ސައްތާރުއަށް މިހާތަނަށް ލިބިފައިވަނީ 5،758 ވޯޓެވެ. އެއީ 37 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއަށް ލިބިފައިވަނީ 265 ވޯޓެވެ. އެއީ އެއް އިންސައްތައެވެ.

މާލެ ސިޓީ ކައުންސިލަށް މޭޔަރުގެ ގޮނޑި ހިމެނޭހެން 19 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާއިރު ޕީޕީއެމްއިން 12 ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް ނަތީޖާތަކުން ދައްކައެވެ. އަދި އެމްޑީޕީއަށް ލިބުނު ކަމަށް ދައްކަނީ ހަތް ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަބޫ

    މީ އަޅެ ބޯހަމަޖެހޭ މީހެއްތަ؟

    94
  2. ނަފީސާ

    ވޯޓް ކާމިޔާބު ކުރަނީ އެންޓި ކެމްޕޭން ކޮށްގެނެއްނޫން.
    އިންތިޚާބުތަކުގަ ކުރި ހޯދޭނީ ރައްޔިތުންނަށް އިހުސާންތެރުވެގެން. އެންޓި ކެމްޕޭން ކުރުމަކީ މަނާކަމެއް ނޫންތޯ؟

    89
  3. ޑަބިޔާ

    ދެންކަލޭ ކުރީ ކޮން ކެންޕޭނެއް. ޕީޕީއެމް ކުރި ކެންޕޭނެއް ނެތް. ވައްކަން ކުރާލެއް ބޮޑުވެގެން ކަލޭމެން ބޭރުކުރީ ދިވެހި ރައްޔިތުން. އަދިވެސް އެހެން މީހުން ވައްކަން ކުރާ ވާހަކަ ދައްކާ

    79
    2
  4. މުހުއްމަދު

    ގަބޫލު ބަޔަކު ކުރިޔަސް ނުކުރިޔަސް ކަލެއަށް ރައިޔިތުނަށް ކޮށްދެނު ހަމަ އެކަނި ކަމަކީ އެބައިމީހުން ގެ އިޖްތިމާއީ ފޭރާން ވީ ދުން

    99
  5. ޝަހިންދާ

    ބޮޑާބޭ. ކަލޭބޮޑޭނުކަނޑާ. 2023ގަ ވެސް ހަމަ މިހެންސައިޒްކޮށް ރައއ އްޔިތުމީހާ ގެ އަޑު އިއ އްވާނެ

    66
  6. އެމަންޖެ

    ގައުމުގެ ބޮޑު އެންޓި.

    43
  7. ސަނީ

    ތިޔަ ވިދާޅުވީ މާލެ މީހުން ގުނބޯ ހެއްދުނު ނަމައޭ ދޯ؟

    68
  8. އަޒް

    ތީގެމާނައަކީ މީހާރު ކަލެޔަކީ ގާބިލްމީހެއްނޫނޭ

    46
  9. އެންޓިބޭ

    އެންޓި ކެމްޕޭން ކުރަނީ ކެމްޕޭން ކުރަން ނުދަންނަ މަރުމޯލުން ކުރާ ކަމެއް. މިފަހަރު މާލޭގެ މޭޔަރަކަށް ހޮވުނު އިއްޒަތްތެރި ޑޮކްޓަރ މުއިއްޒު އެ ދެއްކެވި ކެމްޕޭންކުރުމުގެ އެންމެ މަތީ ދަރަޖައާއި ފަންތި. އެއްވެސް މީހަކާ ދިމާއަށް ހަޑިހުތުރު އެއްޗެއް ނުބުނެ އެއްވެސް ކަމަކާ ޖަދަލުކޮށް އެއްވެސް ކެންޑިޓޭޑެއްގެ އަބުރަށް އަރައިނުގަނެ ރީތި ބަހުން ކެމްޕޭނުކޮށްގެން. މިއީ އެއްވެސް އިރެއްގައި ތިޔަ ޕާޓީން ދަންނަ ކަމެއް ނޫން. ދަންނަ ކަމަކީ ހަޑިހުތުރު ވަނަން މީހުންނަން ދިނުމާއި އަބުރަށް އަރައިގަތުމާއި ފުރައްސާރަކުރުމާއި މީހުންގެ ގަޔަށް ބޮޑިބަތް ޖެހުމާއި އަލިފާންބޯޅަ އުކުން ފަދަ ހަޑިހުތުރު ކަންކަން. ޑޮކްޓަރ މުއިއްޒާ ދިމާއަށް ހޮޅިމުއިއްޒޭ ގޮވީ ކާކުތަ! ބޮޑިބަތްޖަހާފައި ބޮޑިބަތް ޖަމީލޭ ގޮވީ ކާކުތަ! ތެދެއް ނަހަދާތި.

    51
    1
  10. ތަރުޖަމާން

    އެންޓިކޭމްޕޭން = ދިވެހި ރައްޔިތުން މެދުގައި ފިތުނަ ފަސާދަ އުފެއްދުން

    41
  11. ާާާއިބޫ

    އެހެން ދެން ލަލަލަ

    27
    1
  12. މޮހޮނު

    ތިޔަ ޝައިތާނާ ދިމާއަށް ބުނަން އޮތް އެތި ބޮޑުކަމުން ނުބުނާނަން

    47
    • އަހްމަދު

      ހަގީގަތުގަވެސް ތީވަރަށް ބޮޑު ތެދުފުޅެ އް ދީނާހިލާފު ވާހަކަދަ އްކާ މުރުތަ އްދު މީހަކާދަށްކާނެ
      ވާހަކަޔެނެތް

  13. ބުއްޅަބޭ

    ކަލޭ އެންޓިބަަ އޮޓިކެ އް ބޮ އެބަލަ.

  14. އަހްމަދު

    ނަޝީދު މިއީﷲގެނިންމެވުން އެމްޑީޕީން ދީނައްފުރައްސާރަކޮށް ރަސޫލާޔަށް ހަޖޫޖެހިމިހުންނައް ހިމާޔަތްދީ ރައްކާކޮށްދިނީމަ ދިވެހިގިނަރައްޔިތުންގެނުރުހުމާ ކިރިމަތިލާންޖެހުނީ އެނިންމުންގަބޫލުކުރޭ

  15. ލޮލް

    އެންޓި ކެމްޕޭން ކުރުމަކީ ގާނޫނީ ކުށެއް

  16. ކިޔުންތެރިއެއް

    ލޮލޮ. ފުލުހުން، އެންޓިކޮރަޕްސަން ކޮމިސަން ، އިލެކްސަން ކޮމިސަން ، އެޗްޕީއޭ ، ހިއުމަން ރައިޓްސް ، ރާއްޖޭގެ ކޯޓުތަށް އަދި ނަމުގަ އިއްޒަތް ވެގެންވާ މަޖިލީސް. މިހުރިހާތަނެއް ބޭނުންކޮށް އިދިކޮޅަށް ކެންޕޭނުކުރަން އެއްވެސް ފުރުސަތެއްނުދީ ، އެމްޑީޕީ އަދި އަދުގެ ފެއިލުވެފައިވާ ވައްކަމާ ރޭޕުކުރާ ލާދީނީ ސަރުކާރު އެއްވެސް އުދަގުލަކާނުލާ އެންޓި ކެމްޕޭން ނުކުރެވުނީތޯ؟ އިސްތިއުފާދެއްވާ ރައްޔިތުންގެ އިތުބާރެއްނެއް. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުން ހުރިކަން މިހާރު ޔަގީންވެއްޖެ.

  17. ފަރޭ

    ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކުން ނާކާމިޔާބުވެެގެން ދުނިޔޭގެ ލީޑަރަކު ޕާޓީ ދޫކުރެއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވީމާ ލާމަރުޒަކީ އަކީ މުހިއްމު އެއްޗެއް ނޫނޭ ދޯ ތިޔަ ބުނަނީ. ލީޑަސިފް ފެއިލްވި ކަމަށް ރައީތުން (އަތޮޅުތަކުން ވަކިވަކިން) ނިންމީމާވެސް އެބަލައި ނުގަތް. ޔޫރަފުން ވަކިވާން އިނގިރޭސިން ނެގި ވޯޓާ އެއްކޮށް މަނިކުފާނުގެ ބެސްޓް ފްރެންޑް އިސްތިއުފާ ދިން ކަން ހަނދާން ނެތުނީތޯ

  18. ހާރޭ

    ރާއްޖެއަށް ޑިމޮކްރެސީ ގެނައި ކަމަށާއި ލާމަރުކަޒީ ކުރި ކަމަށާއި މިކަންކަމަށް ކްރެޑިޓް ނަގަނީ ނަސީދު. އެކަމު ރިވެތި ކޮންމެ ސިފައެއް ރާއްޖެއަށް ޑިމޮކްރަސީގެ ތެރެއިން މިގެނައީ އެހެން ބައެއް. އެންޓި ކެމްޕޭން ނުކޮށް މުއިއްޒު މިދައްކާދިން ނަމޫނާއަށް މަރުޙަބާ.

  19. ދީދީގެސީދީ

    ފޫކޮޅުގައި އަނަސް ތަތްކޮށްގެން މާލޭގެ ހުރިހާ ގެއަކަށާ ހޮޓާތަކަށްވަދެ ދޮގުހަދަމުން ގޮސް ބައެއްތަންތަނުން ނެރެ ބޭރު ކުރި އިރުވެސް ތިޔަބުނާ ކެމްޕޭން ނުކުރެވެނީތޯ؟ ވީގޮތަކީ މިފަހަރު ޕީޕީއެމްގެ އޮބްޒާވަރުން ވޯޓްފޮށިތައް ބެލެހެއްޓި ރަނގަޅުކަމުން ވަގު ނުހެދުނީ. ވަގު ހެދުނު ނަމަ ކާމިޔާބުވީސް. މުއިއްޒުއާދިމާލަށް ކީ އެއްޗެތި ހަނދާން ނެތުނީދޯ؟ ބަލަމޮޔަޔާ. އަނަސް އަށް މުއިއްޒު ލާ ސީގެ ވަހާ ހަމައަށްވެސް އާދެވޭނީ 50އަހަރު އެކްޓް ކޮށްގެން. އަދި ސީއާ ހަމައަށް އާދެވޭނީ ކިހާ ދުވަހަކުން؟