އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ހަތަރު ދާއިރާއަކަށް ލީ ވޯޓު އަލުން ގުނައިދިނުމަށް ވެރިކަނ ް ކުރާ މައި ޕާޓީ އެމްޑީޕީން އެދިއްޖެއެވެ.

ވޯޓުގެ ނަތީޖާ އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގަބޫލުކުރައްވާ ގޮތުގައި މާލެ ސިޓީ އާއި، އަދި ހާއްސަކޮށް މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ގެއްލިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ނަތީޖާގެ ފަރަގު ވަރަށް ކުޑަ ހަތަރު ދާއިރާއެއް އޮތްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ހަތަރު ދާއިރާގެ ވޯޓުން އަލުން ގުނަން އެދޭ ކަމަށެވެ. ނަތީޖާއިން އެ ހަތަރު ދާއިރާއިން ކުރީގައި އޮތީ ޕީޕީއެމް އެވެ.

"ހަތަރު ގޮނޑިއެއް އަލުން އަނބުރާ ގުނުމަށް، ސާފުކުރުމަށް އަޅުގަޑުުމެން އެބަ އެދެން. އަދި ނަތީޖާ ޝީޓުތަކާއި، ވޯޓު ކަރުދާސް ކޮޅުވެސް އެ ގޮނޑިތަކުގައި ސާފުކުރުުމަށް އެބަ އެދެން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ހަތަރު ދާއިރާގެ ތެރޭގައި ހިމެނެނީ:

1. މެދު ހެންވޭރ (ޓީ-3):

ހޮވުނީ އާދަމް ރަމީޒް (ޕީޕީއެމް) - ލިބުނު ވޯޓު (243)

އިސްމާއިލް ހުސައިން (އެމްޑީޕީ) - ލިބުނު ވޯޓު (230)

2. ހެންވޭރު ދެކުނު (ޓީ-4):

ފާތިމަތު ޝަމްނާޒް އަލީ ސަލީމް (ޕީޕީއެމް) - ލިބުނު ވޯޓު (402)

އާމިނަތު ރިޝްފާ އަހްމަދު (އެމްޑީޕީ) - ލިބުނު ވޯޓު (393)

3. މައްޗަންގޮޅި އުތުރު (ޓީ-10):

ސައީދާ ރަޝާދު (ޕީޕީއެމް) - ލިބުނު ވޯޓު (338)

ލިރުގާމް ވަހީދު (އެމްޑީޕީ) - ލިބުނު ވޯޓު (315)

4. މާފަންނު ހުޅަނގު އުތުރު (ޓީ-15)

ހަސަން ނާޒިމް (ޕީޕީއެމް) - ލިބުނު ވޯޓު (324)

މުހައްމަދު އަރީޝް (އެމްޑީޕީ) - ލިބުނު ވޯޓު (298)

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޏނ

  ޢަތްބާނައިގެން ވިއަސް މޑޕ ބޭނުންވާގޮތަށް ބަދަލުކުރެވޭތޯ ބަލާތި.

  14
  1
 2. އެމަންޖެ

  ހުރިހާ ތަނެއްގެ ވޯޓުވެސް އަލުން ގުނަން ފެންނަނީ އޭރުން ފަހަރެއްގަ މޑޕ އައް ކުރި ލިބިދާނެ ، ނަޝީދޫ ބަލި ގަބޫލުކޮއްބަލަ.

  14
  1
 3. ރަބަރޭ

  ސައިޒައްކެނޑުނީމާވެސް ބާރުގެބޭނުން ކުރެވޭތޯބަލާތި

  17
 4. މަންސޫރު

  އެމް.ޑީ.ޕީން އެދިފިނަމަ އީސީ ހުންނާނި ރެޑީގަ ވަރަން ދެފުށްކެހެރިވާނެ ތިމަރަވަގު ވަގު އީސީ ދިވެހި އެތެކެއް ރައްޔިތެއްގެ ޙައްޤުތަކެއް ކުރިންވެސް ފޭރިގެންފައިވާ ވަގެއް ޝަރީފަކީ

  16
 5. ވޯޓު

  ގުނާގުނާ ލިބެންދެންގުނާ.އެވަރށްކެންޕެއިންކުރީމަވެސްވ ނުހޮވުނީމަވެސް ހަޖަމްނުވާނެތާވ!

  16
 6. ބަލާމީހަ

  އެހެންވީމަދޯ ރިޔާސީ އިންތިހާބްގެ ވޯޓް ތައް އަންދާލީ މިއަދު ހިތިރަހަލީ ދޯ

 7. ގުނާގުނާ ނުގުނުނު

  ދެން ގުނީމާ ވާނީ މަދު.
  ކަލޯ ސީއްދާ ދެންވެސް މައިތިތިވެބަލަ