ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފްކުރައްވައިފިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގެެ ނަތީޖާ އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒަކީ ގާބިލް އަދި ކުޅަދާނަ ކެނޑިޑޭޓެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ނަޝީދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މީގެ ކުރިން މުއިއްޒަށް ތައުރީފް ނުކުރައްވާ ވަރަށް ތައުރީފްކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި އަނަސް އަބްދުއް ސައްތާރަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ނަޝީދު ވިދާޅުވީ، އަނަސް އަކީ އެމްޑީޕީގެ ޕްރައިމެރީއަށް ފަހު ނެރުނު ކެންޑިޑޭޓެއް ކަމަށާއި، މި އިންތިހާބުގައި އަނަސް އަށް ނާކާމިޔާބު ވީނަމަވެސް އޭނާ އަކީ ޒުވާން ބޭފުޅެއް ކަމުން ކުރިއަށް އޮތް ތަނުގައި އޭނާގެ ސިޔާސީ ހަޔާތް ބާއްޖަވެރިވާނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

"އެމްޑީޕީއަށް ނާކާމިޔާބުވީ ނަމަވެސް ލާމަރުކަޒީ ނިޒާމު އުވައެއް ނުލާނަން. ސިޓީ ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ކަމެއް ނިންމައިފި ނަމަ އެކަމަށް އަޅުގަނޑު އިހުތިރާމް ކުރާނަން. ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ގެނައީ ވަރަށް ދުވަހު އެކަމާ އުޅުމަށް ފަހު. މިގޮތަށް ނުވެއްޖިއްޔާ އެހެން ގޮތެއް ހޯދާނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

"ވަގުތު" އަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުއަށް މިހާތަނަށް 9،548 ވޯޓް ލިބިފައިވެއެވެ. އެއީ މިހާތަނަށް ގުނި ވޯޓްގެ 61 އިންސައްތައެވެ. ވެރިކަން ކުރާ އެމްޑީޕީގެ އަނަސް އަބްދުލް ސައްތާރުއަށް މިހާތަނަށް ލިބިފައިވަނީ 5،758 ވޯޓެވެ. އެއީ 37 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއަށް ލިބިފައިވަނީ 265 ވޯޓެވެ. އެއީ އެއް އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު

    ޢެއްކަލަ ފެށީ. ގިނަ ރައްޔިތުން ނުއުޅޭ ދެ ފުއްކެހެރި ލީޑަރުން ދައްކާ ވާހަކަ އަޑު އަހަން. ޢިންތިޒާރު މިހާރު މި ކުރަނީ 2023 އިންތިޚާބުގަ މި އަށްވުރެ ހުތުރު ގޮތަކަށް ބަލިވާތަން ބަލަން

    43
    1
  2. އދ

    ކުރިން ނަސީދު ބުނީ، މުއީޒުއަށް މޭޔަރުކަން ދިނުމަކީ، ޑްރެކިއުލާއަށް ބުލެޑް ބެންކު ހަވާލު ކުރުންކަމައް. ހާދަ އަވަހަކައް ނަސީދުގެ ރާގު ބަދަލުވެޔޭ.. ދޯ

    43
    1
  3. ރަންނަމާރި

    ރައްޔިތުންގެ މަޖިލީސްގައުޅޭ އިބޫގެ ތިމާގެސޮރައް މިހާރުއެގޭނެ ރައްޔިތުން ބޭނުންއެއްޗެއްކަން ހަދާނީ ތިމައްނަބޭނުވިއަސް ގާނުންތަކާނުކުޅެވޭނެކަން 5 އަހަރުވީމަ ބޭރުއަރުވާނެ ރައްޔިތުންނިކުމެ މުޅިއެތިން މިހާރުބަލިތިވީ އިއްތިހާދަކުން ޖަލުގަތިބިމީހުނާވެސް ވާދަކޮށް

    12
  4. ބޯގޯސް

    ކެމްޕޭ ނުގެ އެ ންމެފަހު ދުވަހު މީ ނަ މުއިޒު ހަފާ ނޮޅާގެ ން ކެއީ ނުވިތާކައް ޕާރޓީގެ ކުދި ންނ ނައްވެސް ދީގެ ން ކެއީ ލަދެއް ހަޔާތެއް ގަ ން ނަ ން އެ ނގޭ އެއްޗެއް ނޫ ންވިޔަ ދެ ންދޭބަލަ ފުޅިއެއްބޯލަ ން

    13
  5. އަލިކޮއި

    ބަލަގަ ނަޝީދޫ...ކަލޭ ހަމަތަ؟

    14
  6. ޚަނބުލޮ

    ޢިބިލީހާ ކައިރިނުވާތި

    14
  7. Anonymous

    "މުނާފިޤު ސޮހޮލުކަން ހިތުގައި އަނދާގިނި ބޭރުކޮށްލެވެނީ"
    ލަދުޙަޔާތުގެ ކަންފުޅެއްވެސް އެބަހުރިތޭ.
    މިނަށާ ގުނބޯލާހެދި ވޯޓްތައް ގެއްލުނީ.
    އެހެރީ އެއްވެސް ކުށަކާއި ނުލާ ޑރ. މުޢިއްޒަށް ކިޔާލި މަލާމާތުގެ އެއްޗެހި. ރައްޔިތުން ނަށް ވ. ސާފުކޮށް ފެންނަން، އަޑުއިވެން. ކުރިހޯދަފާނެތީ މުޢިއްޒުގެ މައްސަލަބަލާށާއި އުޅުނީ. ތާހިރު ވެއްޖެތޯ.

    13
  8. ވާނުވާ

    ހަމަ އެއެ އް ނެތިޖެހި ބެރަށް ދިވެހިން ނެށި ނެށުން މިހާރު ހަމަބެރަށް ނަށަން ދަސްކޮށްފި
    ލަވާގެ ރާގު މީހާ ފަހަތަކުން ނުދުވާނެ.
    ލަވާގެ ރާގާ އަރާ ހަމަކުރާނީ މީހުންކަން ނަސީދު ހަނދުމަފުޅު ނެތުނީތީ މިޔަކަނުން އަންނަނީ ހިނިފުޅެވެ.

    11
  9. ކެތި

    ބަލަ މު އި އްޒު އަކީ ވަށަފަރުބޭފުޅެ އްނޫންތޯ؟

    10
  10. މަނީމަނީ

    ކަލޭމެންނައް ވޯޓުގެއްލުނީ މިއުޒިކާއެކު ޒުވާނުން ފަނާކުރާ މަރުކަޒު އަޅަންއުޅުމުން

    12
  11. މުރާސިލް

    މި އޮއްހާ ދުވަހު މުޅިންވެސް އެންޓި ކެޕްޕޭން ޖައްސާ، ބުނަމުން ދިޔައީ މުއީޒަކީ ވަށަފަހު މީހެއް ކަމަށާއި މުއިއްޒަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގައެވެ. ޑރ.މުއިއްޒަށް ގޮނޑި ހަމަ ލިބުމާއި އެކު ރާގުބަދަލުވެ ކީހާ ޅެން ފަރިއްސަށް ވީއެވެ. އަޅެ ލަދު ކޮބައި ހެއްޔެވެ؟

  12. ޙާމަވަނީ

    ހަގީގަތް ހާމަވަނީ. މޑޕގެ އަސްލު ސިފަ ފެންނަން ފެށީ. ޢޮޅުވާލައިގެން އަބަދަކު ނޫޅެވޭނެ.