ލާމަރުކަޒީ ނިޒާމު ރާއްޖެއަށް އުފަން ކުރީ ޕީޕީއެމްގެ ފިކުރުގެ ތެރެއިން ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެއީ އެމްޑީޕީން ހަދާފައިވާ ހާއްޔެއް ނޫން ކަމަށާއި އެއީ ކަނޑައެޅުގެން ދޮގެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ވާހަކަ އަކީ 1992 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެކެވެމުން އަންނަ ވާހަކައެއް ކަމަށެވެ.

މިހާރުގެ ޤާނޫނު އަސާސީއަށް ލާމަރުކަޒީ ބާބެއް އިތުރު ކުރިއިރު، ވެރިކަމުގައި ހުރީ ރައީސް މައުމޫންގެ ސަރުކާރު ކަމަށް އަދުރޭ ވިދާޅުވިއެވެ. ލާމަރުކަޒީ ބާބު ގާނޫނުއަސާސީގައި ހިމަނަން އެކަމާ ގުޅޭ ބިލް މަޖިލީހަށް ފޮނުއްވީ ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ފަހުން ނައިބްރައީސް މުހައްމަދު ވަހީދުއްދީން ކަމަށްވެސް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ގާނޫނު ފާސްކުރީ އެބޭފުޅުން ތިއްބަވައިގެން 17 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން ލާމަރުކަޒީ ޤާނޫނަކީ އެ ބޭފުޅުން އެކުލަވާލާފައިވާ ޤާނޫނެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީން އެކަމާއި މެދު ދައުވާ ކުރާއިރު، އެޕާޓީ އެންމެ ފުރަތަމަ 2008 ގައި ވެރިކަމަށް އައިސް ލާމަރުކަޒު ކުރުމުގެ ބަދަލުގައި ކުރިހާވެސް ކަމަކީ މަރުކަޒު ކުރުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ގާނޫނުއަސާސީއާއި ހިލާފަށް އޭރު ރައީސް ކަމުގައި ހުންނެވި މަޖިލީހުގެ ރައީސް ނަޝީދު، ކައުންސިލަރުންތަކެއް އައްޔަންކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭގެފަހުގައި ރާއްޖެ ޕްރޮވިންސްތަކަކަށް ބަހާލައިގެން އެއިން ކޮންމެ ތަނަކަށް ސްޓޭޓް މިނިސްޓަރަކާއި މުވައްޒަފުން ލައިގެން ހުރިހާ ބާރުތަކެއް އެ އޮފީސް ތަކަށް ގެންދިޔައީ ވެސް އެމްޑީޕީން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރަށް ކުރިއަރުވާ ކޮމިޓީތަކުން މަސައްކަތް ކޮށްގެން ހޯދާފައި ހުރި އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ވެސް އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ މިއީ އެއްގޮތަކަށް ވެސް އެމްޑީޕީން ހަދައިގެން އުޅޭ ހާއްޔެއް ނޫން. އެއީ ހަމަ ކްރެޑިޓް ނަންގަންވަން ވެގެން ދައްކަވާ ވާހަކައެއް. އެމްޑީޕީއަކަށް އެއްވެސް ހާލެއްގައި ތިމަންނަމެންގެ އެއްޗެކޭ ލާމަރުކަޒީ އަކީ ބުނެވޭނެ ޖާގައެއް ނެތް. މިދެންނެވީ ހެކިތައް،" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ފައިސަލް

  ކަލޭގެ ހަގު ދަރި ދޯ އެއީ. މަންމަ އަކީ ކާކުތަ؟

  9
  3
  • ނިކް

   ލާމަރުކަޒީ ނިޒާމު މި ޤައުމުގަ ޕުރެކްޓިސް ކުރަން ފެށިއިރު ޕީޕީއެމް އަދި ޖުވޫދު ނުވޭ.. ވެރިކަމުގަ ވެސް އުޅުނީ އެ ނިޒާމް އުވާލަން..

 2. ޓިނުގަނޑު

  ސިފާ ދެން ލާނީ އެލްޖީއޭ އަށް. އޭރަށް ރާކަނިމަސް ކެވޭނެ.

  11
  3
 3. ދޮގުނުހަދާ

  ލާމަރުކަޒީ ނިޒާމަކީ ރައީސް މައުމޫން އުފަންކުރި ނިޒާމެއް. އެއީ އެމަނިކުފާނުގެ ފިކުރެއް. އެމަނިކުފާނު މިކަންކުރީ ތިހެން ބޮޑުކަޑާފައެއް ނޫން. އެމަނިކުފާނު އެންމެފުރަތަ ކޮންމެ ރަށެއްގައި ރަށުކޯޓު އުފެއްދީ. ވީރާނާވެފައި ހުރި ރަށުއޮފީސްތައް އާކުރީ. ކޮންމެ ރަށެއްގައި ހެލްތު ސެންޓަރެއް އަޅައިދިނީ. ކޮންމެ ރަށަކަށް ޑޮކްޓަރުން ފޮނުވަން ފެށީ. އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް އަޅަންފެށީ. ރަށްރަށުގެ ބަނދަރު ހަދަން ފެށީ. ފެނާއި ނަރުދަމާގެ މަސައްކަތް ފެށީ. މިއިން އެއްވެސް ކަމެއް ކުރީ ޓެކްސް ނަގައިގެނެއް ނޫން. އަދި އަތޮޅުވެރިންގެ ބައްދަލުވުންތަކަށް ލާމަރުކަޒުކުރުމާބެހޭ ކަރުދާސްތައް ހުށަހަޅައިގެން މަޝްވަރާކޮށް ކަންކަންކުރީ. މިކަންކަމުގެ މެޑެލް މިއަދު ބަޔަކު ޖަހަން އުޅުނެއްކަމަކު ހަގީގަތް އޮޅުވައެއް ނުލެވޭނެ. މި ޙަގީގަތްތައް ދެނަހުރި މީހުން ދުނިޔޭގައި އެބަތިބި. ފޮތްފޮތުގައްޔާއި ނޫސްތަކުގައި ލިޔެ ރައްކާކުރެވިފައިވަނީ.

  18
  3
  • ކެމެރާ

   އޭރުގެ ފޮޓޯތައްވެސް އެބަހުރި. ދެބަންދިހާރު ބުއްޅަބޭ ހަދާނީ މުޅިންވެސް ދޮގު.

  • ނިއަކަ

   ލާމަރުކަޒީ ކުރުން ނިކަން ރަނގަޅަށް އެނގިފައޭ ތިއޮތީ.. ފުރަތަމަ ތިޔަ ބުނާ މީހާ ރައްޔިތުންގެ ކުރިމަތީގަ އެއްބަސްވެފަ އޮތީ ތިމަން ޤަބޫލުކުރާ ނިޒާމެއް ވެސް ނޫނޭ އެއީ.. ދެން ކޮން ވާހަކައެއް

 4. Happy

  ޅޮޅް ވަޓް އަ ޖޯކް!