ތ.ކިނބިދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވީ، އެރަށުން ނެގި ހަތަރު ސުންކެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އެޗްއީއޯސީން ވިދާޅުވީ، ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ނެގި ތިން ސުންކަކާއި، އެރަށުން ދަތުރު ކުރި އެކަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މިހާރު ތ. އަތޮޅުގެ ބައެއް ރަށްތަކުގައި ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން އެ އަތޮޅުގެ ކިނބިދޫގައި ކޮވިޑްގެ ވޭދަނަތަކެއް ދަނީ ފެންނަމުންނެވެ. އަދި އެރަށްވެސް ވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު