މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 93 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 50 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވީ 21 މީހުންނެވެ. ރިސޯޓްތަކުން މިއަދު 22 މީހުން ކޮވިޑަށް ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 122 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ކޮވިޑް ބަލި މީހުންގެ އަދަދު މިހާރު ވަނީ 2990 އަށް މަދުވެފައެވެ.

މިއަދު ކޮވިޑަށް 93 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 3516 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏނ

    މިހާރު މާރަނގަޅެއްނުންތޯ އެއްވިވަރަކަށް ފައްސި މަދު

  2. މާމިގިލީ މީހާ

    މާމިގިލީގަ ވަރަށް ބާރަށް ކޮވިޑް އެބަ ފެތުރޭ. ބަލި ޖެހިފަ ތިބި މީހުން އެޔާޕޯޓްން އަންގައިގެން ވަޒީފާއަށް އެބަ ނެރޭ. ބުރުމާ ބާގީ އުޅެނީ އެންމެންނައް ބަލި ޖައްސާން.