01:20

16:45

މިސްކިތްތަކުގައި މިރެއިން ފެށިގެން ތަރާވީސް ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ

09:40

އިންޑިއާގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެނީ، އިއްޔެ ވެސް 169000 މީހުން ފައްސި

08:31

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑަށް ފައިޒާ ވެކްސިން މަސައްކަތެއް ނުކުރޭ!


ކޮވިޑް-19 އަށް ފާއިތުވި ދެދުވަހު ރާއްޖެ އިން ފައްސިވި އަދަދު 100 އިން ދަށުގައި ހުރި ނަމަވެސް ކައުންސިލް އިންތިހާބާއި ދިމާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާފައި އޮތުމުން ކުރިއަށް އޮތް ދުވަސްތަކުގައި އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

މިހާރު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ މީގެ މަސް ދުވަސް ކުރިން އަދަދު ހުރި ވަރަށް ވެއްޓިފައެވެ. ނަމަވެސް ކަރަންޓީން ނުވެ ރަށްތަކަށް ދެވުމުގެ ފުރުސަތު އިއްޔެ ފަހިކޮށްދީފައި އޮތުމުން އެކަމުގެ ސަބަބުން ހާލަތު ބަދަލުވުން ވަރަށް ގާތެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 93 މީހުންނެވެ.

މިއަދު މާލެ އިން 50 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވީ 21 މީހުންނެވެ. ރިސޯޓްތަކުން މިއަދު 22 މީހުން ކޮވިޑަށް ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 122 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ކޮވިޑް ބަލި މީހުންގެ އަދަދު މިހާރު ވަނީ 2990 އަށް މަދުވެފައެވެ.

މިއަދު ކޮވިޑަށް 93 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 3516 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބިރު ކުޑަވީއޭ ބުނާއިރު މާމިގިލި ރައްޔިތުން މިތިބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގަ.
    އަލާމާތްތައް ފެންނަމީހުންނާާޕ ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވެފަ ތިބި މީހުން ބައިވަރު، ސާމްޕަލް ނެގެނީ ރިޕޯޓް ކުރާތާ ދޭއް ނޫނީ ތިން ދުވަސް ފަހުން، ސާމްޕަލް ނަގާތާ މަދުވެން ތިނެއް ނޫނީ ހަތަރު ދުވަސް އެބަ ނަގާ ރިޒަލްޓް ލިބެން.
    ކަރަންޓީންގަ ތިބޭ މީހުން އުޅެނީ އެމީހަކު އުޅޭނެތާކު އުޅޭނެ ގޮތަކަށް، ވޯޓްލާން ރިސޯޓް ތަކުންނާ މާލެއިން އައި މީހުން މުޅި ރަށުގަ ވިއްސިފަ އުޅޭނެތާކު އުޅެފަ ދިޔައީ ، ބަލާނެ މީހަކު ނެތް،
    މުއައްސަސާތައް އޮތީ ނިދާފަ،
    މީޑިޔާ ތަކުން ބަލަނީ ކޮނމެސް ސިޔާސީ މީހެއްގެ ކަށި ހަފާލެވޭތޯ، ނޫނީ އެމީހުންނަށް ސަނާ ކިޔޭތޯ. އަހަރެމެން މިތިބެން ޖެހެނީ ބިރުވެރި ކަމުގަ ތާށިވެފަ، 😭😭😭😭😭

    • .....

      ބަލި ޖެހިދާނެތީ ބިރުގަންނާކަށް ނުވާނެ...އެހެން ނޫނަސް މީ ތިހީކުރާހާ ނުރައްކާތެރި ބައްޔެއް ކަމުގެ ހެކި ފެންނާކަށް ނެތް...ހަމަ އެކަނި ބަޔަކު މީޑިޔާ މެދުވެރިކޮށް ނުރައްކާތެރި ކަމަށް ފަތުރާ ވާހަކަތައް މެނުވީ...ކަންބޮޑުވާނެ ކަމެއްނެތް...ބިރުން އުޅެގެން ކުރެވޭނެ ކަމެއް ނޯންނާނެ...އެހެނަސް ބަލިބަލިން ރައްކާތެރިވުންވެސް އޮންނާނެ...ބިރުގަތަސް ނުގަތަސް ފިލާއޮތަސް ނޯތަސް ބަލި ޖެހެންވީމަ ޖެހޭނެ...އެކަމަކަށް ކުރެވޭނެ ކަމެއް ނޯންނާނެ...ބިރުގަންނަންވީ ބަލި ދެކެ އެއްނޫން...ބަލި ޖައްސަވާފަރާތްދެކެ ބިރުވެތިވޭ...އެހާރުން ބަލި އެއީ މާބޮޑު ހާސްކަމަކަށް ނުވާނެ....