މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ނ. ހޮޅުދޫ ކައުންސިލަށް ދެމަފިރިން އިންތިޚާބުވެއްޖެއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ހޮޅުދޫ ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އެމްޑީޕީ އަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ.

ހޮޅުދޫ ކައުންސިލަށް އިންތިޚާބުވި ފަސް ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓުންނަކީ ދެމަފިރިންނެވެ. އެއީ މުޙައްމަދު ޢަލީ އާއި މަރިޔަމް ވަޙީދާއެވެ.

މުޙައްމަދު ޢަލީގެ އުމުރުން 46 އަހަރެވެ. މަރިޔަމް ވަޙީދާގެ އުމުރުން 43 އަހަރެވެ.

މުޙައްމަދު ޢަލީއަކީ 2014 އިން 2017 އަށް ނ. އަތޮޅު ކައުންސިލްގެ ހޮޅުދޫ ދާއިރާގެ މެންބަރެވެ. އަދި 2017 ގައި އޭނާ އިންތިޚާބުގައި ވާދަކުރައްވާފައެއް ނުވެއެވެ. މިއީ މަރިޔަމް ވަޙީދާ އިންތިޚާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.

ނަތީޖާ ދައްކާ ގޮތުން ހޮޅުދޫ ކައުންސިލްގެ އާންމު މެންބަރުންގެ ވޯޓުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ވެސް މުޙައްމަދު ޢަލީއަށެވެ. އޭނާއަށް 609 ވޯޓް ލިބިވަޑައިގަތެވެ. އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު އިރުފާންއަށް ލިބިވަޑައިގަތީ 580 ވޯޓެވެ.

ހޮޅުދޫ ކައުންސިލަށް އެންމެ ގިނަ ވޯޓާ އެކު އިންތިޚާބުވެފައިވާ ކެންޑިޑޭޓަކީ މަރިޔަމް ވަޙީދާއެވެ. މަރިޔަމް ވަޙީދާއަށް 728 ވޯޓް ލިބިވަޑައިގަތެވެ. އަންހެނުންގެ ޚާއްސަ ގޮނޑި އަށް ދެން އިންތިޚާބުވި ޕީޕީއެމްގެ ކެންޑިޑޭޓް އައިޝަތު ޙަސްމާއަށް 699 ވޯޓް ލިބިވަޑައިގަތެވެ.

މުޙައްމަދު ޢަލީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި ދެ ބޭފުޅުން ކައިވެނި ކުރެއްވީ މީގެ މަސް ދުވަސް ކުރިންނެވެ. އެއީ އިންތިޚާބަށް ކުރިމަތިލިތާ އަހަރު ދުވަސް ފަހުންނެވެ. އަދި ދެމަފިރިން ވެސް އިންތިޚާބު ކާމިޔާބު ކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އުފާވޭ ދެން، އަޅުގަނޑުމެން ދެ މީހުން ވެސް އެންމެ ގިނަ ވޯޓުން އިންތިޚާބުވީ، މަރިޔަމް ވަޙީދާއަށް އެންމެ ގިނަ ވޯޓް މުޅި ހޮޅުދޫއިން ވެސް އަދި ލިބިފައި އޮތީ،" މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މި ދެ ބޭފުޅުން ކައިވެންޏެއް ކުރައްވައިފައެވެ. ކޮންމެ ބޭފުޅަކަށް ވެސް ކުރީގެ ކައިވެނިން ދަރިއަކު ލިބިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    މމމަރުޙަބާ!☺️

    12
    1
  2. ކޫލްކަމެއްނޫން

    ސީދާ ކަރަޕްޝަނަށް މަގުފަހިވާ ކަމެއް...

    8
    12
  3. ރޭދުވާ

    އޯކޭ ދޯ ތިގޮތްވެސް. އެކަކު އުލެ ގޮތް އަނެެކަކަށް ކައިރިން ފެންނާނެ ދޯ..

    19
    1
  4. ބޯހަލާކު

    ހޮޅުދޫގަތިބޭނީ ބޯބުރާންތީން

    9
    14
    • ލީނާ

      ހާދަ ޖޭ ބޮކި ވަސް ދުވައޭ...ކެކެކެކެ

      4
      1
  5. ޤ. ހައްގު

    ވަރަށްބޮޑަށް ތަހުނިޔާކިޔަން ތެދުވެރިކަމާއެކު ރައްޔިތުންނަށް އެހީވެދޭށެވެ!

    15
    2
  6. 😂

    ލާރި ކައިގެން ތިބޭނީ ތިމީހުން.

    5
    10
  7. ޢަޒު

    މަސްލަޙަތު ފުށު އަރާނެ ތިކަހަލަ ކަންކަމުގަ ބޮޑުބޭބެ ރައީސަކަށް ކޮއްކޮ ނައިބަކަށް އެންމެފަހުން ދެމަފިރިންވެސް ކައުންސިލަށް ތިކިޔާ ހުޅަނގުގެ ޑިމޮކްރަސީއާއިވެސް ތިކަންކަން ޚިލާފް ސްރީލަންކާ އަކީެސް އެފަދަ ގައުމެއް

    2
    8
  8. ޗަމްޗީ

    ދެން ދެމަފިރިން ކައުންސިލް އިދާރާގައި ސަނގަލާ ޖެހީމާ އެވީނުން.

    6
    7
  9. Anonymous

    މާޝާﷲ.
    ފަށްފަށުން މަރްޙަބާ ދެކަނބަލުންނަށް ވ.ނަސީބު ރަނގަޅު ކާވެންޏެއް ކަންނޭނގެ. މާޝާﷲ.
    ކާވެނީގައި ބަރަކާތް ލައްވާ ޞާލިޙް ދަރިފަސްކޮޅެއް މިންވަރު ކުރައްވާ، ރަށާއި ޤައުމަށް ޚިދުމަތް ކުރުމުގެ ހެޔޮ ތަވްފީޤް ދެއްވާންދޭވެ އާމީން.
    ގިނަބަޔަކު ތިވަރަށް ވޯޓް ދޭނީ ވެސް ދެކަނބަލުން ވެސް ހެޔޮފުޅުވީމަ. ހިތްވަރާއިއެކު ކުރިއަށް. ޚުލްޤް ރަނގަޅު މާތްމީހުންދެކެ އެންމެންވެސް ލޯބިވާނެ

    20
    1
  10. ފާތުން

    ދެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް މަރުޙަބާ! އަދި ކައިވެނީގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަން. މަރިޔަމް ވަޙީދާގެ ކުރީގެ ފިރިމީހާގެ މިހާރުގެ އަނބިމީހާވެސް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރިކަން ފާހަގަ ކޮށްލަން. މުޙައްމަދު އަލީއާއި މަރިޔަމް ވަޙީދާ އަކީ ވަރަށް ކެތްތެރި އަޚްލާގު ރަނގަޅު ދެމީހުން. ކައުންސިލަށް ބޭނުންވަނީ މި ފަދަ މީހުން.

    19