ފުލުހުން ކްރިމިނަލް ކޯޓު ކައިރީގައި ހަރަކާތްތެރިވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
ފުލުހުން ކްރިމިނަލް ކޯޓު ކައިރީގައި ހަރަކާތްތެރިވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގިކަން އުޅުނު ކަމަށް ބުނެ ދައުލަތުން ދެދިވެހިންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފިއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ވަނީ ތާވަލް ކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ތާވަލް ބުނާ ގޮތުން ދައުލަތުން މިމައްސަލައިގައި ދައުވާ އުފުލާފައި ވަނީ ގ.އަރޫޝާމަންޒިލް މަރްޔަމް އަރޫޝާ އަދި ހަސަން ރަޝީދުގެ މައްޗަށެވެ.

އަރޫޝާ އާއި ހަސަންގެ މައްޗަށް އުފުލާފައި ވަނީ މަހުރަމަކާއި ޖިންސީ ގުޅުން ހިންގަން އުޅުމުގެ ދައުވާ އެވެ.

މަހްރަމުންނަކީ ތިމާ އެމީހަކާ ކާވެނިކުރުން އިސްލާމީ ޝަރީއަތުގައި ހަރާމްވެގެންވާ ގުޅުމެއް ނުވަތަ ހާލަތެއް ދެމިއޮތް ކޮންމެ މީހަކެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިންސީ އަމަލެއް އޭނާގެ މަހްރަމަކާއެކު ހިންގީ، އެ ދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ، އެ ދެމީހުންމެ އެ ކުރީ ކުށެކެވެ. އަދި މީހަކު، ޖިންސީ އަމަލެއް އޭނާގެ މަހްރަމަކާއެކު ހިންގީ، އެ މަހްރަމާގެ ނުރުހުމުގައި ކަމުގައިވާނަމަ، އޭނާ އެ ކުރީ ކުށެކެވެ.

ފުރަތަމަ ހާލަތުގެ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ދެވަނަ ހާލަތުގެ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ާމުހައްމަދު

    ތިކަމުގެ ހުކުމަކީ ރަޖަމުކުރުން.ސައްތައިން ސައްތަ މުސްލިމު ކަމަށް ދައުވަ ކުރާ ރާއްޖޭގައި އިސްލާމި ޝަރީއަތުގެ ހުކުމުން ހުކުމު ނުކުރެވެނީ ކީއްވެބާ؟

    • ތިދައްކައްކަނީ އިސްލާމްދީނުގައި ކަންއޮތްގޮތުގެ ވާހަކަ... މިތާ އޮތީ އެހެން ދީނެއް.. ޑިމޮކްރަސީ ކިޔާ ދީނެއް... ޑިމޮކްރަޓިކް ސިސްޓަމްސް އާރ ވަން އޮފް ދި މޮޑާން ފޯރމް އޮފް ޝިރުކް

    • އަސްލުހާލަތު

      އިސްލާމު ދީނުގަ ނޯންނާނެ ޒިނޭކުރަން އުޅުމަކުން ރަޖަމު ކުރާކަށް.. އެކަން ކުރީމަ ރަޖަމު ކުރަން އޮންނަނީ..އެއީވެސް މުޙްސަނަކު ޒިނޭކުރުމުން ޢައިރު މުޙްސަނެއް ނަމަ 100 އެތިފަހަރުން ހައްދުޖަހަން އޮންނަނީ..ޤާނޫނުލް އުޤޫބާތުގަ ވެސް އޮންނަނީ އެގޮތަށް.. ވާނުވާ ނޭގި ޝަރީއަތޭ ކިޔާ ކޮމެންޓު ނުކުރުން ބުއްދިވެރީ

    • މާ އެންގޭ

      ޖިންސީ އަމަލެއް ހިންގައި ގެންތޯ ނޫނީ ޒިނޭ ސާބިތުވެގެންތޯ ރަޖަމުކުރުން އޮންނަނީ؟

  2. ޗީީ .އެހެން މީހަކު ނުވީތަ؟

    • ޑިމޮކްރަޓިސްޓް

      މީގަ ބޮޑަށް ބެލެވެނީ ދެމީހުން ރުހުމުގަ ކަމަށް. މިހެންމިބުނީ އަހަރެން އޯކޭ ބަކަރި އޯކޭ ދެން ސަރުކާރު ކޮންމަށްސަލަ!!

  3. ރާއްޖެތެރޭ މީހާ

    ރަޖަމް ކުރަން ހުކުން ކުރަންވީ

  4. ސުވާލަކީ އަރޫޝާ އަކީ ރަޝީދުގެ ކާކުހޭ؟ ރަޝީދަކީ އަރޫޝާގެ ކާކުހޭ؟

  5. މާތޮޑާ ޒިޔާނާ

    ޢަރޫޝާ އާއި ރަޝީދުގެ އާއިލީ ގުޅުން މަށަކަށް ނޭނގުނު. ޢަދި އެވަރުގެ ދައުވާ އެއް އެކުރީ ކިހާ ހެއްކެތް އޮވެގެން

  6. ރަޖަމް ކުރޭ. ރަޖަމް ކުރޭ.

  7. ޭއާދަމް ނަވާޒު

    ފިތުނަ ފަސާދަ އުފެއްދުން ވަގުތު މީހުންގެ ކަމަކީ މީހަކު ވަސްގަދަ ފޮޑި އެއް ޖެހިޔަސް ހަބަރަކައް ހަދައިގެން އެލިޔާތި

    • Adam navaaz aky va nuva nubala adhi gasthuga rattehinge edhumah seedha meehunge dhiri ulhun halak kuri adhi kurumah masahkai kuramundha meeheh
      Mi comment jahan kereynama jaha 😂

  8. މަހުރަމެއް އެހެން ރަމެއް ކިޔާނެ ކަމެއްނެތް. ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގުމަކީ ޒިބޭ ކުރުން. ޢެކަމުގެ އަދަބު ވަރައް ސާފު.

  9. އަޙްމަދު ޢަލީ

    އެދެމީހުންނަކީ މީގެކުރީގައި ކާއިވެންޏެއް ކޮއްފައިވާ މީހުންތޯ ބަލާލުމެއްނެތި ރަޖަމުކުރާ ވާހަކަ ނުދައްކަމާ އަލައްވެސް ކާއިވެންޏެއް ނުކޮއް ހުރި މީހަކު އިސްލާމީ ޝަރީޢަތުގައި ރަޖަމު ނުކުރެވޭނެއެވެ.

  10. ތިޔަބުނީ ހަމަ ތެދުވާހަކައެށް

  11. ދައުލަތުގެ ވަކީލް

    ދައުލަތުގެ ވަކީލުން ބުނަނީ ގާނޫން ގަ ލިޔަފަ އޮތިއްޔާ އިސްލާމް ދީނުގެ ހުކުމަކައް ވީކަމައް

  12. ތި މައްސަލާގައި ކުއްވެރިވާނީ ކާކުބާ؟

  13. މުހައްމަދު

    ކައިވެނި ހަލާލު ދެމީހުން ކަމުގައި ވިޔަސް، ކައިވެނި ހަރާމް ދެމީހުން ކަމުގައި ވިޔަސް ކައިވެނި ނުކޮށް ޖިންސީ ގުޅުން ހިންގުމަކީ އިސްލާމްދީނުގަ ހަރާމް ކަމެއް، ބޮޑު ވެގެންވާ ފާފަ އެއް، އޭގެ ސަބަބުން ﷲގެ ކޯފާ އެބައެއްގެ މައްޗަށް ހައްގު ވެގެންވާ ކަމެއް.

  14. ކޮބާ އިސްލާމީ ޝަރީޢަތް؟

  15. ރަޖަމު ކުރުމާ ބެހޭ އާޔަތް ލިޔެފައި އޮތްވާ ފެނުނު. ފޮތަށް އަރާފަ އޮތް ހެނެއް ހިޔެއް ނުވޭ

  16. އެދުންގަނޑުވެސް ފުއްދާލެވޭކަށް ނެތެއްނު ކަލޭމެންގެ ނުހޮރުއްޕާނާ ހެދި

  17. ނ.މަނަދޫ ގައިވެސް އުޅޭ ތީގެ ދެމީހުން މިރޯދަމަހުވެސް އޭގެދެމީހުން އުޅެނީ އެކަމުގައި ހުސް ވާހަކަދޯ

  18. ދެ މަހުރަމުން ޖިންސީއަމަލު ހިންގަން އުޅެނިކޮން

  19. ދެ މަހުރަމުން ޖިންސީއަމަލު ހިންގަން އުޅެނިކޮން

  20. އަދުގެ ހާލަތު

    ޒިނޭކުރުން، އެއްޖިންސުން ގުޅުންހިންގުން، މިއީދެން މިހާރު ރާއްޖޭގައި އާންމުކަމެކެވެ. ފިރިން އެމީހުންގެ އަނބިންނަށް އެހެން އަންހެނުން ހޯދާދިނުމާއި، އަނބިން އެމީހުންގެ ފިރިންނަށް އެހެން އަންހެނުން ހޯދާދިނުމަކީވެސް މިހާރު ވަރަށް ކޫލް ކަންކަމެވެ. އެއްޖިންސުން ގުޅުން ނުހިންގާ އަންހެނަކު މިހާރު އަންހެނަކަށްވެސް ނުވެއެވެ. ޅަޒުވާން ކުދިން މެދުއުމުރުގެ ދެމަފިރިންނާ ގުޅުން ހިންގުމަކީވެސް ގަޓްކަމެކޯލައެވެ. ގާތްތިމާގެ މީހުނާ، އަދި ހާއްސަކޮށް "ކަޒިން" ކިޔާ ކުދިންނާ ގުޅުން ހިންގުމަކީވެސް އަރަމުން އަންނަ ހުނަރެކެވެ.

    • ޢިސްލާމްދީނުގް ކަޒިންސްއާ ކައިވެނިކުރުން ހުއްދަ

    • ވަރަށްފަހުން ވެސް ރައްޓެއްސަކު ބުނީ، ގެސްޓްހައުސްއަށް އެބަދެޔޯ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާޔާ އޭނަގެ ބެސްޓްފްރެންޑް ގޮވައިގެން، މިފިރިހެންކުއްޖާ ރަނގަޅުތޯބަލާ ޓެސްޓްކުރަން. ކީކޭދޯ ބުނާނީ!