ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އިން ނުކުތް ނަތީޖާ ބިނާވެފައިވަނީ ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޯލިޝަން ތެރެއިން ތާށިކޮށްގެން ގެންގުޅުމުގެ ނަތީޖާގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް މާލޭގެ މެޖޯރިޓީ ނެގީ އިދިކޮޅު ޕީޕީއެމުންނެވެ. އަދި މާލޭގެ މޭޔަރު ކަމަށް ހޮވިފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި ނަތީޖާ އަށް އިޝާރާތް ކުރައްވައި މަޖިލިހުގެ އެމްޑީޕީގެ މެމްބަރު ބޮންޑޭ ވިދާޅުވީ މާލޭ ވޯޓުގެ ނަތީޖާ ބިނާވެފައިވަނީ ކުދި ބިންކޮޅަށް ގޯތި ދޫކުރާ ވެށިފަހިމާލޭ ޕްރޮގްރާމް މާލޭ ރައްޔިތުން ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޯލިޝަންތެރޭން ތާށިކޮށްގެން ގެންގުޅުމުގެ ނަތީޖާގެ މައްޗަށް ކަމަށެވެ.

ނިމިގެން މިދިޔަ އިންތިޚާބުގައި މާލެ ސިޓީގައި ވޯޓު ދިނުމުގެ ހައްގު ބައި ލައްކަ އަށް ވުރެ ގިނަ މީހުންނަށް ލިބުނު ނަމަވެސް ވޯޓުލާން ނުކުތީ ވިހި ހާހަށް ވުރެ ގިނަ މީހުންނެވެ.

އެގޮތުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކަށަވަރު ކުރެއްވި މުއިއްޒަށް 12،000 އަށް ވުރެ ގިނަ ވޯޓު މިހާތަނަށް އައިއިރު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ 7،000 އަށް ވުރެ ގިނަ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަނީމަނީ

    އަދި މިއުޒިކާއި އެކު ނާޗަރަންގީ ކުޅޭ މަރުކަޒު މައްސަލަވެސް ހިމެނޭ

    10
    1
  2. އާދަމުގެދަރި

    މާލޭގެ ނާކާމިޔާބު ގުޅިފައިވަނީ ޚުދުމުޚުތާރު ޑިކްޓޭޓަރަކު ޕާޓީގެ ހުރިހާ ކަމެއްގައި ބަސްބުނުމާއި، ގައުމުގެ ހުރިހާ ކަމަކާ ބެހުމާއި، ތިންބާރު ވަކިވެފައިވާ ދައުލަތުގެ ހުރިހާ ބާރެއް އޭނާގެ އަތްމައްޗަށް ގެނައުމަށް ހަދަމުންދިޔަ ދޮގުތަކާއި، ފެންވަރެއް ނެތް ވާހަކަތަކެއް ރައްޔިތުންނާ ހަމަޔަށް ގެނެސްދެމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަބަބުން. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ކިބައިން ފެނުނު އަޚުލާޤީ ފެންވަރު ދަށްކަމާއި ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގުމާއި އެއްވެސް މަޤުބޫލު ސަބަބެއް ނެތި ވަޒީރުން ސަރުކާރުން ވަކިކުރަމުން ދިޔުން.

    12
  3. Anonymous

    ރަނގަޅު ވާހަކައެއް. ހިޔާ ފްލެޓްތައް ފޭރުމުގެ ނަތީޖާއާ ރައީސް ޔާމީންގެ ހިޔާނާތެއް ނެތްކަން ކޯޓުގެ ހުކުމުން އެނގޭތީއާ ރައީސް ޔާމީން ދެކެ ބިރުން ތެޅިތެޅި ތިބޭތީ ބަލިވަނީ. ކަވަޑް ބައެއް. އިދިކޮޅު ކަސްތޮޅުއަޅައިގެން ވެރިކަން ކުރަނީ. ޑިމޮކްރަސީއަށް ފައިން އަރާފަ ކޮމިޔުނިސްޓް ގައުމަކަށް މިގައުމު ހަދަމުންދާތީ ވީގޮތް ތިއީ.

    13
    1
  4. އަދުރޭ ޓިނު

    ކަލޭ މެން ގެ ސިޔާސަތު ކަމުނުދާތީ ވަގުތީ ގޮތުން މާލެ އާއި ހަވާލުވަނީ! ދެން ފެން ވެސް ބޮޑުނުވާނެ

    6
    2
  5. ޙުސެން ޝަފީޢު

    ކޯލިޝަން ތެރެއިން ކިހިނެއް ތާށިކުރެވުނީ ކޯލިޝަން އެއީވަކި ސަރުކާރެއްތަ؟

  6. ދިރާސާވެރިޔާ

    ބޮންޑާ ބުންޏަސް އެބުނީ ތެދެއް، ހިޔާ ފުލެޓްތަކަށް މީހުން ވެއްދި ނަ މަ ތިޔަށްވުރެ ނަތީޖާ ރަގަނޅުވީސް، ހިޔާ ފުލެޓޭ ކަޔައިގެން ރައްޔިތުން ގުނބޯ ހެއްދު މުގެ ނަތީޖާ،، ބަންގާޅީންނަށް ބޯހިޔާވަހިކަން ގުޅިފަޅުން ދިނީ.. ރާއްޖެ ރައްޔިތުން އެން މެ ރުޅި އަންނަ ކަންތައް ހިފެހެއްޓު މެއް ނެތި ބަންގާޅީން އެތެރެވުން. އިންތިހާބަށް ކުރި މަތިލީ ބަންގާޅީން ކަނޑު މަގުންވެސް އެތެރެކުރެވޭ ހަދައިފައި.. ޒުވާނުން އަތް މަތި ތަނަވަސްްވަމ މުން އަންނަނިކޮށް ފޮރޮކްސް ޓްރޭޑު ނުކުރެވޭ ގޮތް ހެދީ ގައު މީ ބޭންކުން.. އިންތިހާބުން ލަދުގަންނަން ޖެހުނު ސަބަބުތައް..

  7. އަހްމަދް

    ބޮންޑޭ މީހުން ވޯޓްނުދޭނެ ދީނާހިލާފުވާހަކަ ދައްކަންޏާ އޭގެފަހުން ފުލެޓްވެސް ވަޒީފާވެސް
    ޢޮތީ

  8. ހުކުރު

    އަދި ސަލްމާނުމިސްކިތް ފަދަ އެތައްމިސްކިތަކަށް އިހުމާލުވެ ރޯދައަށް ނުހުޅުވީމާ

    11
  9. ހަސަން

    ކަލޭމެން ގަންނަ ގަނޑު މާލޭ މީހުން އަދި އެންމެނަށް ވެސް މިހާރު އެނގޭ. މެންބަރުން އެއްކޮށްގެން ރޭގަނޑު ސަފާރީ ތަކުގަ އާއި ރިސޯޓް ތަކުގަ. ބަލާ ބަލަ ކެމްޕެއިން ނިންމަން ރަސްދު އަށް ގޮސް ކުރި ޕާޓީ، ޕޯޑިއްމް ކައިރީ ހުއްޓި ނަށާ މިރާއްޖޭގެ ފޮރިން މިނިސްޓަރ އަކަށް ހުރި ޝާހިދު ވެސް މެންބަރ ޖާބިރެކޭ ކޮންތަފާތެއް ހުރީ، ބުރިޖު ގެ ދެ ލޭން އޮޅާލާފަ ގެނެސް ޖެހީ ކޮންތާކަށް ހޭ ކީ. ކޮބާ ލަދު ޙަޔާތް! ބޮއެގެން ކަން މިހާރު އެންމެނަށްވެސް އެނގޭ އެހެން ވީމަ ދެން ވެސް ބޮއެގެން ތި ޕާޓީ ކުދިން ކޮޅު ގޮވައިގެން ގޮސް ޕާޓީ ކުރަން ތިބޭ. 2023 ހަނދާން ނައްތާލާ!

  10. ޢަދުރޭ

    2008 ގައި ނަޝީދު ވެރިކަމަށް އައިސް ހުޅުމާލޭން ރައްޔިތުންނަށް ގޯތިދޭންހިއްކިބިންތަައް އްއެޗްޑީސީ ކިއާ ކުންފުންޔެއް ހަދާފަ އެތަނަށް ދިނީ 2020 ގުޅީ ފަޅުން ރައްޔިތުންނަށް ގޯތި ދޭން ހިއްކި ބިންތައްއެހެން ބޭނުން ތަކަށް ނެގީ ! ދެން ކޮން ވާހަކައެއް މި ދައްކަނީ .

  11. ޕޮގުބާ

    މު އްސަދިންނަށް ފުލެޓްތަށް ދީ ފަގީރުންނިކަމެތިކުރޭ އޭރުން ތާ އީދު ބޮޑްވާނެ

  12. އައްޑޫ މީހާ

    ބޮންޑޭ ދެން ކޮންމެހެން ވީދޭނެކަމެއް ނެތް އިސްތައްޓޭ ކިޔާފަ ތިޔަ ހުރިހާ ނުބައި ނުލަފާ ކަންކަމުގެ ފަހަތުގައި މައި މުގުލުގައި ތިބީ ކަލޭމެން