މި ސަރުކާރުގެ ދައުރުގެ މެދު ތެރެއިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން ލިބުނީ އެހެން ސަރުކާރުތަކުން ހޯދި ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ބޮޑު ކާމިޔާބީއަކީ އަންހެނުންނަށް ކައުންސިލްތަކުން ހާއްސަ ކުރި 33 އިންސައްތަ ގޮނޑީގެ އިތުރަށް ގޮނޑިތަކެއް ގިނަ ގޮނޑިތަކެއް އަންހެން ކެންޑިޑޭޓުންނަށް ލިބުން ކަމަށެވެ. ކަންކަން ނިންމުމުގައި މަސައްކަތް ކުރުމުގައި ދެ ޖިންސުގެ ހަމަހަމަކަން ގެންގުޅުމުގެ ސިޔާސަތު ތަންފީޒުވާ ތަން ފެނުމަކީ އުފާ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް ގުނި ވޯޓުތަކުގެ ތެރެއިން 43 އިންސައްތަ ގޮނޑި ވަނީ އެމްޑީޕީ އަށް ލިބިފައެވެ. އަދި 92 އިންސައްތަ ވޯޓު ގުނި އިރު އޭގެ ތެރެއިން 49 އިންސައްތަ އެމްޑީޕީން ކާމިޔާބު ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ މިޑްޓާމް އިލެކްޝަނެއްގައި އެއްވެސް ސަރުކާރަކަށް ލިބިފައިވާ މިވަރުގެ ކާމިޔާބީއެއް ލިބިފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

އެކަމަކު ހަމަ އެ ނޭވާގައި ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ވޯޓުގެ ނަތީޖާ އިން އެނގިވަޑައިގެންފައިވާ ކަމަށާއި އެކަންކަމަށް ކުރިއަށް އޮތް ތަނުގައި އެކަންކަމަށް ބައްލަވާނެ ކަމަށެވެ. މާލެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ ކަންކަން ހާސިލްކޮށް ދިނުމަށް ދެމި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް ދިރާސާ ކުރަމުން އަންނަ އިރު، ރައްޔިތުންގެ މިހާރު ފާހަގަ ކުރެއްވުނު ކަންބޮޑުވުންތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް ވެސް ހިމެނޭ ކަމަށެވެ. ހާއްސަކޮށް ކެފޭ/ރެސްޓޯރަންޓުތަކަށާއި ޓެކްސީ ދުއްވާ ފަރާތްތަކަށް ވަރަށް ބޮޑު އަސަރުތަކެއް ކުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން ފިޔަވަޅުތަކެއް އެޅީ މުޅި ގައުމުގެ ފައިދާ އަށް ބަލައިގެންނެވެ.

އޭގެ އިތުރުން ކޮރަޕްޝަނާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ މަރުގެ ހަގީގަތްތައް ހޯދުމުގައި ލަސްވުން އެއީ ވެސް ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ތަކުރާރުކޮށް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަދި ކޮރަޕްޝަނަކީ ޒަމާންތަކަކަށް ދެމިގެން ގޮސްފައި އޮތް ކަމަކަށްވާ އިރު، އެކަންކަން އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފުވައްމުލަކު ޒުވާންޖީލު

    އެކަކުވެސް އަނގައިންދެރަނުވޭ !! ޒަމާނީ ބައްޔަކީތޯއްޗެ ؟

    58
    3
    • ޒައިކް

      އަނގައިގެ ވާހަކަ ބާއްވާފަ އިލެކްޝަނުގެ ރަސްމީ ނަތީޖާ ބަލާބަލަ ކޮންބަޔަކަށް ތޯ ގިނަ ގޮނޑިއާ ގިނަ ވޯޓު ހޯދިފަ އޮތީ... މާލޭގެ ނަތީޖާއަށް އެކަނި ބަލަނީ ކީއްވެތޯ ؟ މާލޭގަ އެކަނި ބޭއްވި އިންތިޚާބެއްތޯ ނޫނީ މާލޭ މީހުން އެކަނިތޯ ރިޔާސީ އިންތިޚާބުގަ ވޯޓުލަނީ؟؟ ޕީޕީ ޑީފެކުސަނަށް މުޅި ރާއްޖެ ބޮޑުކޮށް ގެއްލުނު މިދިޔަ އިންތިޚާބުގަ އެމީހުންގެ ވެރިކަމުގަ މި ހަޤީޤަތް ހަޖަމު ކުރޭ..

  2. ކޮތަރު

    ބަލިގަބޫލުކުރުމުގެކަންފުކެއްވެސްނެތް!

    58
    3
  3. ކެތި

    އަލްހާނުވެސްބައްޔެއްނުވޭ އޭނަޔަށްވެސް އެއްޕަސެންޓުލިބުނު . އެއީ އަލްހާނަށްވެސްލިބުނު ކާ މިޔާބެއް.

    49
    2
  4. Anonymous

    ހެސްކިޔާފަދެފައި އެއްކޮށް ޖަހާ ވައްޓާލީމާ ވީތަދުގައިހުރެ ތެދުވެފައި ތަދެއް ނުވެއޭ. ބުނާކަހަލަ ކަމެއް ތާމީވެސް.

    58
    4
    • ޒައިކް

      އެންމެ ގިނަ ގޮނޑިޔާ ގިނަ ވޯޓު ހީދީމަ ބަލިވާ ގޮތެއް މަށަކަށް ނުވިސްނުނު.. މާލޭ އެކަނި ބަލިވީމަ އެ ބަލިވީ މުޅި އިންތިހާބުންތަ؟؟ ތިޔަ ގޮތަށް ހިސާބު ޖަހާތީ ކުރިޔަށް ނުކަނޑަނީ..

  5. ރޭދުވާ

    ހެ ހެ ހެ. އަނގައިން ދެރަނުވާތި.... ޑިމޮކްރަސީ ދަންނަނަމަ އިސްތިއުފާދީފާ ތިބޭނީ ގޭގައި

    53
    4
    • ޒިގްޒިގަ

      ކުރީ ފަހަރުގެ ކައުންސިލް އިންތިޙާބުގަ ޔާމީނު ޕާޓީ ބޮޑު ކޮށް މެޅުނު އިރު ކަލޭ ކޮބާ އިސްތިޢުފާއަކަށް ނުގޮވާ އޭރު... މިފަހަރު މުޅި ރާއްޖޭގެ ގިނަ ގޮނޑިތަކާ ވޯޓުގެ މެޖޯރިޓީ އެއޮތީ ލިބިފަ.. މާލެ އެކަނި ތިޔަ ގެއްލުނީ ސިޓީއަކަށް..

  6. މަރީ

    މުޅިން ދޮގު.

    43
    2
  7. ޙަހާ

    ޢެހެންދޯ؟

    35
    1
  8. މާލަނޑާ

    މީ ތަނެއްގަ ހުރި ބުރާންޗެއްތަ؟ ކިޔޭނުކިޔޭ ތަންދޮރު ނުދަންނަ ގަމާރެއްތަ؟ ކޮން ކާމިޔާބެއްތަ މީނަޔަތް ލިބުނީ؟ ބުނެދީބަލަ؟

    54
    5
  9. ޅަވިޔަނި

    ކަލޯ އަތޮޅުން ވެސް ބޭރުކޮށްލީ މި. ޢަހަރެ މެން މަސްވެރިންނަށް ހެދިހާ ދޮގުތަކުގެ ޖަވާބު އޮތި އަދި ކުރިޔަށް .ކަލޯ މާލެ އައްޑު. ފުވައްކެނޑި ކުޅުދުއްފުށި މީހުން ބޮލަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައެރުނަސް ދެން މިހިސާބުން ބަލައެއްނުލާނެ. 2023 ގަ ކަލޭ ނަޝީދު މަހަށް ހަަ މަ އަނގަދީފައި މި މަސްވެރިން ކަލޯ މެން ބޭރުކުރާނެ ކަން ދަންނާތި

    19
  10. އަންދަރޭސް

    މިކަންވެސް ކުރީގެ ސަރުކާރުތަކާ ވިއްދާ ބަހެއް ނުބުނެ ސަލާމަތެއް ނުވެވުނު ދޯ

    16
  11. ޖަޒީރާމަނިކު

    ރޭޕްގެ ވާހަކައާ ޖިންސީއަނިޔާގެ ވާހަކަ ދައްކަން ނުކެރުނީ ކީއްވެތޯ؟

    19
    1
  12. ޅިމް

    ފެއިލްވީމަ އިސްތިއުފާ ނުދެނީތަ

  13. ޙ

    ޥޯޓްފޮށިތައް ގުނާމީހުންގެ އަނގައޮޅެންދެން ގުނުވިޔަސް އިރާދަކުރެއްވިޔޔާ ނަތީޖާއަކަށް ބަދަލެއް ނާންނާނެ.

    1
    1