މިސްކިތްތަކުގައި މިރެއިން ފެށިގެން ތަރާވީސް ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައިވެސް ތަރާވީހް ނަމާދު ޖަމާއަތުގައި ކުރާނެކަމަށް މީގެ ކުރިންވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ރޯދަ މަހު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު އޮތީ ފުރަބަންދު ގައެވެ. އެހެންވެ ޖަމާއަތުގައި އެއިރު ނަމާދެއް ނުކުރެއެވެ. އަދި ތަރާވީސް ނަމާދާއި، ދަމު ނަމާދުވެސް ޖަމާއަތުގައި ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

ރަމަޟާން މަސް ފެށެނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު