އއ. ތޮއްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ލަކުޑިބުރިކއަކުން ހަމާދީ ޒަހަމްކޮށްލައިފިއެެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 57 އަހަރުގެ ފިރިހެނަކަށެވެ.

ތޮއްޑޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ އަބްދުﷲ ޝިފާޒް "ވަގުތު" އަށް ވިދާޅުވީ، އެ މީހާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ކަހަލަ އަނިޔާއެއް ވެފައިވާ ކަމަށް ނުފެންނަ ކަމަށާއި އެހެން ނަމަވެސް ފަރުވާ ދިނުމަށް ގެނެވުނުއިރު، މެޔަށް ތަދުވެގެން އުޅުނު ކަމަށެވެ.

ބޭރުން އަނިޔާއެއް ފެންނަން ނެތް ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ޓެސްޓް ހެދުމަށް ރަސްދޫއަށް ފޮނުވާލާފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަ ނުޖެހުން ހިނގާފައިވަނީ އެކްސިޑެންޓް އަކާއި ގުޅިގެންނެވެ.

ޝިފާޒް ވިދާޅުވީ، އެ މީހާއަށް ހަމަލާ ދީފައިވަނީ އޭނާ ދުއްވާފައި ދިޔަ ސައިކަލަކުން ކާރެއްގައި ޖެހިގެން ހިނގައި ދިޔަ ދެބަސްވުމެއްގެ ތެރެއިން ލަކުނޑިބުރިއެއް ބޭނުން ކޮށްގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން ހުރީ 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔަތީމު

    އެމީހާ ދުއްވި ސައިކަލް އަނެއް މީހާގެ ކާރުކޮޅުގަ ޖެހުނަސް އެވަރު ކޮށްލަން ޖެހޭތަ.ރުޅި ކޮންޓްރޯލް ނުވާ މީހުން ކާރު ނުދުއްވާނީ.މާރާމާރީ ހިންގި މީހާއަށް ދައުވާ ކުރެވެން ޖެހޭނެ

    37
  2. Anonymous

    އެވަރު ކުރާކަށް ހެޔޮވެސް ނުވާނެ

    12
  3. އައިޑިއާ

    ޢުމުރުން ދުވަސްވީ މީހެކޭ ބުނީމަ މަ ހީކުރީ 70 ވަރަކަށް އަހަރުގެ ޟީހެއް ކަމަށް... 57 އަހަރުގެ މީހަކު އަދި ގައިބާރު ދެރަވެ މުސްކުޅިއެއް ނުވާނެ...ލޮލް

    3
    1
  4. އެހެން

    އަހަރެން މީ ތޮ އްޑޫ މީހަކީމު އެވެ ރަށަކު ނުހުންނާނެ އެހާ ގިނަ ކާރެ އް

  5. ރޯދަ

    އަދިވެސް ރޯދަ އަށް ތިބޭތި ހާރު ކައިގެން. އަނިޔާވެރި ވަކިމަހެއް އަޔަކަސް ފިލައިގެންނެއް ނުދޭ