1439 ވަނަ އަހަރު ފިތުރު ޢީދު މާލޭ ސިޓީގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ދީނީ ޖަމިއްޔާތަކާއި ގުޅިގެން، ސަރުކާރުގެ މުއައްސަސާ ތަކުގެ އެހީގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސުޓޭޑިއަމް ސަރަހައްދާއި އިސްލާމީ މަރުކަޒާއި ހުޅުމާލޭ ސެންޓްރަލް ޕާކް އަދި ވިލިމާލޭ ބޯޅަދަނޑުގައެވެ.


މީގެ އިތުރުން ރަށް ރަށުގައިވެސް ބޮޑު ޖަމާޢަތެއްގައި އީދު ނަމާދު ކުރަން އުޅޭކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މީގެ ކުރިން މާލޭގައި ބޮޑު ޖަމާޢަތް ހަދައިގެން ނަމާދު ކޮށްފައިވަނީ ހަމައެކަނި ސުޓޭޑިއަމް ސަރަހައްދުގައެވެ.
ޢީދު ނާމާދަށް ދާން އެންމެ ރަގަޅު ގަޑިއަކީ ކޮބައިކަން މަށަށް ބުނެދީ ބަލަ.