ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ސައުދީ އަރަބިއްޔާގެ ރަސްގެފާންގެ އަރިހުގައި އެދިވަޑައިގެންނެވުމުން ސަލްމާން ރަސްގެފާންގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވި ސަބަބު އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން އެކަން ހާމަކޮށް ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން އިމާރާތް ކުރެއްވި މިސްކިތެއް ކަމަށާއި، އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމުގެ ޝައުގުވެރިކަން ހުރިކަމަށް ސައުދީ ސަރުކާރުންވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެ މިސްކިތް ހުޅުވުމަށްޓަކައި ތާރީހް ކަނޑައެޅި ހިސާބުން ކޮވިޑްގެ ހާލަތު ދުނިޔެއަށް ކުރިމަތިވީގޮތށް އަދިވެސް ރައްކާތެރިކަމާއެކު ސައުދީން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގަނެވޭނެ ހާލަތަކަށް ނުދާތީ ސަލްމާން މިސްކިތް ހުޅުވުން ލަސްކުރެވުނު ވާހަކަދަންނަވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އެ މިސްކިތް އިމާރާތް ކުރެއްވި ނަމަވެސް، އެތަނުގައި ގާއިމް ކުރަން ޖެހޭ ވަސީލަތްތައް ގާއިމް ކުރެވިފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރާއި ގުޅިގެން ކުރަމުންދާކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މިހާރު ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ވަސީލަތްތަކުގެ ތަފްސީލެއް އިސްލާމިކް މިނިސްޓްރީން ނުދެއެވެ. އެވަސީލަތްތައް ގާއިމުކޮށް ނިމޭނެ ދުވަހެއް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ނެތެވެ.

ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުން ދާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދީދީ

    ނުހުޅުވާނެ ކަން މާކުރިން ވެސް އިނގޭ.... އިންޑިޔާ އިން ގެރި ހުއްދަ ލިބިގެން ތިކަން ވާނީ

    48
    2
    • ޙައްގުބަސް

      ގިނަ ދިވެހި ރައްޔިތުންނަށް އެނގެނީ ހަމައެކަނި މ
      ސަލްމާން މިސްކިތުގެ ވާހަކަ!! ރައިސް ޔާމީންގެ ސަތުކާރުން މަސައްކަތްފަށާ 2019 ވަނަ އަހަރުގެ ކުރީކޮޅު ނިމިފައިވާ އެއްވެސް އިސްލާމީ މަރުކަޒެއް މިނާގާބިލް ވަގުސަރުކާރުން ނުގުޅުވާ!! އޭގެތެރޭ ސަލްމާން މިސްކިތާ ގދ ތިނަދޫގައި އަޅާފައިވާ އިސްލާމިކް މަރުކަޒާ މެދު ރާއްޖެތެރޭގެ ރަށެއްގަޔާ އުތުރުގެ އަތޮޅެއްގެ ރަށެއްގައި އަޅާފައިވާ އިސްލާމިކް މަރުކަޒުވެސް ނުހުޅުވާ އެހުންނަނީ ބަހައްޓާފަ!! މިހިރީ މިވަގު ނާގާބިލް ސަރުކާރުން މިސްކިތްތަކަށް ހަދާގޮތް!! ދެން ހުޅުމާލޭގައި ޔާމީން އަޅާފައިވާ 7000 ފުލެޓެއް ހަދާނެގޮތް ރައްޔިތުން ނިކަން ހިތައް ގެންނަވާ!! ފުލެޓްތަށް ވަގަށްނެގީ ނޫންތޯ ރައްޔިތުންގެ އަތުން މިވަގު ސަރުކާރުން!! މިއޮތީ ބަލާވެރިކަމެއް މިހާރު ރާއްޖޭގަ! މިއީ ރައްޔިތުންނަށް އަދި ގައުމަށް ހެވެއް އެދިގެން ވެރިކަމަށް އައިސްގެން އުޅޭ ބައެއްނޫން!! މިއީ ރައްޔިތުންނަށް ދޮގުހަދައިގެން އިންޑިޔާގެ އެޖެންޓުކަން ކުރަމުން އަންނަ ބައެއް! ޔާމީން މިގައުމު ތަރައްގީކުރާޔަތަން ފެނުމުން އިންޑިޔާއަކަށް ކެތެއްނުލުރެވުނު!! އެމީހުން ހިލަޔާ ހިލަވެލި ނުދީ އެތައް ކަންތައްތަކުން ޔާމީންގެ ސަރުކާރަށް ފިއްތީމަވެސް ޔާމީން އެހެން ގައުމުތަކުން އެއްޗެހި އެތެރެކޮށް ރާއްޖެއަކީވެސް އަމިއްލަ ފައިމަތީ ހިނގައި ގަނެވޭނެ ގައުމެއްކަން އިންޑިޔާއަށް ދެއްކީމަ އެމީހުން ބޭނުންވީ އެތައް މިލިޔަން ޑޮލަރެއް އޭރުގަ އިދޮކޮޅަށްދީ އިލެކް ކޮމިޝަނަރުވެސް ގަނެލާ ޔާމީންގެ ވެރިކަން ބަދަލުކުރަން!! މިއީ މިއަދު މިގައުމުގެ ރައްޔިތުން ވިސްނަންޖެހޭކަމެއް!! 2023 ގައިވެސް ވޯޓުން ވައްކަންކުރަން ރާވާނެ!! އީސީ ޝަރީފުމެން ފަދަ އެތައް ބައެއް އުފަންކުރުވާނެ!!

  2. މޫސާ

    މުޅިން ދޮގު.

    37
    2
  3. Anonymous

    އިސްލާމީ ވަހުދަތު ދައްކުވާދޭ އެއްކަމެއްވެސް ނުކުރާނެ. އެކަމަކު ނައިޓް ކުލަބް ހެދުމައިގެން ހޭބަލިވެގެންނު ތިއުޅެނީ. މިސްކިތް ހުތިގޮތަށް ހުއްޓަ އަދި ތި ކްލަބުތައް ހުޅުވާނެ.

  4. ޒުހުރާ

    ތަފްސީލު ދެވޭނީ އަސްލެއް އޮތް ވާހަކަ އެއްނަމަނު. ރަމަޟާން މަހަށް މާސިންގާ ދޮގެއް ހަދާލައިފި.

  5. ޣގގގ

    ސައުދީން ހުޅުވަން އަންނަ ވާހަކައަކީވެސް ފައްކާ ދޮގެއް. އަމިއްލައަޢް ތެޅޭތެޅުން. މިސްކިތޭ ކިޔައިގެންވެސް ދޮގުހަދަން ބިރެއް ނުގަނޭ. ﷲ ގެ ކޯފާއެއް ތިޔަބައިމީހުންގެ މައްޗަށް އައިސްދާނެ ކަމަށް ހަމަ ބިރުނުހަނޭތަ.

  6. ޙހހހ

    މިފަދަ މާތްކަމަކަށް ސަ އުދީން ސަމާލުކަންދަެނެ ، އެކަމަކު ކަލޭމެން އަޅާނުލާނަމަ އމީހުން ނާންނާނެ ،

  7. މުދިންބެ

    ކިޔާއެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނު، މަ ގަމާރިތަ ނޫނީ ދައްކާވާހަކަ ދިމާނުވަނީތަ، މީގެ ދެއްހަރުކުރިން ސައުދީ ބޭފުޅުންނަށް ރޯގާގެ ސަބަބުން ވަޑައި ނުގެންނެ ވުނީ، ވަޑައިގެންނެވުނު ނަމަ ހުޅުވުނީސް، އެކަމަކު އަދިވެސް ނުނިމޭ

  8. ހާރުދަން

    ތިޔަ މިސްކިތުން ބަންގި ގޮވާ އަޑު އެމް. ޑީ. ޕީ މަ އި ހަރުގެ އަށް އަޑު އިވޭނެތީ އަތަނުގަ އި ތިބޭ މީހުންނަށް އުނދަގޫ ވާނެ އެއއ އަޑު އަހަން.. މި އީ ކުރިން އެމް.ޑީ ޕީ ގެ އިސް ފެންނުވަރާ ގުރޫޕު މީހަކު ބުނެފަ އިވާ ވާހަކަ އެއ އް

  9. ނާޅި

    މިހާރު ތަންހުޅުވަން އޮންލައިންކޮށް ވެސް ބައިވެރި ވެވޭނެ. މާލޭ މޭޔާރ ޑރ މުޢީޒު މިމިސްކިތް ހުޅުވުން އަވަސްކޮށްލަދީ މިސްކިތުގެ ހިދުމަތް ރައްޔިތުންނަށް ވީހާވެސް އަވަހަށް ލިބުން އެދެން، ރޯދަމަހު މާލޭގައި އުދަގޫ ކަމެއް މިސްކިތުން ޖާގަ ލިބުން ވީމާ ރައްޔިތުންނަށް ފަސޭހަ ވާނެ ވީހާވެސް އަވަހަކަށް މިސްކިތް ހުޅުވި ނަމާދު ކުރަން ފެށުމުން !

  10. މާދަމާދެކޭމީހާ

    ދިވެހި ރާއްޖޭގަ އިސްލާމް ދީނާ ޚިލާފު ގިނަ ކަންތައްތަކެއް ހިގަމުން ދާތީ އެކަމާ ހިއްޕުޅު ހަމަނުޖެހިގެން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތައް ވެސް ވަޑައި ނުގެންނެވީކަމައް ނުރަސްމީ ޚަބަރުތައް ލިބެމުން ދޭ