ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ ޤުރުޢާން ކިޔެވުމުގެ މުބާރާތް " ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި " ޖޫނިއަރގެ އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދައިފިއެވެ.

ރާއްޖޭގެ 4 ސަރަޙައްދެއްގައި ބޭއްވި އޮޑިޝަންގައި ބައިވެރިވި ބައިވެރިންގެ ތެރެއިން މުބާރާތަށް ހޮވުނު 12 ބައިވެރިންނާ ވާދަކޮށް ފަޙްރުވެރި އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދިއިރު މިމުބާރާތުގެ ދެވަނަ ހޯދާފައިވަނީ މުޙައްމަދު ސާޢީ މުބާރިކެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޢަބްދުﷲ ޙަޔާން ޙަމީޒެވެ.

މުބާރާތުގެ އެއްވަނަ އަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެވުނުއިރު ދެވަނައަށް އެއްލައްކަ ފަންސާސްހާސް ރުފިޔާވަނީ ދީފައެވެ. މުބާރާތުގެ ތިންވަނައަށް ދީފައިވަނީ ފަންސާސްހާށް ރުފިޔާއެެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއަރއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ މުބާރާތެއް ކަމަށް މިމުބާރާތް އިންތިޒާމް ކުރާ ޕީއެސްއެމްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާބަސް

    މިކުއްޖާއަށް އިނާމެއް ދެވޭނެ ގޮތެއް ހަމަޖައްސާލަދީބަލަ. މަބޭނުން އިނާމެއް ދޭން

  2. މިލް

    މާޝާ ﷲ

  3. ސާއިދު

    މަރުހަބާ ނާދިހު

  4. ކިޔާ

    މަރުހަބާ ނާދިހް...

  5. އާއާއާއާ

    ދިވެހިރާއްޖޭގެ މިއަހަރުގެ އެންމެ އަލިގަދަ ތަރިއަކީ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ކަމަށް ވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ކީރިތި ޤުރުއާން ރީއްޗަށް ކިޔަވާ އަޑު އެހުން އެއީ ހިތަށް ފިނި ކަން ލިއްބައިދޭ ކަމެކޭ ސްޕެޝަލީ ނިދަން އޮންނަ އިރު ޓީވީ ގުރުއާން ކިޔަވާ އަޑު އިވޭގޮތަށް ހުރުން އެއީ އުފާވެރިކަން ހިތަށް ގެނެސް ދޭ ކަމެކޭ އައި އޭމް ވޮންޑަރިންގް ޑޫ ޔޫ ނޯ ދިސް ޑޫ ޔޫ ނޯ އާއާ ޑޫ ޔޫ ނޯ އާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  6. ފާތުން

    މަރުހަބާ ނާދިހް...

  7. ނާދިހް

    ތިމުބާރާތުގެ ހަޤީޤީ 1 ވަނައަކީ ހަމަ ނާދިޙް ،، މަރުހަބާ މަރުހަބާ މަރުހަބާ ........

  8. މަލަކުރި

    މާޝާ ﷲ

    މަރުޙަބާ!! އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު

  9. ހުސޭނުބޭ

    ސާބަހޭ ދަރިޔާ!