މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކުރިއަށް ދިޔަ އިރު ކުށް ހެދިފައި އެބަހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ކުށްކުށުން ނަތީޖާ އަށް އަސަރުކޮށްފާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އައިސްފާނެ ކަންކަން އެބަހުރި ކަމަށެވެ. ބައެއް ވޯޓު ފޮށިތައް އަލުން ބަލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު ކައުންސިލް އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް އާއްމުން ދަނީ ޝާކުވާކުރަމުންނެވެ.
އެ މައްސަލަ ބަލަނީ އީސީ އަށް އިންތިޚާބާއި މެދު ޝައްކު ކުރެވޭ ބައެއް ކަންކަން ފެނުމުން ކަމަށާ، އެއީ ޝަކުވާ އަކާއި ގުޅިގެން ކުރާ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެެވެެ.
"އަދި ބަލައެއް ނުލަން. ފަހަރެއްގައި އަހަރުމެން ބަލަން ޖެހިދާނެއޭ ވޯޓު ލިބުނު އަދަދުވެސް. އެންމެ ފަހު ސްޓެޕަކަށް ނޫނީ ނުދާނަމޭ މީސްމީހުންނަށް ލިބުނު ވޯޓުގެ އަދަދު ގުނަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ އިދާރީ ކަންކަމުގައި އުޅުއްވާ އޮފިޝަލުންނަކީ އިންސާނުންނަށްވީތީ ކުދިކުދި ކުށްތައް ހުންނާނެކަން ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކުށް ހެދެން ނުޖެހޭ ކަހަލަ ތަންތަނުގައި ކުށްހެދިފައި ހުރިކަމަށް އޭނާ ވިދާޅުވިއެެވެ.
އަދި ވޯޓާއި ބެހޭ ޝަކުވާތަކަކީ ވަގުތުން ވަގުތަށް ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށް ވީނަމަވެސް އެކަން އެގޮތަށް ހިނގާފައި ނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
" ކުށް ހުންނާނެ އިންސާނުން ވީމަ. ހިއްވަރު ދެނީކީ ނޫން ކުށްހަދަން. އެކަމަކު ކުށް ހެދިގެން ނުވާނެ ރަނގަޅު ހަރުދަނާ ވަޒީފާތަކުގައި ތިބި މީހުން ތަޖުރިބާ ހުރި މީހުން ތިބި ސެންޓަރުތަކުގައި އެބަހުރި ކުށްހެދިފައި." ހަބީބު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަންތަނުގައި ވޯޓުލާފައިވާ މީހުންގެ ވޯޓުތަައް އޮޅުވާލާފައިވާ ކަމަށް ފާހަގަކޮށެވެ. އެގޮތުން ބައެއް އާއްމުން ވެސް ވަނީ އެ މީހުން ލާފައިވާ ވޯޓު ބަދަލުކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވެސް ޝަކުވާކޮށްފައެވެ.
އިސްތިއުފާދީފަ ރައްކާވޭ. ރައްޔިތުން މިރަމަޟާން މަހު ވެސް މަގުމައްޗަށް ނެރެން މަސައްކަތް ނުކުރޭ.
އީސީއަށް ގާނުން ލިބޭ ބާރެއްނޫން ފިށި ކަނޑައިގެން އަލުން ވޯޓް ގުނުމަކީ.
އެކަން ހުއްޓުވެންވާނެ. މިތަނަކީ ގާނޫނު ހިނގާ ތަނެއް ނޫންނަމަ އީސީ ޝަރީފު އަމިއްލ މުދަލަށް ތި ވޯޓު ހަދައިގެން އުޅެވިދާނެ. ކޯޓުން ހުއްތުވަންޖެހެނެ މި ޝަރީފުގެ މި ނޭއްގާނީ ހުދުމުހުތާރު އަމަލު.
ގާނޫނާ ހިލާފު ކަނެއް ތިކުރަނީ. ޝަކުވާގެ މުއްދަތުގަ ޝަކުވާ ހުށަހަޅާފަ އެއް ނުވޭ. ދެން ކޮން ޝައްކެއް މިކިޔަނީ. މީނަ މިއުޅެނީ ދިވެހި ގައުމު ބޮޑު ހަމަނުޖެހުމަކަށް ވައްޓާލަން. ތިކަން ކޮށްފިނަމަ ކަލޭ ލައްކަ ގިނަކަންކަމުގަ ބައްދާލެވޭނެ. ކުޑަ ގޮޅިއަށް ވައްޓާލެވިދާނެ.
ޝަރީފަކަށް ނޭނގޭނެ މައްސަލަ ހުއްޓަސް. ބަލާކަށްވެސް ނުޖެހޭނެ. ކަލެއަށް ގާނޫނުން ލިބޭ ބާރަކީ ޝަކުވާ ހުސަހެޅުމުން އެޝަކުވާއެއް ބެލުން. އަމިއްލައަށް އިސްނަގައިގެނ އީސީ ތެރޭ ތިސަކަރާތް ނުޖަހާތި. ޝަކުވާގެ މުއްދަތު ފާއިތުވެއްޖެ. ދެން ވަގުތީ ނަތީޖާ އިއުލާނުކުރޭ. ނޫނީ އިސްތިއުފާދީފަ ތިމަރަފުއްޓަށް ރައްކާވޭ.
ކަލޭ ބުނާއިރަށް އިސްތިއުފާ ދޭން ތީ ކާކު؟ ކާކުތަ ބުނީ ކަލޭކައިރީ މަގުމައްޗަށް ނުނިކުންނާށޭ. ކިހާ ދެރަކަމެއް.
އަހަރެމެން ކައިރީ ބުނީ ޤާނޫނު. ރޫލް އޮފް ލޯއަށް ވުރެ އެކަކުވެސް އިހެއް ނުވާނެ. ޤާނޫނުން ޝަރީފަށް ދިން ވަޒީފާއެއް އެއީ. އެކަން އޭނައަށް ނުކުރެވެންޏާ ކޮންމެ ރައްޔިތެއްގެ ހައްޤެއް އޭނާ ވަޒީފާއިން ބޭރުކުރުމަށް މަސައްކަތްކޮށް ވަޒީފާއިން ދުރުކުރުވުމަކީ. ހޭހުސްވާއިރު ތަނެއްދޮރެއް އެނގެންވެސް ވާނެ ދޯ. ކާކުދިން ބާރެއްހޭ؟ ކަލޭ ތީ ކާކުހޭ؟ ބަލަ މަ މީ ދިވެހި ރައްޔިތެއް. ދިވެހި ކޮންމެ ރައްޔިތަކަށް ބާރުލިބިގެންވޭ ޤާނޫނު ނެގެހެއްޓުމުގެ. ގާނޫނަށް ފައިންއަރާ ޤާނޫނުން ނުދޭ ބާރެއް ޝަރީފު ބޭނުންކުރަމުންދާއިރު އޭނާ ވަޒީފާއިން ވަކިކުރަން ކޮންމެ ދިވެހި ރައްޔިތަކަށް މަސައްކަތްކުރެވޭނެ. ޝަރީފު އިސްތިއުފާ ދޭން މަޖުބޫރު ކުރުވާވަރުކުރުވާނަން އިންޝާ ﷲ. ކޮންމެ ދޮގުވެރި މުނާފިގެއްގެ ނިމުން ނިކަން ނުބައިވާނެ.
މަޤާމް ދިފާއުކުރަން ބަދަލު ކޮށްލާ. އަހަރެމެން ކިޔުގަ ތިބެގެން މި ކުރާ ކަމަކަށް ބަލާނެ ކަމެއް ނެތް. ހަނދާން ކުރާތި ވޯޓާ ކުޅެފިއްޔާ މާލެ ކެކޭނެ.
100% ގަސްތުގަ ވޯޓުން ވައްކަން ތިކުރީ ވިސްނާތި އީސީ ގެ ބޮޑުން
ޔަޤީން ނުފޫޒުގެ ބާރުން ކުރާކަމެއްކަން. ތިޔާ އެކްސަައިޒް ހަދާނިމޭއިރު އޮންނާނި ކުއްމަދުވެ ރިޒަލްޓް ނެރެވިފަ. އަހަރުމެންވެސް ވޯޓްފޮށި ބަލަހައްޓާ ވޯޓް ލާމަރުކަޒްގަ މަސައްކަތްކުރިން އިތރަށް ބުނެދޭނެ އެއްޗެއްނެތް.
ޓީޗަރެއްވީމަ އެކްސަސައިޒް ހައްދުވާނެ. މަޑުކޮށްލާ އަދި ނއޮތީ މިނިބައި ޝައިޠާނުގެ އަސްލު އެކްސަސައިޒް ކުރުވުން.
ވޯޓް އޮޅުވާލިކަން ޔަގީން ސަބަބަކީ އެމްޑީޕީއިން މާކުރިން ބުނެފި އެމީހުންނައް ލިބޭނެ ޔޭމި ގޮޑޮތަށް
ނަޝީދު ކަލެއައް ކޯއްޗެއް ބޯނދޭތީ ތިއުޅެނީ ހޭބުއްދި ފިލައިގެން.
ޑެފުށް ފެންނަ އިންތިޚާބު ދޯ
ވޯޓުން ވައްކަންކުރަން މިއުޅެނީ!! މިވައްކަމުގައި އީސީ ޝަރީފްއާ އީސީގެ ބައެއް މުވައްޒަފުންވެސް ބައިވެރިވޭ!! 2018 އިގެ ރިޔާސީ އިންތިޚާބުވެސް ވަނީ ބޮޑުތަނުން އޮޅުވާލާފަ!! އަދި އެމަސްއަލަ ބަލަމުންދަނިކޮށް ވޯޓްކަރުދާސްތައްވެސް އީސީ ޝަރީފް ވަނީ ނައްތަލާފަ!! އޭރު އެކަން ކުރުމަށް ފުލުހުންގެ އިސް މީހުން މަދަދުވެރިވި!! މިއީ ޙަގީގަތަކީ!! ދިވެހި ލޮބުވެތި ރައްޔިތުންގެ ހަޒާނާއިން ވައްކަންކުރަނީ!! ނޭވާހޮޅިން ވައްކަން ކުރަނީ!! ނުވިތާކަށް ރައްޔިތުންގެ ވޯޓުންވެސް ވައްކަން ކުރަނީ!! މިއީ ރައްޔިތުން ބަލަންތިބެގެން ވާނެކަމެއްނޫން!! މިނާގާބިލް ވަގުސަރުކާރު ބޭރުކުރަންޖެހޭ!!
ވަރަށް ރަގަޅު ވާހަކައެއް އިންސާނުންނަށް ވީތީ ކުށެއް ހުރެދާނެ މީ ޤަބޫލު ކުރެވޭ ކަމެއް. ނަމަވެސް ރޔ ގެ ވޯޓް ކަންތަކުގަ އުޅުނުއިރު ތިމީހުން ގެންގުޅުނީ އިންސާނުންނެއް ނޫންތޯ. އޭރު އަވަސް އަރުވާލާފަ ތި ސަރީފް ވޯޓްތަށް އަންދާލި އިރު ކުށެއް އޮވެދާނެ ކަމަށް ޤަބޫލެއް ނުކުރެވުނުދޯ. އެހެންތާވާނީ. މި ކަންކަމުން އޮޅުވާލި ކަމަށް ތުހުމަތު ނުކުރެވޭތޯ..
ތި ޝަރީފްއާއި ހަބީބު ތިތާތިބިހާހިދަކު ތިތަން ރަގަޅެއްނުވާނެ
ތިޔަކަންކުރަން ވެގެން ބޮޑުވަޒީރު ވޯޓްލީދުވަހު އީސީސީގަސަރީްކޮޓަރީގަ ލައްކަގިނައިރުވަންދެން އިނދެފަދިޔަޔީ
މީވަރއްވާހަކަ
2018 ގަ ކަރުދާސް ތައް އަވަހަށް އަންދާލީދޯ. ގުނިނަ މަ ނަތީޖާ ބަދަލުވީސް . ވޯޓު ނުލާ މޑޕ ގޮނޑި ތައް ބަހާލިނަ މަ.
ވޯޓުގެ ނަތީޖާއާ ކުޅޭ ނަމަ، މަޑަކުން ނުތިބޭނަން ކަމަށް އިދިކޮޅުން ބުނުމުން އިލެކްޝަންސް ކަމިޝަނުން ޖެހޭނެއޭ ގައުމީ މަސްލަހަތު ކުރިއަށް ނެރެގެން ވެރިކަން ކުރާ އެމްޑީޕީން އަދި ކަޓް އާއި ކަމިޝަން ދޭން އަދި ބިރު ދެއްކި ނަމަވެސް ރައްޔިތުން ނުހޮވާ ކައުންސިލަރުން ވޯޓް ގުނުމުގައި މަކަރާއި ހީލަތް ހަދައިގެން ވޯޓް ނަތީޖާ ބަދަލު ކުރަން ތަމެން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވޯޓް އޮޅުވާލި ކަން ނޫންތޭ އެންމެ ފަހުން ދައުރުގެ މެދުތެރޭން ބޭއްވި އިންތިޚާބުން ބަލިވުމުން ދެން މިހާރު ވޯޓް އިން ވައްކަން ކޮށްގެން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ކެނެރީގެ ނަޝީދު އުޅެނީ އެއީ ގައުމުގެ ސުލްހަ މަސަލަސް ކަން ނަގާލަންއޭ ދެން ކެނެރީގެ ކުރިމަތީގައި މުޒާހަރާ ޖެއްސުމުން މާ ތާހިރުނުވާނެއޭ މަމެން ވެސް އުޅެ ބޮޑުވީ ލޮނުޒިޔާރަތް ކޮޅުގައި ކަން ކެނެރީގެ ނަޝީދު ހަދާން ނައްތާލައިގެން ނުވާނެއޭ މަމެންގެ ސްލީޕް ކޮށްފައިވާ ނޯޓީ ރޫހު ތަމެން ހޭލައްވާލަން ނޫޅޭ އެއިރުން މާތާހިރެއް ނުވާނެއޭ....
ޕީޕީއެ މަށް އަސްލު މާލެ އެއްވެސް ގޮޑިއެއް ނުލިބޭ
ކަޑަވީތަ؟
ވަކި ބަޔަކަށް ކާމިޔާބު ނުލިބުނީމަ ނަތީޖާއަށް އަސަރުކުރާވަރަށް ކުށް ހުރުމަކީ އަރަތެއް. 2018 ގެ ވޯޓަށް ޝަރީފް ކިހިނެއްތޯ ހެއްދެވީ؟ ކުށް ހުރިކަމަށް ބެލެވިގެން މައްސަލަ ބަލަން އުޅެގަތީމަ ވޯޓް ކަރުދާސްތައް އަންދާލާ ޝްރެޑަރ އިން ކުދިކުދި ކޮށްލީ.
ކާމިޔާބަކީ ވަކި ބައެއްގެ އެއްޗެއްނޫން.
އީ.ސީ އާއި ގައުމުގެ ވެރިންގެ އަމަލުތައް ތިޔަހެންހުރެގެން ގައުމަށް ވާނެ ފައިދާއެއް ނެތް. ތިމާމެން އެދޭގޮތަށް ވޯޓު ބަދަލުކުރުމަކީ ރައްޔިތުމީހާގެ މޫނުގަ ތަފާލެއް ޖެހުން. ވޯޓްއެޅުމުގެ ބޭނުމެއް މިރާއްޖޭއަކުނެއް. ބާރުގަދަ މީހުން ކާމިޔާބުވީ ތިމަންނަމެންނަށޭ ބުނެ ބަގުޑި ބައްދައިގެން ތިބެންވީ.
އިންސާނުންނަށް ކުށްކުރެވުނޭ ކިޔާފައި ބަޑިބޭހާއި ނުކުޅޭތި. ކޮން ބައެއްގެ އިހުމާލުން ތައްޔާރު ނުކުރެވުނީ. ސީދާ އެމްޑީޕީގެ މައްކާރު މެމްބަރުންނާ އެކު ކޮފިގައި އިނދެގެން ރޭވި ރޭވުން މި ފެންނަނީ. ބަލަ ޝަރިފު. ކަލޭ ވެސް މަރުވާނެ. ކަލޭގެ ހިސާބު ކިާބު ވެސް ބެލޭނެ. އެދުވަހަކުން މީހުން ހައްޤު ފޭރިގެންފައި ސަލާމަތެއް ނުވާނެ. ތިކަހަލަ މީހުންގެ ނިމުން ވެސް ވަރަަށް ނުބައިވާނެ.
ސަރީފުވަނީ ލާދީނީ މީހުންނާއެކު. ޢެމީހުން މަރާބެހޭގޮތުން މުސްލިމުން ދެކޭގޮތެއް ނުހުންނާނެ. ޢެމީހުންނަށް ވިސްނޭނީ ދުނިޔޭގައިހުރެ ކޭއެއްޗެއް ކެވޭނީ. ބުއިއެއްޗެއް ބޮވޭނީ. ދަރިންނަށް ކާންދެވެނީ ހަލާމް ތަކެތިކަން އެމީހުން ޤަބޫލެއް ނުކުރާނެ.
އެހެންވީމަ ޔާމީނަށް ލިބުނުވޯޓްވެސް އެއްވެސް ޝައްކެތްނެތެއްގޮތުގައި ތިއޮތީ ކައްވަލާފަކަން ސާބިތު ވެފަ. އީސީ ސަރޫފޫފޫފޫ
ހުސްދޮގު. ރައްތިތުން ނުކުމެ މިކަލޭގެ އީސީން ދުރުކުރަން ވެއްޖެ. ވޯޓް ގުނުމަކާ ނުލާމީނައަށް އެނގޭ ނަތީޖާ ބަދަލުވާނެކަން. ދޮގުވެރިއެއް. މިއޮއް ރަމaޟާން މަހުވެސް މިކަލޭގެ ބިރެއްނެތި މި ދޮގުހަދަނީ. ދުލުގަ ގޮށްޖެހިއްޖިއްޔާ ކީއްކުރާނީ؟
މީނަ ެައްޔިތުންގެ ފައިސާ އިސްރާފުކޮށް ކޮން އިންތިހާބެއް މި ބާއްވަނީ! ކަލޭ ބޭނުން މީހަކު ހޮވަންވީނު. ކޮން ޑްެާމާއެއް ތިކުޅެނީ. ބަލަން ހުރޭ ތި މަގާމުން ދިއުމަށްފަހު ކަލެއަށްވާގޮތް. ޒިލޭބި ޒަކަރިއްޔާއަށްވުރެވެސް ނިކަމެތިވާނެ. އިންޝާ ﷲ.
އީސީއަށް ގާނުން ލިބޭ ބާރެއްނޫން ފިށި ކަނޑައިގެން އަލުން ވޯޓް ގުނުމަކީ.
އެކަން ހުއްޓުވެންވާނެ. މިތަނަކީ ގާނޫނު ހިނގާ ތަނެއް ނޫންނަމަ އީސީ ޝަރީފު އަމިއްލ މުދަލަށް ތި ވޯޓު ހަދައިގެން އުޅެވިދާނެ. ކޯޓުން ހުއްތުވަންޖެހެނެ މި ޝަރީފުގެ މި ނޭއްގާނީ ހުދުމުހުތާރު އަމަލު.
ޝަރީފަކަށް ނޭނގޭނެ މައްސަލަ ހުއްޓަސް. ބަލާކަށްވެސް ނުޖެހޭނެ. ކަލެއަށް ގާނޫނުން ލިބޭ ބާރަކީ ޝަކުވާ ހުސަހެޅުމުން އެޝަކުވާއެއް ބެލުން. އަމިއްލައަށް އިސްނަގައިގެނ އީސީ ތެރޭ ތިސަކަރާތް ނުޖަހާތި. ޝަކުވާގެ މުއްދަތު ފާއިތުވެއްޖެ. ދެން ވަގުތީ ނަތީޖާ އިއުލާނުކުރޭ. ނޫނީ އިސްތިއުފާދީފަ ތިމަރަފުއްޓަށް ރައްކާވޭ.
އީސީ ........
ރަގަޅު އެއްޗެއް ހަދާބަލަ . މި ދިޔަ ރިޔާސީ އިންތިހާބުގާ ވެސް އީސީ އޮތީ އޮޅުވާލާފަ އެއް ނުން ތަ؟
މަނިކުފާނުވޭ ކޮބައިތޯއޭ ތިޔަ ފޮށިތަކާ ޙަވާލުވެތިބި މީހުންނާ ޕާޓީތަކުންނާ އަމިއްލަ ކެންޑިޑޭޓުންގެ އޮޒާވަރުންނަށް ތިބި.މީހުން. ނުބައިކޮށް ކޮށްފައިހުރި ކަންކަން އެމީހުންގެ ޙާޟިރުގައި ފޮށިތައް ނުކަނޑައި އަމިއްލައަށް އެފޮށިތައް މަނިކުފާނު ކަނޑައިގެން ޖަހާނެހާ ސަކަރާތެއް ޖެހީމާ މަނިކުފާނު ވައްކަން ކުރީކަމަށް ނޫނީ ނުބުނާނެ. ޢެވާނީ ބޮޑެތި ޚިޔާނާތަށޭ މަނިކުފާނުވޭ
ދެން 2018 ގައި ވޯޓުގެ ކަންތައް ބެލެހެއްޓުމުގަ އުޅުނީ އިންސާނުންނެއް ނޫން؟ އޭރުގަ ޝައްކުވާވަރުގެ ކަމެއްވެސް ނެތީ؟ އެއްވެސް ޝަކުވާއެއްވެސް އެއްވެސް މީހަކު ކޮށްފަ ނެތީމަ ވޯޓު ކަރުދާސްތައް އަވަހަށް ޝްރެޑް ކޮށްލީ؟
ޝަރީފު ކަލޭ އަހަރުމެންގެ ލޭ ހޫނުކުރަންނޫޅޭ
މިފަހަ ރު ހުސް ޕާޓީ ކުދިން ނުހޮވޭތީތަ ވޯޓްތައް ނައްތާނުލައި ކޮންމެފޮއްޓެއް ހައެއްކަފަހަ ރު ގުނަން ތިއުޅެނީ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކު ރެވެނީސް ވޯޓްކަ ރުދާސްތައް ނައްތާލީ ވޯޓްއޮޅުވާލަން ކު ރިކަމެއްކަން މިހާ ރު މިއެނގެނީ.
ސަރީފަކަށް ރައްޔިތުން މިހާރު އިތުބާރެއް ނުކުރޭ މާތެދުވެރި މީހަކަށ ހެދިގެން ނޫސްކޮންފަރެސްތަކުގައި ވާހަކަ ދެއްކިއަސް ކަލެއަކީ ހަމަ މަކަރުވެރިއެއް! ރިޔާސީ އިންތިޚާބުގައި އޮޅުވާލުން އެކަން ސިއްރުކުރަން ވޯޓު ކަރުދާސްތައް އަންދާލިއަސް މިފަހަރު އެކަހަލަ ކަމެއްކުރުމަށް ފުރުސަތެއް ރައްޔިތުންނެއް ނުދޭނެ ތިޔައީ ހަމަފައްކާ ބޮޑުވަގެއް ރައްޔިތުން ނިންމުން ވަގަށް ނަގައިގެން ބޮޑެތ މަންފާތަކެއް ނެގި މީހެއްކަން ރައްޔިޔުން ދަނޭ! މި ނުބައިނުލަފާ ވެރިކަން ބަދަލުވާއިރައް ޝަރީފު ހައްޔަރު ކުރެވޭނެ ވަގުތުތައް ގުނަންޖެހޭނީ ޖަލުގައި!
މިހިރަ ނުބައި މީހާއާއެވެ. 2018 ވނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކަކު އެތައް ފޮށްޓަކަށް ވޯޓުލައި ހަހާހެއްވަރު ވޯޓު މިގޮތަށް އެމްޑީޕީއަށް ހޯދައިދީފައި ވެއެވެ. ވޯޓްލާތަން ރަޖިސްޓްރީނުކޮށްތިބި ބާރަހާހެއްހާީހުންނަށް ވޯޓުލާންފެށިފަހުން އަލުން ވޯޓުލެވޭގޮތަށް ހަދާދީފައި ވެއެވެ. ވޯޓުލައި ނުނިމެނިސް ކޮމްޕްލައިންސް ބިއުރޯތައް ބަންދުކޮށްފައި ވެއެވެ. އެތަކެއް ފޮއްޓެއްގެ ވޯޓުނަތީޖާޝީޓުގައި ވެރިޔާ ސޮއިކުރުމުގެކުރިން ރ ޓީވީން ބޭނުންގޮތަށް ނަތީޖާ އިޢުލާންކޮށްފައިވޭ! މިހުރިހާ މައްސަލަތައް އީސީ ގައި ޖެއްސިޔަސް ތިބޭފުޅާ ކަހާބިހި ހިރުވައިވެސް ނުލަމުއެވެ. އެންމެފަހުން ވޯޓު ގުނަން ފުލުހުން ނުކުމެދަނޭހެން ހީވުމއެކު ވޯޓާގުޅުންހުރި ހުރިހާ އެއްޗެއް އަންދާލީމުއެވެ.
ފޮށިތައް ބަންދުކޮށްފަ ހުއްޓަ "ކުށް" ހުރިކަން މީނައަށް އެނގުނުގޮތެއް އޮންނަންޖެހޭ. ޝައިޠާނާ އަށް އަޅުކަން ކުރާ މީހުން ކައިރީ އެސޮރުބުނޭ! އެކަހަލަ ކަމެއްބާ މިއީވެސް؟
ފޮށިތަކާ ނުކުޅޭތި. ދެން ކުޅެވޭނީ ކޯޓުގެ ހުކުމަކުން ނުވަތަ އަމުރަކުން. ކަލެއަކީ ފޮށި ހުޅުވުމުގެ ބާރު ގާނޫނުން ދީފައޮތް މީހެއްނޫން. ހޭހުސްވެގެން ފޮށިތައް ހުޅުވުމުން ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ. އެފިތުނައިގައި އެހެން މީހުންނެކޭ އެއްފަދައިން ކަލޭވެސް ނެތިހިނގައިދާނެ ކަމަށް ބިރުގަންނަންވާނެ. ދުނިޔޭގެ އުމުރަށް ކަލޭވެސް ނުހުންނާނެކަން ހަނދާން ކުރަންވާނެ.