ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޮޑު މަންމަ ވިދާޅުވާ ރުގިއްޔާ އަލީ ރޭ ނިޔާވެއްޖެއެވެ.

ރުގިއްޔާ އަކީ ގާސިމްގެ ދެ ބެއިންގެ ދެދަރި ބޭފުޅެކެވެ. ގާސިމް އުފަންވެ ވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ގާސިމްގެ މަންމަ ނިޔާވުމުން ގާސިމް ބަލައި ބޮޑުކުރެއްވީ ރުގިއްޔާއެވެ.

މާމިގިއްޔަށް އުފަން ރުގިއްޔާ ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގައެވެ.

ކުޑަ އިރުން ފެށިގެން ޤާސިމް އޭނާ އަށް މުހާތަބުކުރަނީ "ބޮޑު މަންމަ"ގެ ނަމުންނެވެ.

ޤާސިމްގެ ބޮޑު މަންމަ ނިޔާވުމުން އޭނާގެ ގާތް މީހުންނާއި އާއްމުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.

ރުގިއްޔާ ނިޔާވެފައި ވަނީ އާލާސްވެ އުޅުއްވާތީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ރުގިއްޔާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެންދުރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެރި

    ގާސިމް ވީމަ މޫނުބަލަންވެސް ދެވޭ.. އާންމު ރައްޔިތެއްގެ ކަމެއްނަމަ ކޮވިޑު

    9
    12
  2. ާަރިންޒީ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! آمیـــــــــــــن

    25
    1
  3. ާސޯދު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن

    13
    1
  4. ބިކާރީ

    نَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! آمیـــــــــــــن
    ކޮން ގާސިމުއެއްތަ. ބިކާރީ ގާސިމް ދޯ. މިހާރު ގާސިމު ނުދަންނަން.

    7
    2