އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީނަށް ވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސަޕޯޓަރުން އެ ތަނުން ނެރެން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސްވެރިން ތިއްބަވާ މީސް މީޑިއާގެ ގްރޫޕަކަށް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ވޯޓު ފޮށި ކައިރީ އަބްދުއްރަހީމާއި ޕީޕީއެމްގެ އިސްވެރިން ތިބޭތާ ގިނަ އިރުތަކެއް ވުމުން ކަމަށެވެ. އެ ބޭފުޅުން އެ ތަނުގައި ތިއްބަވާތާ ބައިގަޑި އިރުވީ އިރު ވެސް އެކަން ހައްލު ނުކުރެވުނީމަ، ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިހާރު އަބްދުއްރަހީމް އެތަނުން ނެރެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އޭގެ ފަހުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އޮފިޝަލުން ފިޔަވައި އިތުރު އެއްވެސް މީހަކަށް އީސީ އިދާރާ އަށް ވަދެވިގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ބޭރުގައި (އިންތިހާބީ މަރުކަޒު ގޯތިތެރެ) ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ ޓީ4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީ އަށް ވަދެވަޑައިގަނެ 30 މިނެޓުވީ އިރު ވެސް ނުުނިކުންނެވީމަ، އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އަށް ވަދެވިގެން ނުވާނެ، އަޅުގަނޑު ހުރީ ބޭރުގައި،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ ޓީ4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީީޕީއެމްގެ އިސްވެރިން މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަ ކުރައްވާ ހެއްދެވުމުން އެމްޑީޕީގެ އިސްވެރިންނަށް އިންތިހާބީ މަރުކަޒު ތެރެއަށް ވަނުމަށް މަޖުބޫރުވި ކަމަށެވެ.

"ގާނޫނުގައި ވާ ގޮތަށް ވޯޓުގެ ކަންތައް ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމަށް ދަންނަވަން،" އެމްޑީޕީގެ ޓުވީޓުގައިވެއެވެ.

އިންތިހާބީ މަރުކަޒަށް ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބި އިރު، އެމީހުން އެތަނަށް އައީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންގުމަކަށެވެ. އެއީ ވޯޓު ފޮށިތަކެއް އަލުން ގުނަން ނިންމުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިހާބީ މަރުކަޒަށް އައީ ބައެއް ފޮށިތަކުން އިދިކޮޅު ފަރާތްތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނިކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ފަރަގު ކުރި ކަމަށް ބުނަމުންދާތީ ކަމަށެވެ. މިއީ އިންތިހާބު އޮޅުވާލަން އީސީން މަސައްކަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިއްބާ އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ބާ ޖަމާލުއްދީނަށް ވަޑައިގަތުމުން އެ ސަރަހައްދު އިތުރަށް ހޫނުވިއެވެ. އަދި އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް އެމަނިކުފާނަށް ފާޑު ވެސް ކިއެވެ. އެމަނިކުފާނާ އެކު އެމްޑީޕީގެ ލީޑަޝިޕާއި ސަޕޯޓަރުން ވެސް އެ ސަރަހައްދަށް ދިޔައެވެ.

ނަމަވެސް އެ ތަނުގައި ނަޝީދު ހުންނެވުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އެމަނިކުފާނު އެ ސަރަހައްދު ދޫކޮށް ވަޑައިގެންނެވީ ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    ހިތުން ވަރަށްގަދަމީހެއް މިނަޝީދަކީ. މީނަހިތުން ފުލުހުންގެއާ ސިފައިންގެވެރިޔަކީ ވެސް މިބޮއްޅަބޭ.

    151
    7
    • ދީދީ

      އެހެން ތެޅެނިކޮށް ވެރިކަމުންވެސް ވެއްޓުނީ

      31
      2
  2. ފޫހި

    ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ވޯޓު ފޮށި ކައިރީ އަބްދުއްރަހީމާއި ޕީޕީއެމްގެ އިސްވެރިން ތިބޭތާ ގިނަ އިރުތަކެއް ވުމުން އީ.ސީގެ ބޭފުޅުންނަށް ވޯޓު އޮޅުވާލާ ވައްކަން ނުކުރެެއްވިގެން އުޅޭތީއެވެ.

    154
    6
  3. ޙހހހ

    ބަލަ މިޤައުމުގައި އޮންނާނެ ތިކަންކަން ހައްލުކުރާނެ ޤާނޫނުތަކާއި މުއައްސަސާތައް ، ހިތައްއެރީމަ ބޭނުންވާމީހަކަށް ތިކަންކުރެވޭގޮތަކަށްނޯންނާނެ ، ޤާނޫނުތައް މުގުރަން ނޫޅެބަލަ ، ހަޔާތްކުޑަމީހެއްމީ ، ކޮންއިރަކުންތަ މި މުސީބާތުން ސަލާމަތްވާނީ ، އަޅެ ރަމްޟާންމަހު ޝައިތާނުތައް ހައްޔަރުކުރާހެން މިކަލޭގެވެސް ހައްޔަރުވާނަަމަ

    138
    2
  4. ޝަ ރީފު ބޭ

    ރަހިމް ބެ އެތާގަ އި ހުރީ ޓިނު ނުޖަހާ ހުރި ފޮށި ތަކުގަ އި ޓިނު ޖަހަން ވެގެން

    17
    102
    • ޙަފޯ

      ޢަދުރޭ ދިޔައީ ހާޖާނު ބޮޑުވިފަހުން. ޢަދުރޭ ހުރީވެސް އިލެކްޝަނުންދޭ ފާސްވެސް އަޅައިގެން، އެކަމަކުވެސް ބޮއްޅަބޭ ފާހެއްވެސް ނެތި އިލެކްޝަން އެންމެ އެތެރެއަށް ވަނުމަކީ މި އިންތިހާބް ގަޑުބަޑުކުރަން ކަލޭމެން ހިފައިފާ ތިބިވަރު ސާބިތުވާކަމެއް

      76
      3
  5. ޛިތޗވ

    ކަލޯ ހާދަ ރީތި ފޯނެއް

    41
    2
  6. ސަމަރު

    އެހެންވީމާ، މަނިކުފާނު މިހާރު ފުލުހުންގެ ދައުރު ވެސް އަދާކުރައްވަން ފެއްޓެވީ ތޯ؟ މުޅި ގައުމުގައި މަނިކުފާނުގެ ދެފައި! މި ރާއްޖޭގެ ޑިމޮކްރަސީ މިއޮއް އުތުރި އަރަނީ!

    125
    1
  7. ޖާނޭ

    އަބުދުއްރަހީމު ނެރެން ދާނީ ނަޝީދެއް ނޫން. ޢެކަން ކުރާނީ ދިވެހި ފުލުހުން. ނަޝީދަށް ހީވަނީ ވަރިކައިނި ކޮށްދޭން ޖެހޭނީވެސް އެމަނިކުފާނަށް ކަމަށް. ކޮންމެ ފަހަރަކުވެސް ސިސްޓަމު ރޫޅި މަނިކުފާނުގެ ވެރިކަންވެސް ވެއްޓުނީ ތިޔަހެން ނުކުނުންނެވުމުން. ކިހާ ދެރަ. ޤަ އުމުގެ އަމަން އަމާންކަމާ އކުވެރިކަން ގެއްލެނީ މިހެން ވެގެން. ޢެމް.ޑީ.ޕީގެ މަޤުބޫކަން ކުޑަވަނީ ގޮންމުށުގެ ބާރު ދަ އްކަން އުޅޭތީ.

    98
    3
  8. Anonymous

    ދިވެހިރައްޔިތުންގެ މެޖޯރިޓީ ބުނީކަ ލޭމެން ބޭނުމެއްނޫނޭ، ގެއަށް ދާށޭ، ދެން ނަޝީދު ފުއްޕާނެކަމެއްނެތް.

    110
    2
  9. ސަމަރު

    އެހެންވީމާ، މިހާރު ފުލުހުންގެ ދައުރު އަދާކުރައްވަން މަނިކުފާނު ފެއްޓެވީ ތޯ؟ މުޅި ގައުމުގައި މަނިކުފާނުގެ ދެފައި! މި ރާއްޖޭގެ ޑިމޮކްރަސީ މިއޮއް އުތުރި އަރަނީ!

    77
    1
  10. ޢީސަދަރި

    ހުނިގުރާބު ބަލާ ދިޔަ ވާހަކައަކީ މަސްހޫރު ހަރުބަހެ އް. ގުޅުން ހުރި އަނެ އް ހަރުބަހަކީ މަކުނު ފޫކޮޅުން ވަ އު ހުހެ އް ނުވާނެޔޭ އޭތި ދިރި ހުރިހާ ހިނދަކު. މާނަ އަކީ ބަސް ހުހެ އް ނުވާނެޔޭ.

    65
    1
  11. ރަށުމީހުން

    މިކަލޭގެ ވޯޓްލީދުވަހުވެސް އިނީ ޢީސީސަރީފު ކޮޓަރީގަޔޯ ސަރީފުއަށް މަރުހަބާކިޔަން

    76
  12. ހަސަން

    އައްނި ދޮގުހަދާ ނުލަފާ މީހާގަޑު ދޮގުހެދުމުގައިވެސް ހައްދެއް އޮންނަންވާނެ! މައިމަރުކަޒުގެ އެތެރަށް ވަދެހުރީ ޢަބުއްރަހީ ގުރެގެންތަ! ހައްތާވެސްތިޔަނީ ރައްޔިތުންގެ ކުރިމަތީގައި ބޭޒާރު! އެންޑީޕީގެ ލީޑަރުންގެ ފަލްސަފާޗާއަކީ ދޮގުހެދުންކަން ރައްޔިތުން ދަނޭ! މުއިއްޒު އަށް އެއްބާރުލުން ދޭނަމޭ ބުނެފައި މިހާރު ތިޔަކުރެވޭ ކަމެއް އެގޭތަ! އެންޑީގެ ސަޕޯޓަރުންނޭ ތިޔަ ބޭފުލުން ޕާޓިއަށް ދިރުން ބޭނުންނަމަ އައްނި ޕާޓީއިން އަވަށް ދުރައްޖާއްސާ!

    45
  13. ޙަފޯ

    ޢަދުރޭ ދިޔައީ ހާޖާނު ބޮޑުވިފަހުން. ޢަދުރޭ ހުރީވެސް އިލެކްޝަނުންދޭ ފާސްވެސް އަޅައިގެން، އެކަމަކުވެސް ބޮއްޅަބޭ ފާހެއްވެސް ނެތި އިލެކްޝަން އެންމެ އެތެރެއަށް ވަނުމަކީ މި އިންތިހާބް ގަޑުބަޑުކުރަން ކަލޭމެން ހިފައިފާ ތިބިވަރު ސާބިތުވާކަމެއް

    39
    1
  14. ކެތި

    އަބްދުއްރަހީމުވަނީ ވޯޓުފޮށިންވައްކަންކުރަން ތިބިވަގުންބޭރުކުރަން .. އަނެކަކުމިވަނީ
    އަބްދުއްރަހީމުބޭރުކުރަން . ނޭގިއޮޅިއްޖެ.. ވަންދޮރުވެސްނޭގުނު .. އެގަހުކޭ ލެއް މިގަހުކޭ ލެއްނޭގުނު؟؟ އެނގޭހާވެސްކަމަކީ ޖާބިރުނޫނަސް ބަޔަކުމީހުންވެ ލިކައިފިކަން!!

    24
    2
  15. މުހަންމަދު ނަސީދު

    މިހާރުމިނަޝީދު އާޢި އޭނަގެބައިވެރިން އިންޑިޔާ ރައިޔަތުކަން ދީފަމިގައުމުން ފޮހެލަންވާމީހުން ނޫނީ އަމީންދީދީ އައްވީހެން ވެދާނެހެން ވަރަށްހީވޭ .......

    31
  16. ކޮވެލި

    އަޅުގަނޑު ބާޖަމާ ލުއްދިޔައީ ހަތަރުމޭޔަރުންނާއެކު އެންހާސްގޮނޑި ލިބޭތޯ

    28
  17. ު6

    ކަލޭ ނުޖެހޭ ދާކަށް. ބަދުރު ހަނގުރަމަ ކުރަން މީނަހިތުން އުޅުނީ

    34
    1
  18. ލާ

    ލާދީނީ އަންނި

    26
  19. ބޮއްބެ

    ކަލޭ އެތަނައް ދިޔައީ ކޮން ހައިސިއްޔަތަކުން ކަލެޔަކީ ރައްޔިތުންގެ މަޖްލިހުގެ ރައީސް ކަލޭ ނުޖެހޭ އެތާކައް
    ދާކައް ދެން ބުނަން ވޯޓާކުޅެން ނުހަދާތި މިފަހަރު

    32
  20. އާދަމުގެދަރި

    މި ނުބައި ނުލަފާ ދޮގުވެރި ޚުދުމުޚުތާރު ޑިކްޓޭޓަރު ކަލޭގެ މިގައުމުގެ ސިޔާސީ މައިދާނުން އެއްކިބާކޮށްގެން ނޫނީ އެއްވެސް އިންސާނަކަށް މިގައުމުގައި ދެން ވެރިކަމެއް ނުކުރެވޭނެ. ސަރުކާރު ހިންގަން އެހާ ދުއްޕާން އެބަކުރޭ. އިދިކޮޅު ޕާޓީއަށް އެހާ ދުއްޕާން އެބަކުރޭ. މިކަލޭގެ ފަނޑިޔާރު ކަލޭގެ ވަގަށްނެގި މައްސަލަ އަލުން ބަލައި އަވަހަށް ގޮޅިއަކަށް ލާންވީ.

    27
  21. އަހުމަދު

    އީ ސީ އަށް ވަދެވޭނެ މީހުން ކަނޑަ އެޅުމަކީ ނަޝީދު ނިންމަން ޖެހޭ ކަމެއް ނޫން. މުޅި ގައުމުގެ ހުރިހާ ކަމަކަަށް އަސތްބޭނީމަ އަތް ފިހިދާނެ.

    27
  22. އާރު

    އަބްދުއްރަޙީމު އެތަނުން ނެެެރެން މަޖިލިސްގެ ރައީސް ދާން ޖެހުމަކީ ދިވެހިޤައުމުގެ ވެރިކަމުގެ ސިޔާސަތުގައި އެއްވެސް ހަރުދަނާކަމެއް ނެތްކަން ސާބިތުކޮށްދިން ވަރަށް ހުތުރު ކަމެއް. އިބުރާހީމް ސާލިހުގެ ވެރިކަން ގަޑުބަޑުކޮށް މުޅި ދައުރު ހުތުރުކޮށްފި.

    32
  23. އަހަންމަދު

    ފިސާރިރަގަޅަށްމިކަލޭގެއެބަފަޟީހަތްވޭ! ވާނީވެސްއެހެންތާ! އަބަދުހުންނަނީފަތިސްވެފަ! ދުވަހަކުވެސްއިރެއްނާރާ!، ރަށްވެހިފަތިހޯ! މިއީކޮންއެއްޗެއް! ހައިރާން! މިކަލޭގެބުނެފިއްޔާއެމްޑީޕީގެމީހުންނަށްހަމަކޮންމެއެއްޗެއްވެސްރަގަޅުވާނީދޯ

    32
    2
  24. ބުރާންތި

    މޯދީ ބަވާލީމާ ބޮލަށް ފިތާފައިން ތާވަޅެއްހެން ތެޅޭނެ ކަމެއްނެތް.
    ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ހުރިހާ ޕްރެޖެކެއްޓެއް ހުއްޓުވަންޖެހޭ.

    12
  25. ޓިކްޓޮކު

    ކަލޭ ހުންނަންވީ މަޖިލީހަކު ނޫން...ކަލެއަށް ފުލުސް މީހެއްގެ މަގާމާއި އަސްކަރީ މީހެއްގެ މަގާމާއި ޔުނިފޯމް ދޭންވީ..އަދި އެން މެ އިސް ފަޑިޔާރުގެ މގާމުޗެސް...އޯލް އިން ވަން .... މިވަރުގެ ކޮހެއް އަދި ނުދެކެން...

    15
  26. ޝަރީފު

    އޭ ނަޝީދޫ!!! ހާދަ ހުތުރު ގޮތަކަށް ތިޔަ އުޅެނީ... ވޯޓްގެ ވާހަކަ ދައްކާނީ ދުވާލަކު ނޫނޭ... ރޭގަނޑު އާދެބަލަ ލާރި ހިފައިގެން... ދެން އެކަމު ކުރީފަހަރު ދިންވަރަށްވުރެ އިތުރަށް މިފަހަރު ދޭންވާނެ އިނގޭ...

    13
  27. ސުސް

    ވަރައްހަޔާއްކުޑަ ބައެއް މޑޕ ގައި ތިއުޅެނީ ،
    ލަދެއްހަޔާތެއްވެސް ނެތެއްނުން. ހަޖަ މް ނުވަނީ. ބަލާާއެއްޖެހިފަ މިއޮތީ.

    15
  28. ބުރާންތި

    ވޯޓް އެޅިދުވަހުވެސް ކެމްޕޭންފައި، މީހަކު ކައިވެނިކުރިޔަސް ، ބަޔަކު ފޮޑިއެއް ޖެހިޔަސް އެތަނަކަށް.
    މިއީދެން ކިހާ ބޮޑު ކަމެއް

    16
  29. އިބުރާހީމު

    މިކަލޭގެ އަކީ މި ޤައުމަށް ޖެހިފައިވާ މުސީބާތެއް. ބަލަ ކަލޭއަކީ ޕޮލިހެއް ނޫން އަބުދުއްރަހީމު ނެރެން ދާކަށް. އަބުދުއްރަހީމު ވެސް އެތާކު އެތެރެއަކު ނެތް. ދޮގު ހަދާއިރު މިަލޭގެއަށް ނޭގޭ މާދަމާ ތިމަންނައާ ސުވާލުކުރެވޭނެކަމެއް. ޔާﷲ މީނާގެ ބަލާވެރިކަމުން މިޤައުމު ސަލާމަތްކުރައްވައި މީނާ މިތަނުން ފެއްސިގެންދާނެ ގޮތެއް މެދުވެރިކުރައްވާނެދެއެވެ.

    19
  30. ހުސެން

    ކޮންކަހަލަ ބިޑިއެއް ޖައްސަވައިގެންތޯ ހުންނެވީ

    13
  31. އަދުރޭ

    އަހަރެންވަނީ ޯޓޤ އޮޅުވާލިޔަ ނުދޭން ނަޝީދުވަނީ އަހަރެން ނެރެން އަހަރެން ހުރޔ ފާސް އަޅަފަ ނަޝީދު ހުރީ ފާސްނާޅާ

    13
  32. ގަމާރު

    ކަލޭތީ ފުލުހުންތަ އަދުރޭ ނެރެންދާން. ދެން ކަލާފާނަށް ދިޔައީި ކާކު ނެރެން.

    12
  33. ...

    ބައެއް ފަހަރު އަހަރެން ހިތަށް އަރާ ނަޝީދުގެ ފެމިލީ (އަނބި ދަރިން) ނަޝީދު އުޅޭގޮތުން އެއްޗެއް ނުކިޔާ ބާއޭ؟ ނުވަތަ އެމީހުން ނަޝީދުއާމެދު މިހާރު ހިތަށް އަރަނީ ކީކޭ ބާއޭ؟ އަހަރެން ނަމަ އަހަރެން ވަރަށް ދެރަވާނެ އަހަރެންގެ ބައްޕަ/ފިރިމީހާ މިހެން އުޅޭނަމަ.އާނ މިހާރު ދެން ޓޫ މަޗް ވިއްޔާ..... 🙁 .

    12
  34. ސަންފަ

    ކަމެއް ވާއިރަށް މާމޮޅު މީހަކަށްވެހުރެ އެކަމެއް ހައްލުކުރަން އެތަނަކަށް ވަންނަނީ. 7 ފެބް ގައިވެސް އެތަނަކަށްވަދެ އެންމެފަހުން އިސްތިއުފާދީފަ ނުކުންނަންޖެހުނީ. 3 ނޮވެންބަރުގައި މައުމޫނުބޭ ދޮންނަމެސިނަށް އެރިއޮތޭކިޔަނީ. އެކަމު އެމަނިކުފާނު ބަންޑާރަކޮއްޓަށް ވަޑައިގަތުން ރައްކާތެރި ނޫންވީމާ، އެނޫންތަނަކަށްގޮސް އިންޑިޔާއަށް ފޯނުކޮށް އެހީއަށް އެދުނީ. އެއީ ހިކުމަތު އަމަލީއަކީ. ކައިރީގައި ތިބޭ މީހުންގެ ރަނގަޅު ހިޔާލުވެސް ބަދަލައިގަތުން.

    10
  35. ޑިމޮކްރަސީ

    ނަޝީދުއަށް ދަންނަވާދީބަލަ މިއަދު ހުޅުމާލޭގެ ފްލެޓްތަކުން ކުނިނުގަހުރިވާހަކަ އެމަނިކުފާނު އެއީ ކުނިކައްސަވާބޭފުޅެއްނުންތޯ

  36. މިއަދު

    އެކަން އެގޮތަށް ކުރުމަށް ރައިސް ނަޝީދަށް އޮތީ ޤާނޫނީ ކޮންބާރެއް އީސީގެ ރައީސްގެ ހުއްދަނެތި އެތަނަށް ސިފައިންނާއި ޕޮލިހުން ވެއްދުމުގެ ބާރު މަނިކުފާނަށް ލިބިގެންވަނީތޯ؟

  37. ދެލޯ

    އެއީ ކަލޭ ކުރަން ޖެހޭ ކަމެއްތަ ބުރާންޗާ