ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒު ތެރެއަށް ވަދެވަޑައިގެން މަސައްކަތްކުރައްވަނީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށް، ރައްޔިތުންގެ ނިންމުމަށް ނުފޫޒުފޯރުުވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިންތިޚާބީ މައިމަރުކަޒުގައި ހުންނަވައި މީޑިޔާތަކާ ވާހަކަދައްކަވަމުން އިދިކޮޅު ކޯލީޝަންގެ ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ނަޝީދު މަސައްކަތް ކުރައްވަމުންދަނީ "ވޯޓު ފޮށި ތަކުގެ ތެރެއަށް އަތް ބާނައިގެން" ވޯޓު އޮޅުވާލުމަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އެ ފުރުޞަތު ނުދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިންތިޚާބީ މަރުކަޒަށް ވަޑައިގެން ނަޝީދު އެ ކުރައްވާ މަސައްކަތަކީ ޣައިރު ޤާނޫނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް އަދުރޭ ސިފަކުރެއްވިއެވެ. އަދި ވޯޓު އޮޅުވައިލުމުގެ ފުރުސަތު މި އިންތިޚާބުގައި ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މާދަން އިރު އަރަންދެން ތިބެންޖެހުނަސް ވޯޓު އޮޅުވައިލުމަށް ޖާގަނުދެއްވާނަން" އަދުރޭ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު 2020 ގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރު ކުރުމަށްޓަކައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި އަލުން ގުނަން ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މިއަދު ބުނެފައެވެ.

މިފަދައިން އިއުލާނުކޮށްފައި ވާއިރު ނިމިދިޔަ އިންތިހާބުގައި ވޯޓުލީ ބައެއް މީހުންގެ ވޯޓު އޮޅުވާލި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގއ.ކޮލަމާފުށީގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓްލާފައިވާ މާލެ އަށް ނިސްބަތްވާ މީހެއްގެ ވޯޓް އޮޅުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފައިވާއިރު ބ .އަތޮޅު ދޮންފަނުގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓް ލާފައިވާ މަނަދޫ މީހެއްގެ ވޯޓުވެސް އީސީއިން އޮޅުވާލާފައިވާކަމަށް ވޯޓުލީ މީހުން ތުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވޯޓް

    ސާބަހޭ ދޫނުކުރާތި މިތިބީ ފަހަތުގަ ﷲއިރާދަކުރެއްވިއްޔާ
    މިފަހަރަކު ދުލެއްނުކުރާނަން

  2. އާކާޝް

    އެމްޑީޕީ އަށް ބާރުލިބޭ ގޮތަށް ހިނގާ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް ހަމަޖެހިގެން އަރާމު ކޮށްލަން ފުރުސަތެއް ނުލިބޭނެ އަބަދު ހަލަބޮލިކަމާއި ހާސްކަމުގައި ރައްޔިތުން ތިބެން މިޖެހެނީ ކިހާދެރަތޯ،

    6
    1
  3. އީސީ ބޭބެ

    ކަލޯނޭ އަވަހަށް ވޯޓް ފޮށިތައް ކުދި ކުދި ކޮށް ނައްތާލާ...ކުރީ ފަހަރުވެސް ސަރީފްބެ ހެދީ ހަމަ އެހެން....