އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިޚާބީ މަރުކަޒުގައި މިއަދު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއާއި ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕް އިން ވެސް ދައްކަމުންދާ ވާހަކަތަަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ގޮތަށް ކުރިއަށް ދާން ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން އެދިގެން ނޫން ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ފައިދާއެއް ހޯދައިދޭން ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ނަތީޖާ ޝީޓްގައި ބައެއް އަދަދުތައް ދިމާ ނުވާތީ، އެ ކަންކަން ކަށަވަރު ކުރުމަށް އަލުން ބަލަން އެ ކޮމިޝަނުން ނިންމި ނިންމުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިފަދަ ޝަކުވާތައް ވެސް ލިބެމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ހަރަކާތް އިންތިޚާބީ މަރުކަޒުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އެ ކަމާ ނުރުހުން ފާޅުކޯށް މަރުކަޒު ކައިރިއަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން އައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ފަހުން ޕީޕީއެމްގެ ލީޑާޝިޕް އަދި އެމްޑީޕީގެ ލީޑާޝިޕް ވެސް އެ ތަނަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގައި މާ ބޮޑު ޙަޤީޤަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަނުޖެހުންތަކެއް ހިނގި ފަހުން، ދެ ފަރާތުން ވެސް، ވާދަވެރި ސިޔާސީ ފަރާތްތަކުން، ވާހަކަ ދައްކާފައި ވަނީ އެ ފަރާތެއްގެ މަސްލަހަތު އިސްވާނެ ގޮތަކަށް، ޙަޤީޤަތާ އެއް ގޮތަކަށް ނޫން، މިއިން އެއްވެސް ފަރާތަކުން ވާހަކަ ދައްކާފަ ވަނީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ދާން ފުރުސަތު ދޭން،" ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިއްބައި، އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދު އިތުރަށް ހޫނުވިއެވެ. އަދި އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް އެމަނިކުފާނަށް ފާޑު ވެސް ކިއެވެ. އެމަނިކުފާނާ އެކު އެމްޑީޕީގެ ލީޑަޝިޕާއި ސަޕޯޓަރުން ވެސް އެ ސަރަހައްދަށް ދިޔައެވެ.

ނަމަވެސް އެ ތަނުގައި ނަޝީދު ހުންނެވުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އެމަނިކުފާނު އެ ސަރަހައްދު ދޫކޮށް ވަޑައިގެންނެވީ ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައެވެ.

މި ހަމަނުޖެހުންތަކަށް ފަހު، ރައީސް ނަޝީދު އަދި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ ވަނީ އެކަކު އަނެކަކަށް ތުހުމަތު ކުރައްވައި އެކި ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޣ

    ދެން ކޮންގަނޑެއް ގަންނަން މީގެ ދެރޭކުރިން ކަލެއާ ނަޝީދު އިލެކްޝަނުގަ ކުރީ ދަންވަރު. ރައްޔިތުން އެއްވެ ޒުވަްބުކޮށް ފުލުހުންއައިސް ވީޑިއޯ ނުކުރިނަމަ އެކަންވެސް ދޮގުކުރާނެ ތި ޝަރީފު

    20
  2. އާދަމުގެދަރި

    ފުރަތަމަ ކަމަކީ މީހަކު އެއްޗެކޭ ބުނާއިރަށް އެއެއްޗެއް ގުނަންޖެހޭތަ؟ އެތަނެއްގައި ގޯސްކަމެއް ހިނގިކަން ސާބިތުނުވާހައި ހިނދެއްގައި އަލުން ވޯޓުފޮށްޓެއް ގުނައި އާ ނަތީޖާއެއް ކަލޭމެން ހިތުހުރިގޮތަކަށް ލިޔަންޖެހޭތަ؟ ތީ ދިވެހިރައްޔިތުން މިހާރު އިތުބާރުކުރާ ތަނެއް ނޫން.

    20
  3. ޙައްގުބަސް

    އީސީ ޝަރީފް ކަލޭ ތިކުރާ ވިޔާނުދާ ހަޑިމުޑުދާރު ޢަމަލުތައް ވަގުތުން ހުއްޓާލަން ގޮވާލަން!! ކަލޭ މި ލޯކަލް ކައުނސްސިލް އިންތިޚާބު ބާއްވަން އޮތް ދުވަހުގެ ދެ ރޭ ކުރިން (ބުދަ ދުވަހުގެރޭ) ރައިސް ނަޝީދާ ދެ މީހުން ވަކިން ބައްދަލުކުރީ ކީއްކުރަން؟ މިބައްދަލުވުމެއް ބޭއްވީ އެމްޑީޕީންވެސް ޖެހި ހިސާބުތަކުން މާލެ މޭޔަރުކަމަށް އަނަސް ނޮހޮވޭނެކަން އެނގިގެން އެކަމަށް އީސީ ޝަރީފަށް ވެވެން އޮތީ ކޮންކަމެއްތޯ ބަލަން! ކަލޭމެން ދެ މީހުން ﷲ ގަންދީ ހުވާކޮށްފަ މިކަމާ ގުޅިގެން ބައްދަލު ނުކުރަމޭ އަޅެ ކެރެންޏާ ބުނެބަލަ!! ރައްޔިތުން ލީ ވޯޓުން އަދިވެސް ވައްކަން ކުރެވޭތޯ ތިބަލަނީ!! 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވަނީ ވޯޓުން ވައްކަން ކޮށްފަ!! ރައްޔިތުންނޭ މި އީސީ ޝަރީފާ މި އެމްޑީޕީގެ ލަދީނީ ގުންޑާގެ ޢަމަލުތައް ވަރަށް ކައިރިން ބަލަންޖެހޭ!! މިއީ ވޯޓުން ވައްކަންކުރާ ދެ ވަގުން!! މިވަގުންތައް ހިފާ ހައްޔަރުކުރަނެޖެހޭ ރައްޔިތުން ނިކުމެ!! ވަގު ސަރުމާރުން މި ދެ ވަގުން ލައްވާ ކުރުވާ ކަންތައްތަކަށް ފުރުސަތު ދީގެންނުވާނެ ރައްޔިތުން!!

    20
  4. އެމަންޖެ

    މޑޕ އާ އީސީ ގުޅިގެން ކުރަން އުޅޭކަމެއް ތިކުރަނީ.

    21
  5. ކެޕްޓަން.

    ބަލަގަ ޝަރީފޫ...ކަލޭ ކަލޭގެ ދުލުން ބޮޑު ޓީވީ ޗެނަލްއަކަށް އަރާ ނުބުނަންތަ ، މިހެން ބުނަން ދެރަވެސް ވެޔޭ، ލަދުވެސް ގަނެޔޭ، އެކަ މަކު ހަ މަ ދައްންނަލަވާލަން ޖެހެނީ ، މިއަށްވުރެ ލަދުހަޔާތްކުޑަ ދަރިޔަކު ދިވެހި މައެއްގެ ބަޑުން ނުވިހާނެޔޭ..ހަ މަ ކަލޭ އެހެންބުނީ....އެއީ ކާކަށް ނިސްބަތްކޮށް ކަލޭ ބުނިބަހެއް..އެއީ ހަ މަ ނަޝީދުގެ ނަން ކިޔާފަ ކަލޭ ކަލޭގެ ދުލުން ބުނިބަސް...