މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާ ބައްދަލު ކުރައްވާފައި ނުވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެއްވެސް ސިޔާސީ ޕާޓީ އެއްގެ ބަޔަކާއި އިންތިޚާބުގެ ކަމަކާއި މެދު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.

އިންތިޚާބު އޮޅުވާލި ކަމަށް ތުހުމަތުކޮށް އާއްމުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ކައިރިއަށް އެއްވެ އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިއްބާ އެ ސަރަހައްދަށް ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަޑައިގަތުމުން އެތަން އިތުރަށް ހޫނުވިއެވެެ.

ނަމަވެސް އެ ތަނުގައި ނަޝީދު ހުންނެވުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އެމަނިކުފާނު އެ ސަރަހައްދު ދޫކޮށް ވަޑައިގެންނެވީ ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައެވެ.

އެކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ހުޅުވިފައިވާ ތަނެއް ކަމަށާ ޕާޓީއަކުން ނޫޫންގޮތަކަށް އަމިއްލަ ފަރާތަކުން އިލެކްޝަނަށް އަޔަސް އެއަށް އިޖާބަދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ބައްދަލެއް ނުކުރައްވާ. މަޖިލީހަށް ކުރިމަތިލެއްވި ކެނޑިޑޭޓެއް ގޮތުގައި ހުންނެވި އިރު ވަޑައިގެންނެވި. މި އިންތިޚާބުގައި އެއްވެސްކަމެއްގައި މުހާތަބުކުރާފަ އެއް ނެތް. މިއަދުވެސް ރައީސް ނަޝީދު އިންތިޚާބާއި ބެހޭ މަރުކަޒަށް ވަޑައިގެންނެވިކަން އެނގުނު. އެހެންނަމަވެސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެއް ނުވާނެ. " އޭނާ ވިދާޅުވިއެވެ.

އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީނަށް ވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސަޕޯޓަރުން އެ ތަނުން ނެރެން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އިސްވެރިން ތިއްބަވާ މީސް މީޑިއާގެ ގްރޫޕަކަށް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ވޯޓު ފޮށި ކައިރީ އަބްދުއްރަހީމާއި ޕީޕީއެމްގެ އިސްވެރިން ތިބޭތާ ގިނަ އިރުތަކެއް ވުމާއި ގުޅިެގެންނެވެ. އަދި އެ ބޭފުޅުން އެ ތަނުގައި ތިއްބަވާތާ ބައިގަޑި އިރުވީ އިރު ވެސް އެކަން ހައްލު ނުކުރެވުނީމަ، ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ ކަމަށާއި، މިހާރު އަބްދުއްރަހީމް އެތަނުން ނެރެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޟމ

    ދެން ކޮންކަމެއްގައި ބައްދަލުކުރީ

    11
  2. ޅ

    ދެންކޮންކަމެއްގަ ދަންވަރު އިލެކްޝަނުގެ އޮފީހުގަ ކަލެއާ ބައްދަލުކުރަން ޭޭައަށްޖެހުނީ؟
    އަމިއްލަ ބައްދަލުވުން ކަލޭ ގޭގަ ބާއްވާ. ވޯޓު ފޮށިކަނޑައިގެން ތިބެ ތިތާކު އަމިއްލަ ބައްދަލުވުމެއް ނުބޭއްވޭނެ.
    n

    14
  3. ބޭޗާރާ

    ޚުދުމުޚުތާރު ޑިކްޓޭޓަރު އަންނިއާ ބައްދަލުކުރަންޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ. ބުޅާ ގޯނިން ބޭރުވީމާ މިހާރު އާލަވައެއް ތިކިޔަނީ.

    13
    1
  4. އެމަންޖެ

    އެއްވެސް ގޮތަކައް ނަޝީދާ ކަލެޔަކީ ތީ އެކައްޗެއް މޑޕ އައް ވެރިކަން ދިނީވެސް ކަލޭއެކަމުގެ އަޑީގަ ހުރެގެން ، ފަހުން ފަޅާ އަރާފާނެތީ އަވަހައް ވޯޓުތައް އަންދާ އަޅިޔައް ހަދާލީ ، މިހާރު ތިޔަ އުޅެނީ ދިވެހިންގެ ނުބައިކަން ކަލެޔައް ނުފެނިގެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ކައުންސިލް މޑޕ އައް ދީބަލަ ވާގޮތް ބަލާލަން.

    14
    1
  5. ޚާލިދު ވަޙީދު

    ތިޔަ ޝަރީފް އާ އިސްމާޢީލް ޙަބީބު ހަދާ ދޮގު ރަށްޔިތުން މިހާރު ގަބޫލެއްނުކުރޭ. ތީ ވޯޓް އޮޅުވާ މަކަރު ހަދާ ބައެއްކަން އޮތީ ފަޅާއަރާފަ.

  6. ބަހުޝާމް

    ޝަރީފު ކަލޭ އެތެރޭގަހުރެގެން ތި ހުރިހާނުބައެއް ހަދަނީ. ވިސްނާތި

  7. ބަކުރު

    ސަރީފު ހަށްޔަރުކުރުމަށް ކަމާބެހޭ މުއަށްސަސާ ތަކަށްގޮވާލަން..