ތ.އަތޮޅު ވިލުފުށީގައި ބެހެއްޓި ވޯޓް ފޮއްޓަކަށް ވޯޓްލީ މީހެއްގެ ވޯޓް އޮޅުވާލި މައްސަލައެއް އޭނާ ފެންމަތިކޮށްފިއެވެ.

ވިލުފުށީގައި ބެހެއްޓި ވޯޓް ފޮއްޓަށް ވޯޓްލީ މާލެ އަތޮޅު ގުޅީ މީހެއްގެ ވޯޓް ނަތީޖާ އިއުލާން ކުރިއިރު އޮޅުވާލާފައިވާ ކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނީ އޭނާ ވޯޓްލީ ގުޅީ ކައުންސިލަށް ކުރިމަތިލި މިނިވަން ކެންޑިޑޭޓަކަށް ކަމަށާއި ނަމަވެސް ނަތީޖާ އިއުލާން ކުރިއިރު އޭނާ ވޯޓްލީ ކަމަށް އޮތީ އެމްޑީޕީ ކެންޑިޑޭޓަކަށް ކަމަށެވެ. ވިލުފުށިން ގުޅީ ކައުންސިލަށް ވޯޓް ދިނީ އޭނާ އެކަންޏެވެ.

އޭނާ ބުނީ އޭނާ އަކީ އެއްވެސް ޕާޓީއެއްގެ މެންބަރެއް ނޫން ކަމަށެވެ. "އަޅުގަނޑު އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރަން. މައްސަލަ ދިމާވި އެންމެންގެ ވޯޓް ވެސް ލިބިފައި މިއޮންނަނީ އެމްޑީޕީ ކެންޑިޑޭޓަށް. އަޅުގަނޑު ވޯޓް ދިން ކެންޑިޑޭޓަށް އަޅުގަނޑުގެ ވޯޓް ނުލިބުމަކީ ވަރަށް ދެރަކަމެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ އެމްޑީޕީ ކެންޑިޑޭޓް މިއަދު އޭނާ އަށް ގުޅައި ބޭނުމީ ވޯޓްތޯ ނުވަތަ ވޯޓް ފޮށި އަލުން ގުނަންތޯ ސުވާލު ކޮށްފައިވާ ކަމަށެވެ. ވޯޓް އަލުން ގުނަން ބޭނުންވާ ކަމަށް ކެންޑިޑޭޓް ގާތުގައި ބުނެފައިވާނެ ކަމަށް މައްސަލަ ފެންމަތިކުރި މީހާ ބުންޏެވެ. އޭނާ މިހާރު ވަނީ މިމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

ކައުންސިލް އިންތިހާބުގައި ވޯޓްލީ އެތައް ބަޔަކު ގެންދަނީ އެމީހުން ވޯޓްލީ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓުންނަށް ވޯޓް ލިބިފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވޯޓް ގުނުމުގައި ނަތީޖާއަށް އަސަރު ކުރާވަރުގެ މައްސަލަތައް އެބަހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބިއްސާވެލި

    އެގޮތަށްއެންހާސްގޮނޑި ޔަގީންވާވާހަކަ ބޮޑުވަޒީރުއެބުނީ !!

    44
  2. ހަސަން

    އެމްޑީޕީ އަކީ ވޯޓް އޮޅު ވާލުމަށް އެއްވަނަ

    21
  3. ާއަލިި

    ކިހިނެއް ހަދާން މިއުޅެނީ

    16
  4. ......

    އެމް.ޑީ.ޕީ އެއީ ހެޔޮބައެއް ނަމަ ކީއްވެބާ....ލަދުހުރި ބައެއް ނަމަ އެންމެން އިސްތިއުފާ ދީފަ ގެއަށްދާން ޖެހޭ ވަރުގެ ކަމެއް މީ....ދިވެހި ތާރީހުގަ އެމް.ޑީ.ޕީ ގެ ވާހަކަ ދެން މި ނިމުނީ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ....ގްރީކުގަ ޑިމޮކްރަސީ އަށްވީ ގޮތް މިއޮށް އިއާދަވަނީ...

    21
    1
    • ގްރީކޭ

      ގްރީކު ޑިމޮކްރަސީ އަަށް ކިހިނެތްވީ؟؟

  5. ޣ

    ރިޔާސީ އިންތިހާބު މަޖިލީސް އިންތިހާބު ވަގައްނެގި ކަމުގެ ހެކި މިފެންނަނީ އޭރު އެހެންވެ އަވަހަށް ވޯޓު ކަރުދާސް އަންދާލީ ހީލަތްތެރި ޝަރީފު

    41
    • ބުރޯ

      ޝަރިއްޕެ އަކީ މަޖީދިއްޔާ އޭޕީ އަކަށް ހުރިއިރުވެސް ވަރަށް ކޮރޮޕްޓް ބޮޑު މީހެއް. އޭރުގެ މަޖީދިއްޔާގަ އުޅެފަ ހުރި ބައެއް މީހުންނަށް އިނގޭނެ މިކަން.

      18
      1
      • ޛސޖ

        ތީހަމަ ތެދެއް. ތީހަމަ ފައްކާ ވގއ. އޭނާ އަކީ ދުވަހަކުވެސް ކައްވަޅަށް ނުދާނެ މީހެއްކަމަށް އޭނާ ދެކެނީ ތޯއްޗެއް. ޔާ ﷲ މިނޮބައި ސުންޕާ ބައިގަނޑުގެ ނިމުން އަވަސް ކުރަށްވާ އެމީހުން ފަލީހަތް ކުރައްވާންދޭވެ.

        5
        1
  6. ޖަނާޒާ

    ހީލަތްތެރި ޢައްދާރު ސަރީފޭތޯ؟

    19
    1
  7. ޙަދަނު

    އަފިހުންކައިގެން ހުރެ އެމްޑީޕީ އަށް ވޯޓު އެޅީނޫންބާ؟

  8. ޔަގީން

    ދެތާންގަ ފާހަގަލައިފިނަމަ ބާތިލުވާނެ