މާލޭގެ މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވުމުން ޗައިނާ އިން އޭނާ އަށް މަރުހަބާ ކިޔައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް މުއިއްޒަށް ފޯނުކުރައްވާ މުއިއްޒު ހޯއްދެވި ކާމިޔާބަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާކުރެއްވި ފޯން ކޯލަކުން ކަމަށެވެ.

ޔޫ ޒުއެންގް މުއިއްޒު އާއި ދެކެއްވި ވާހަކަފުޅުގައި ޗައިނާ އާއި މާލޭ ސިޓީ ކައުންސިލާއި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.

ޗައިނާ އިން މުއިއްޒަށް މަރުހަބާ ކިޔާފައިވީނަމަވެސް ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ކާމިޔާބު ހޯދި އިތުރު ކެންޑިޑޭޓަކަށް ޗައިނާ އިން މަރުހަބާ ކިޔާފައެއް ނުވެއެވެ. މުއިއްޒުގެ އިތުރުން ހޮނިހިރު ދުވަހު އިތުރު ތިން ސިޓީއަކަށް ތިން މޭޔަރުން އިންތިހާބު ކުރިއެވެ. އެތިން ބޭފުޅުން ވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު ޗައިނާގެ ހިލޭ އެހީ އާއި ލޯނު ނަގައިގެން ވަރަށް ގިނަ މަޝްރޫއުތައް ރާއްޖޭގައި ވަނީ ހިންގފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒަންގް ލިއޮންގްގެ ދައުރު ހަމަވުމާ ގުޅިގެން އޭނާ ވަނީ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެ އިން ފުރައިވަޑައިގެންފައެވެ.

ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ވެރިރަށް މާލެ އިންނާއި ދެން އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބެއް ލިބިފައެވެ. މިއިންތިޚާބަކީ 2005 ވަނަ އަހަރު އެމްޑީޕީ އުފެދުނު ފަހުން މާލެ އާއި އައްޑޫ އިން އެމްޑީޕީ އަށް އެންމެ ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހުނު އިންތިޚާބެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗެންޗުން

    އުއިގަރު މުސްލިމުންނަށް އަނިޔާކުރާ ޗައިނާ ކެންޑިޑޭޓް

    2
    20
    • ކާފަބޭ2020

      ދެލޯފުޅާ ރުހުމުގެލޮލަކަށްއައިބެއް ނުފެންނާނޭބުނެއުލޭ ތިޔަވަނީއެހެންދޯ؟ އިންޑިއާއިންކަޝްމީރުގައެހިންގަނީ ހަމަ ރަނގަޅުކަމެކޭތޯ އެޖެންޓުތިޔަވިދާޅުވަނީ؟؟؟؟؟؟؟

      14
      2
  2. އެމަންޖެ

    މަރުހަބާ މުއިޒް ކެނެރީމެން ހަމަބިމައް ތިރިކުރަން މިހާރު މާލަސްވެސް ވެއްޖެ.

    50
    1
  3. މެޑޯ

    ކެނެރީގޭ ބުއްޅައަށް އަދިވެސް ހަޖަމުނުވެގެން އެ އުޅެނީ. މަރްހަބާ މުއިއްޒު👏👏👏

    37
    2
  4. ދަންބެރު

    ބުލަޑުބޭންކުން ލޭ ހުސްވެއްޖެ އަންނިއަށް ކެރޭނެތަ ލޭ ހަދިޔާކުރަން ...

    11
    1
  5. ގލޅ

    މަ ރުޙަބާ ޑ ރ. މުޢިއްޒު! ރާއްޖޭގެ ފު ރަމާލެއަށް ތާޒާ
    ކަމާއި ބަހާ ރު މޫސުން ގެނެވޭނީ ތަޖު ރިބާ އާއި ހުނަ ރާއި
    މައުލޫމާތު ލިބިހު ރި މީހަކަށެވެ އެހެންވެ މާލޭ ރައްޔިތުން
    ނެންގެވީ މުޢިއްޒެވެ.

    12
    1
  6. ޢަދުރޭ

    ކެނެރީމެން ދެން ހާދަހާއޭ ދޯ ؟ ކެނެރީ މެންނަށް ކިހިނެއްތަ ވެގެން މިއުޅެނީ ؟

    8
    1