ރ. މާކުރަތުގައި އަންހެން ކުއްޖެއްގެ މައްސަލައިގައި މާރާމާރީ ހިންގައި އެކަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 22:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ޙަމަލާ ދީފައިވަނީ ތަޅުދަނޑިއެއް ބޭނުންކޮށްގެންނެވެ. އޭނާގެ ބޮލަށް ތަޅުުދަނޑިން ޙަމަލާ ދިނުމުން ބޮލުން ތަނެއް ވަނީ ފަޅައިގެންގޮސްފައެވެ.

 

މި މާރާމާރީގައި ފިރިހެނަކަށް އަނިޔާ ވެފައިވާއިރު، ފުލުހުން ވިދާޅުވީ އޭނާއަށް އެރަށު ސިއްޙި މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބިޓުން

    ޢަންހެންކުދިން ހުސްވީތަ؟ ބަޔަކު އަޅެ މޮޔައެއް ނުވާނެތަ؟

  2. Hajam

    Haadha D grade ei dhw..mihaaru anhenege madsalaage thalhaa folhaanee v D grade veema..hama hini annanee..R.maakurathai ves huthuru v..

  3. ބްރޭކިންގް

    ޙަބަރު ނުލިޔެ ހެޑްލައިންސް ލިޔަން ފަށަން ވީނު ?

  4. ޟ

    ޢޮކޭ

  5. ޚ

    ޙެޔޮނުވާނެ ތަހުޒީބުވޭ މިއޮތީ ކައިރީ އިންޑިއާވެސް...ބޯކޮށް....ވަރަށް ވާހަކަ

  6. މާކުރަތު މީހާ

    ބަލަ އިދެގެން އުޅޭ އަނބި މީހާކައިރިއަށް ދިޔާމާ ރުޅިއަންނާނެ އެއްނޮއް.. ނޫންތަ..

  7. ހައްގުބަސް

    ތިމާ ވަރުގެ ގަޓުހުރި ކެރޭ މީހަކު ނެތްކަން ދައްކަން ކުރާ ދަށުދަރަޖައިގެ ހުތުރު ކަންކަމުގެ ސަބަބުން ވެއްޓެނީ ތިމާގެ އަގު. ހުރިހާ ބަދުނާމެއް މާކުރަތު ރައްޔިތުން ނަށް. މައްސަލަ ބަލާ ތަހުގީގު ކުރުމަށް ގޮވާލަން

  8. މީ ހަގީގަތް

    ތި މައްސަލަ ތަހުގީގެއް ނުކުރާނެ ތި ފުލުހުން ތީ މާކުރަތު ކައުންސިލަށް ބައިއަތު ހިފާފަ ވިކިފަ ތިބޭ ބައެއް އެ މީހުން ހަދާނީ ކައުންސިލުން ބުނާ ގޮތެއް 10 މިނެޓުން ދެވޭ ރަށަކަށް ރޭ ގަނޑު 11 ނުޖަހަނިސް ހިންގި މާރާމާރީއެއް ތަހުގީގު ކުރަން 3 ޖެހި އިރުވެސް ފުލުހުންނަށް ދެވުނު ކަމަށް ނުވޭ މީ ކައްނޭގެ ފުރަތަމަ ތަހުގީގު ކުރަން ޖެހޭ ކަމަކީ

    • މާމިގިލީ މީހާ

      މާމިގިލީ ފުލުހުންގެ ހާލަތަކީވެސް ހަމަ ތީ..ބުރުމާ ގާސިމް ބުނާ ގޮތަކަށް ކަންތައްތައް ކުރާނީ.. ހީވަނީ ގާސިމް މުސާރަ ދީގެން ބަހައްޓާފައި ތިބޭބައެއް ހެން.. މީގެކުރިން ގާސިމް ޖަލަށް ނުލާއިރު. މާމިގިލިއަށް ގާސިމް އަންނަ އިރަށް. ގާސިމްގެ ކާރުގެ ފަހަތުން މިމީހުންގެ ވޭން ދުއްވާލަ ދުއްވާލާ ތިބޭނީ.. ގާސިމުގެ އައުވާނުންނާ އެކީ.. މިފަހެ ސަރުކާރުން ބަހައްޓާފައި ތިބޭ ބައެއް ނޫންތަ.

    • މާކުރަތު ...

      ތީބޮޑު ދޮގެއް. 1 ޖެހި އިރު ފުލުހުން އައީ

  9. ....

    އެހެން ދޯ ވާނީ އަންހެން މަންޖެ 6 ކޮޅުން ގެންގުޅެންޏާ. އެކަކުވެސް ބޭނުމެ ނުވާނެ ދޯ އަނެމީހާ އޭނަގެ ކޮފީތަށި ބޯކަށް ދެން މިވެސް ވަރަށް ވާހަކަ....

  10. ރަށްދު

    ހާދަވަރެއްގެ އަންހެން ކުއްޖެކެ ދޯ ތީ އަނެއްކާ އިތުރުއެއްޗެއް ގެންގުޅެނީބާ

    • ރަށުމީހާ

      އަސްލުވެސް ހީވޭ ތިހެން. އެހެންވެތާ އެވަރު އެވީ.

  11. އެހެނަތަ

    ސާބަހޭ ދަރިންނޭ. ފިރިހެން ޖީލަށްވެސް ހުތުރު ދޯ އެންމެ އަންހެނަކާހެދި ދެމީހަކު މަރުދަންޖެހި މާރާމާރީ މިހިންގަނީ

  12. ބުރެއްޔަ

    ގެރިލޯބީގެ ފުރަތަަމަބައި ޝޫޓްކޮށް ނިމެނީ. އިންތިޒާރުކޮށްލައްވާ..