ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އަވަށްޓެރި އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޝާހިދު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރުއާ ބައްދަލު ކުރައްވައި ބައިލޭޓްރަލް އަދި މަލްޓިލޭޓްރަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދުނު ގައުމަކީ އިންޑިއާއެވެ. އިންޑިއާ އިން ވަނީ މިހާތަނަށް އައިއިރު، މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތަށް ރާއްޖެ އަށް އެހީތެރިވެދީފައެވެ. ހާއްސަކޮށް ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެންމެ ބޮޑު އެހީއެއްވި ގައުމަކަށް އިންޑިއާ ވާނެއެވެ.

އޭގެ އިތުރުން އިންޑިއާ އިން ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖާއި ރާއްޖޭގެ 38 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫއު އާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި އައްޑޫގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޖަނާޒާ

  ހިބަރު ވަދު ހޯދަންބާ ! މި ވަޑައިގަންނަވަނީ

  21
  • ރެފްރީ

   ނޫން ނޫން .. އޭނަ އެދިޔަ އީ
   ވޯޓުފޮށިތަ އްހިފަ އިގެން

   14
  • ޙައއގުބަސް

   މީނާ އިންޑިޔާއަށް މިގެންދަނީ ކޮންޑީލްއެއް ހަދަން!! މާލެ ރައްޔިތުން ނިކުމެ ވޯޓުން ތަޅާ ބަލިކުރީމާ އިންޑިޔާއަށް މިގެންދަނީ ގެރިމޯދީ ބުނެގެން!! ފައިސާ ގޯނިތަށް ދޭންވެގެން!! ވޯޓް ގަންނަން ބަހަން!! ރާއްޖޭގެ ތަންތަން އަވަހަށް އަޑިނޭގޭ އެއްބަސްވުންތައް ހަދާ ދަމައިގަންނަން!! މިއީ ގައުމުގެ ޣައްދާރެއް!!

   18
 2. illiyaas waheed (ille)

  gaumu vikan vadaigathee

  21
 3. ގައުމީ ލޯބި

  ދަތުރު ނުކޮށް ވިޑިއޯ ކޮންފަރެންސް ކޯލް ނަގާބަލަ..

  ދަައުލަތުގައި ނެތޭ މަޖާކުރަން ދަތުރު ކުރާވަރަށް ފައިސާ... އިރު އިރު ކޮޅާ ލޯންނަގައިގެން ދެއިރު ދެދަޅަޔަށް ދަތުރު ކުރުން ހުއްޓާލާ.!

  ހަމަ ކޮވިޑް ނިމުނީ މީނާ މަޖާކުރަން އަންހެން ކުދިން ގޮވައިގެން ދަތުރުކުރަން ފެށީ ދޯ؟

  ބަލަ ރައިޔަތުންގެ ލެއޭ ތި އޮހޮރަނީ.. ލޯނުފައިސާ އަށް އިންޓެރެސްޓް ދައްކަނީ ރައިޔަތުމީހާ ދާ އޮހޮރުވާއިގެން ކުރާމަސަތްކަތުން...

  ދަތުރު ހުއްޓާލާ.. ހުއްޓާލާ

  19
 4. އަލިބެ

  ޕޮޒިޓިވްވާވަރު މަދުވީމަ ގިނަކޮއްލަން އެދިޔައީ

  16
 5. ބުރާންތި

  މޯދީ ޖީއަށް ނުބައި މައުލޫމާތު ތަކެއްދީ، ތިމަންނަމެން އިންތިހާބު ކާމިޔާބުކުރާނެ ކަމުގެ %100 ދިނުމަށްފަހު ފެށި ކަޓް ޕްރޮޖެކްތްތަށް ހުއްޓިދާނެ ކަމުގެ ބިރުހީވުމުން ކުރާ ދަތުރެއްބާ ؟
  މިފަހަރު މޑޕ ލީޑަރުން އިންޑިއާ ޖަލެއްގައި ބަންދުނުކޮށް ދޫކޮށްލާނެކަމަކަށް ނުފެނޭ.

  17
 6. ޓ

  މމމމމމމމމމއަހަރެންނޭ ދެން ކިރިޔާވެސް ވޯޓެއް ލިބޭ މީހަކަށް ހުރީ
  ޢިބޫ އަންނި ފައިލް ވެއްޖެޢޭ ބުނަން ދިޔައީ...މަހަކު ދެފަހަރު އިންޑިޔާއަށް މީނާ ކަށްވަޅު ކޮންނާނީ ވެސް އިންޑިޔާގަ ހެން ހީވަނީ

 7. އުޖާލާ

  ރައީސް ނަސީދުއާއި މޯދީގެ ގުޅުން މިވަގުތު ގޯސްވެ ސޯލިފަށް ބާރުބޮޑުވަމުންދާތީ އެކަން ފޫބެއްދުމަށް މިސަރުކާރުންގެންގުޅޭ ހިބަރުވަދު ނައްޓާލީމި

 8. ޖަމީލު

  މިއުޅެނީ ބިޱެއް ސެޱުކުރަންތަ. ހަފުތާޔަކު އެއްފަޖަރު ގުޅުން ބަދަހި ކުރަން ވާހަކަ ދައްކަން ދަނީ. އަނދުން ނާޅުވާ!!!
  ތިޔަ އުޅެނީ ހަމަ މިގަޢުމު ވިއްކާލުމުގެ ޕްރޮސެސްގަ. ހަބަރު ދާރު ، މި ފަސްގަނޑަށް ޤައްދާރުވެގެން ތިބެވެނީ ކިހާ ދުވަހަކުތޯ ބަލާނަން.

 9. ރާކަނި

  އިންތިޚާބުން ބަލިވީމަ ބަވާލަން ގެންދަނީ