މީގެ ކުރީގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައިވާ ކާމިޔާބީ ނިމިދިޔަ އިންތިޚާބުގައި ތަކުރާރު ކުރެވިފައި ނުވި ނަމަވެސް އަދި ޕީޕީއެމްއަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު އަދުވެސް ހުރީ "ރަށްވެހި ފަތިހަކަށް" ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު މިފަދަ މޭރުކަމުން ވިދާޅުވެފައި މިވަނީ، މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ބަހުސްގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އެ ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި އެމްޑީޕީގެ އެތައް ކަމެއް އިސްލާހު ކުރަން މަޖިލީހުގައި ގޮވާލައްވަމުން ދަނިކޮށެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތައާރަފުވީއްސުރެން އެމްޑީޕީން ގެންދިޔައީ އެއް އިންތިޚާބަކަށް ފަހު އަނެއް އިންތިޚާބަށް ކައުންސިލް އިންތިޚާބުތަކުގައި ހޯދާ ކާމިޔާބީ ފުޅާ ކުރަމުން ކަމަށެވެ. އެކަމަކު އެއް ޕާޓީއެއް އަބަދުވެސް މާ ބޮޑަށް މޮޅުވެގެންދާ ބައެއްގެ ގޮތުގައި ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުތަކުގައި ޕީޕީއެމް އިން ހޯދަމުންދާ ކާމިޔާބީ ވެސް ދިޔައީ ފުޅާ ވަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ވަނީ މީގެ ކުރިން އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ ދަމަހައްޓަމުން އައި ބައެއް ސަރަހައްދުތައް ހޯދާފައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ގޮތުން މާލެ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ނަޝީދު ފާހަގަކުރެއްވިއެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާ މި ގޮތަށް އައި ނަމަވެސް ރާއްޖޭގެ ސިޔާސީ ތަބީއަތުގައި އެ މަސްރަހު މިސްރާބު ޖަހާފައި ހުރީ "ރަށްވެހި ފަތިހަކަށް" ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއިން ބޭނުން ކުރި ކެމްޕޭން ޝިޔާރެވެ.

"ޕީޕީއެމް އިން ވެސް ދަނީ ކާމިޔާބީ އިތުރު ކުރަމުން. އެއީ އަޅުގަނޑު ވެސް މަރުޚަބާ ކިޔާ ކަމެއް. މި އިންތިޚާބުގައި މާ ބޮޑު ތަފާތެއް އައި ކަމަކަށް ނުދެކެން. ރާއްޖޭގެ ސިޔާސީ ތަބީއަތުގައި މިސްރާބު ޖަހާފައި އެބަ ހުރި އޭގެ މަންޒިލަށް. އެއީ ލަފާ ކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ތިން އިންތިޚާބު ވެސް އެމްޑީޕީއިން ބޮޑު ތަނުން ކާމިޔާބު ކުރުމަށް ފަހު، މި ކައުންސިލް އިންތިޚާބުގައި އެ ޕާޓީއިން ވަނީ ބޮޑު ނާކާމިޔާބިއަކާ ކުރިމަތި ލާން ޖެހިފައެވެ. އެހެން ވިޔަސް ތިން ސިޓީއެއްގެ މޭޔަރު ކަމާއި ވަރަށް ގިނަ އަތޮޅު ކައުންސިލްތަކުގެ ރައީސް ކަން އެ ޕާޓީއަށް ލިބުނު ކަން ފާހަގަކޮށް، ދައުރުގެ މެދު ތެރެއިން ބޭއްވުނު އިންތިޚާބެއްގައި މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެ ޕާޓީގެ ލީޑާޝިޕްއިން ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަސީ

    ދެން ފަތިސް ނަމާދައް އަރައި ނަމާދުކޮއް އަވަދިވެގެން ގައުމް ހިންގަބަލަ . ދެން އެންމެ ކަމެއް ނުވެއޮތީ އެއީ ރައްއިތުންނައް ލިބޭ މަހު މުސާރަ ދޭންޖެހޭ އިސްލާހު އޭރުން ނޭދެން ގައުމް ހިންގޭނީ ،

    23
  2. ille

    in your dreams nasheed

    19
  3. ބާއުކަލޯ

    އެހެން ތަ؟ ހާދަ ރަނގަޅޭ ތިޔަކަން އަންގައި ދިން ކަން ހަހަހަހަހަަ

    19
    1
  4. ބޮލުރޮދި

    ފަތިހުގެ ފޮނިމީރު އެއީ ފަތިހު ތެދުވެ ނަމާދު ކުރާބަޔަކަށް ލިބެ އެއްޗެއް......ނުނިދައި ބޮއިގެން ތިބޭބަޔަކަށް ލިބޭނީ ޑިޕްރެޝަން، އެއިގެން ސަލާމަތެއް ނުވާނެ ފަރުވާއެއް ކަމަށްބަލައި އަނެއްކާވެސް ބޯންފެށުމެއް...

    15
  5. އެމަންޖެ

    ނަޝީދޫ ކަލެޔައް ރަށްވެހި ފަތިސް ގިރާފަ ބޯންދޭނަން އަދި.

    21
  6. ސުންބުލި

    އެއީ ކޮން ރަށް މެދު ފަތިހެއް؟ ރަށް މެދަށް ވިހާ ފަތިހެއްގެ ވާހަކަތޯ؟

  7. ފަތިސް

    ޚުދުމުޚުތާރު ޑިކްޓޭޓަރަކު ދައްކާ ވާހަކަ އަޑުއަހާނެ ބަޔަކު މިތާ މިހާރު ނޫޅޭ. އެޒަމާން ހިނގައްޖެ. ފަތިސްނަމާދު ނުކުރާ ބަޔަކަށް އަންނާނެ ފަތިހެއް ނޯންނާނެ. ރަށްވެހި ފަތިހެއް ނޫން ދެން ކަލެއަށް އަންނާނީ. ދެން ކަލެއަށް އަންނާނީ ރަށްބޭރު ފަތިސް. އަސްދަނޑިން ބޭރު ފަތިސް. މިފަތިސްތައް ލަހެއް ނުވެ ކަލެއާ އަރާހަމަކުރާނެ. މި ފަތިސްތައް އަރާހަމަކުރީމާ އަނެއްކާވެސް ކަލޭ ގޮސް ހުންނާނީ ބުރަކަށިފުޅަށް ބޭސްކުރަން ގޮނޑިދުއްވަން. ތިޔައީ މިހާރު ރަށްބޭރު ދަލުންބޭރު ވެފައި ހުރި މީހެއް.

  8. ދިލްބަހާރި

    އެމްޑީޕީ ސިޔާސީ މަސްރަހު ހުރީ ވައްކަން ކުރުމާ މީހުންގެ ކުންފުނިތައް ބަގުރޫޓް ކުރުމާ، ސަރުކާރުން ވިޔަފާރިކޮއް އެމްޑީޕީ ބޮޑުންގެ އަޅުވެތި ކުރުމައް

  9. ނާދިރާ

    ޝައިތާނަކު ނޫނީ ކަލޭ ތިކިޔާ ލާދީނީ ވާހަކަ ގަބޫލެއް ނުކުރާނެ

  10. ގެރި

    ކެހިވެރި ފަތިސް

  11. ޔސރ

    ސިޔާސީ މަސްރަހޭ ނުކިޔާ ދެންވެސް އޮތް މަދު ދުވަސް ކޮޅު ގަ ކަމެއް ކުރެވޭ ތޯ ބަލާބަ ކައްޒާބޫ

  12. މޮހޮދު

    ދެން ލިނިގަޅުވަން ނޫޅެބަލަ😂

  13. އަހަންމަދު

    ދުވަހަކުވެސްއިރެއްނާރާނެ! ހަޔާތްކުޑަކަން!