13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި ފުލުހުން މިއަދު އާއްމު އިއުލާނެއް ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (59އ) އެވެ.

އޭނާ ޖުލައި 01 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުވާން ފުލުހުންގެ އިއުލާނުގައި ވަނީ އަންގާފައެވެ.

މިމައްސަލައިގައި ހަސަން ނިޒާރު ފުލުހަށް ހާޒިރުވާން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވެސް ފުލުހުން އިއުލާން ކުރިއެވެ.

ފުލުހުން އޭރު ވިދާޅުވީ ހަސަން ނިޒާރު ހޯދަމުން ދަނީ ތިމަރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ކުރި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންދީނާ

    ބި ރުވެ ރި... މަވެސް ބި ރުގަނެއްޖެ.