މަހަށް ގޮސް އުޅެނިކޮށް ހާލުދެރަވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ބިދޭސީ އަކު ދޫކޮށްލި އިރު އޭނާއާ ހަވާލުވާނެ މީހަކު ނެތް ކަމަށް އެ ހޮސްޕިޓަކުން ބުނެފި އެވެ.
ގއ. ވިލިނގިލީގެ އިރު ދެކުނުން 23 ނޯޓިކަލް މޭލު ބޭރުން 16 މީހުންނާއި އެކު މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ބިދޭސީ ފަޅުވެރިޔަކު ކުއްލި ގޮތަކަށް ހާލި ދެރަވުމުން ރޭ 3:20ގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އޭނާ ވަނީ ވިލިނގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ގއ.ވިލިގިލީ ހޮސްޕިޓަލުން "ވަގުތު" އަށް މައުލޫމާތުދިން އޮފިޝަލަކު ވިދާޅުވީ އެ މީހާ އަށް ފަރުވާ ދިނީ ބަނޑަށް ތަދުވެގެން ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލަން ބެލި އިރު އެ މީހުން ނެތް ކަމަށް ހޮސްޕިޓަލުން ބުނެއެވެ
" ބަނޑަށް ތަދުވެގެން އައީ. މާ ބޮޑުކަމެއް ނުވޭ. އޭނާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ. އޭނާ ދޫކޮށްލި އިރު އެ މިހުން ނައްޓާލައިފި. އެއީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންކަމަށް ބެލެވޭ. ބިލްްދައްކާނެ ގޮތެއް ނެތް ކަަމަށް ވެސް އޭނާ ބުނި." އޮފިޝަލް ވިދާޅުވި އެވެ.
"މަސްގެލެރީ" ނަމަކަށް ކިޔާ ދޯނީގައި އުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހާ އާއި ނުލާ އެ ދޯނި ފުރި ސީދާ ސަބަބެއް ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެެއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެމީހާ އެއީ ބަނޑުގައި ރިއްސާތީ ގެނައި މީހެއް ކަމަށާއި އޭނާއަށް ފަރުވާދީ މިހާރު ހާލު ރަނގަޅު ކަމަށެވެ.
އެ މީހާ އާއި މެދު އަމަލު ކުރާނެ ގޮތެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މަސްގެލެރީ ދޯނި ހޯދާ ފިޔަވަޅު އަޅާ...
ބިދޭސީން ކަނޑު މަސް ވެރިކަން ކުރަން އަދި ހުއްދަ އެއް ނުދެ އެވެ.
މަސްވެރިކަން ކުރަން ވެސް ބިދޭސީން. ދެން ދިވެހިން މިކުރަނީ ކީއް
ފުލުހުންގެފެންވަރުތިފެނުނީ! ވަރަށްހިނިއާދޭ! ބިލަށްފައިސާދައްކަންޖެހޭނީފުލުހުން! ތިޔަމީހާހައްޔަރުނުކޮށްފިނަމަނޭޝެނަލްއިންޓެގްރިޓީކޮމިޝަނުންމަސްއަލަބަލަންޖެހޭނެ! ފުލުހުންނަށްއެގިތިބެގަވާއިދާޚިލާފަށްއުޅޭބިދޭސީއިންހައްޔަރުނުކުރަނީކާކުގެއަމުރަކަށްތޯބަލާފިޔަވަޅުއަލަންވެއްޖެ! ގައުމީސަލާމަތަށްނުރައްކާވަމުންދާއިރުމިކަމާއަޅާލާނެމީހަކުނެތް! ނޫސްވެރިންވެސްމިވާހަކައެއްނުދައްކާ!
މަސްގެރީ ދޯނި 500،000އަށް ޖޫރިމަނާ ކުރަންޖެހޭނެ ، ޙާލުގައި ޖެހުނު މީހަކު ދޫކޮށްލުން ، ބިދޭސިން މަސްވެރިކަމަށް ބޭނުންކުރުން 250،0000+250،000
މަސްގެރީ ދޯނި 500،000އަށް ޖޫރިމަނާ ކުރަންޖެހޭނެ ، ޙާލުގައި ޖެހުނު މީހަކު ދޫކޮށްލުން ، ބިދޭސިން މަސްވެރިކަމަށް ބޭނުންކުރުން 250،0000+250،000