ފިނިފެނުގައި ފެތުމަކީ ކުދި ކުދި ރިހުންތަކަކާއި އަދި ބޮޑު ރިހުންތަކަށްވެސް ފަރުވާއެއްކަމަށް ދިރާސާއަކުން ދައްކާފިއެވެ.

ބީ.އެމް.ޖޭ އިން ނެރެފޭފައި މިދިރާސާގައި ބުނެފައިވަނީ ފިނިފުނގައި ފެތުމަކީ ތަޑުކަޑުވާ ބޭސްތަކަށް އޮތް ދެވަނަ ފަރުވާ ކަމަށާއި ބޮޑަތި ތަދުތައްފަސޭހަކުރުމަށްވެސް ފިނި ފެނުގައި ފެތުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ބީ.އެމް.ޖޭއިން ނެރުނު ރިޕޯޓްގައި މިގޮތަށް ފަތާގެން ތަދުކަޑުވާލި މީހެއްގެ ވާހަކަ ލިޔެފައިވެއެވެ. ރިޕޯޓްގައިވާގޮތުން 10 ހަފްތާ ވަންދެން ތަދުކަޑުވާ ބޭސް ނުތަވަ "ޕެއިން ކިލާ" ބޭނުންކުރި މީހަކު ތަދު ފަސޭހަނުވެ ގިނަ ދުވަސްވުމުން، މިގޮތަށް ފިނީގައި ފެތުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަދު ރަނގަޅުވިއެވެ.

އިތުރަށް ރިޕޯޓްގައިވަނީ ފިނީގައި މިގޮތަށް ފެތުމުން ނާރުތަކަށް ލުއިއެއްލިބި ލޭދައުރުވުމަށް އެހީތެރިވެދޭކަމަށެވެ. މީގެ ސަބަބުން ރިހުންތަކަށް ފަސޭހަތަކެއް ލިބޭކަމަށްވެސް ރިޕޯޓުގައިވެއެވެ.

މޫދު ކަސްތަރު ދިވެހި ރާއްޖޭގައި އާއްމު ވެފައިވާއިރު، މިކަން ކުރުމަށް އެންމެ ރަނގަޅު ގަޑިއަކީ ފަތިހު ގަޑިއެވެ. އެއީ އެންމެ މޫދުގެ ލޮނުގަޑު އެންމެ ފިނިވާނެ ގަޑިއަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަކޫ

    މިއީ އާކަމެއްނޫން ދިވެހީން ނަކަށް މީގެ ކުރިންވެސް ތަންތަނަށް ތަދުވެ ބިނދި ފަތިހި ފިނީގައި މޫދައްގޮސް ވެލިމޮޑޭ. އަހަރެން ވެސް މީ ހަމަ އަންމުކޮން ފަތިހު ފިނީގައި ފަތާ ހަދާ މިޙެއް. ލޯވާ ބެކް ޕެއިން އަށް ފެނުނު އެންމެ ރަނގަޅު އެއް ފަރުވާ.