މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވޯޓު ލާން ނުނިކުތީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވެ، ބައެއް ސަބަބުތައް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކިޔައި ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މީގެކުރިން އިދިކޮޅު ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ނުލިބޭ ވަރެއްގެ ކާމިޔާބީއެއް ލިބިފައިވާތީ އެ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެކަމަކު ހަމަ އެ ނޭވާގައި އާޒިމް ވިދާޅުވީ ނިމިގެންދިޔަ އިންތިހާބަކީ އެމްޑީޕީ އަށް ގެއްލިގެން ދިޔަ އިންތިހާބެއްގެ ގޮތުގައި ވިދާޅުވެވެން ނެތް ކަމަށެވެ.

"ތެދެއް، އަޅުގަނޑުމެންނަށް މާލޭގެ އިންތިހާބު ގެއްލިގެން ހިނގައްޖެ. ގެއްލިގެން ދިޔައީ ބައިވަރު ސަބަބާ ހުރެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 38 އަހަރުގައި އައި ސަރުކާރުތަކުގެ ސަބަބުން ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި ކަމަށެވެ. އަދި މިނިވަންކަމެއް ލިބުމާ ގުޅިގެން ކަންކަން އަވަހަށް ފުރިހަމަ ވާން ރައްޔިތުން ބޭނުންވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ނަމަވެސް އެކަމެއް ވާނީ އެކަމެއް ވާން އޮތް މުއްދަތުގެ ތެރޭގައި ކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ،" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން ވޯޓު ލާން ނުނިކުތް އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުންނަކީ ރައީސް ޔާމީން މިނިވަން ކުރަން ވޯޓު ދިން މީހުން ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް އެ ދުވަހުގައި ވޯޓު ދިން މީހުން ވޯޓު ދިނީ ޔާމީން މިނިވަން ކުރުމަކަށް ނޫން. އޭގެ އިތުރު މީހުން ހައްޔަރު ކުރުމަށް،" ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރަކީ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރި ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން އައި ސަރުކާރަކަށްވާ އިރު، އެކަންކަން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ވޯޓުލާން އެމްޑީޕީގެ މީހުން ނުނުކުތީ ވައްކަން ކުރާ މީހުން ހުއްޓުވޭ ވަރު މަދުވީމައި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރުގެ ވައްކަންތައް ނުފެނި ވަނީ ގޭންގެއްގެ ސިފައިގައި ނިމިދިޔަ ސަރުކާރުން ކޮށްފައިވާ ކަންކަން ނުހޯދިގެން އުޅޭތީ ކަމަށާއި، އެކަންކަމެކޭ "ހަތްބޮޅު ކަންވާރެކޭ" އެއްވަރު ކަމަށް އާޒިމް ވިދާޅުވިއެވެެ. އަދި އެކަންކަން ރަނގަޅު ކުރަން ވަގުތު ނަގާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން 80 އިންސައްތަ އަށް ވައްކަން ވަނީ ކުޑަކޮށްފައެވެ.

އާޒިމް ވިދާޅުވީ ޕީޕީއެމް އިށް ކުޑަ ކާމިޔާބެއް ލިބުމުން އެކަމާއި މެދު ބޮޑާވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރަށް އަދި މިވީ ދެ އަހަރު ކަމަށާއި ކަންކަން ނުވެގެން ކަންބޮޑުވާ ހިސާބަށް އަދި ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ އަހަރާއި ބަޔަކީ މީހަކު ކަންބޮޑުވެގެން، މޮޔަވެގެން ގޮސް ދެން އެހެން ގޮތެއް ނެތޭ ހީކޮށް ހުއްޓާލަންވީ ވަގުތެއް ނޫން. އަޅުގަނޑުމެން މިތިބީ މިކަންކަން ކުރަން. އަޅުގަނޑުމެންނަށް އެނގޭ ބަންދުވެފައި ތިބި ބަޔަކު މިނިވަންވީމަ ބައިވަރު ކަންކަން ކުރަން ބޭނުންވާނެ. އެ ސްޕީޑްގައި އަޅުގަނޑުމެންނަށް ކަންކަން ކުރެވެމުން އަދި ނުދަނީ. އެކަމަކު ހަތްބޮޅު ކަންވާރު ފިލުވުމަށް ފަހު އަޅުގަނޑުމެން ދުވާ ދުވެލި ވަރަށް ބާރު ވާނެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ނުލިބުމެވެ. މީގެ 37 އަހަރު ހައްލު ނުވި އެ މައްސަލަ އަށް މި ސަރުކާރުން ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ބޮލުރޮދި

  ބުނޭ ހުރިހައި މުއައްސަސާތައް ތަބަކަކަށް ލާފަ ދޭށޭ

  101
 2. އެންޑީޕީ މީހާ

  ތިޔަކަހަލަ ތާކުންތާކު ނުޖެހޭވާހަކަ ދައްކާތީ އެންޑީޕީ މަތިން ޚައްސަކޮށް އަލީއާޒިމުދެކެ އަރާ ރުޅިން އެންޑިީޕީ މެންބަރުން ވޯޓުލާންނުނުކުތީ މިހަރަ ގަރަހިތަޔާ އެގެއްޖިތަ ރައްޔިތުން ވޯޓުލާން ނުނުކުތީ ވަގުފައިސާއިން އާޒިމު ދިރިއުޅޭގެ ހެދީމައި ހަގީގަތް އޮޅުވާލަން ނޫޅޭ! ތިޔަ ޕާޓީގެ އިސްސަފުގައިތިބީ ބޮޑެތިވަގުން މިހެންވެ މެންބަރުން ވޯޓު ދޭންބޭނުންނުވީ ތިޔައީ މަގުމަތީގައި އުޅެ ބޮޑުވި ވަކަރުގޭ ކުއްޖެއް!

  165
  3
  • ޙައްގުބަސް

   ކީއްކުރާނީ މިއީ މިތިބަ މީހުންގެ ފެންވަރު!! ކަލޯ އަދިވެސް އުޅޭތި އަގައިން ދެރަނުވާން!! މާލޭ ރައްޔިތުން ނިލުމެ އެއޮތީ މިނާގާބިލް ވައްކަން ކުރުން ފިޔަވާ އިތުރު އެއްކަމެއްވެސް ނުކުރެވޭ ސަރުކާރަށް ފަސްފަހެތިން ދީފަ!! ކަލޭމެން ބުނީ ޔާމީން ސަރުކާރު އޮތްއިރުކުރީ ވައްކަމޭ!! އެންމެ ރަގަނަޅުތާ ޔާމީންގެ ސަރުކާރުން ކަލޭމެން ތިބުނާ ވައްކަންކޮށްގެންވެސް ގައުމު ދުވަހަކު ނުދެކޭފަދަ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާ ގައުމު ތަރައްގީކުރިތަން ފެނުނު!! އަދި ރާއްޖޭގެ ބޮލަކަށް ޖެހޭ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުން ދިޔަތަން ފެނުނު!! ރާއްޖޭގެ ރައްޔިތުންގެ އަތަމަތި ތަނަވަސްވެ ވަޒީފާތަކާ ކުރާނެ މަސައްކަތްތައް އިތުރުވަމުން ދިޔަތަން ފެނުނު!! ޒުވާނުންނަށް ފުރަސަޔުތައް ފަހިވެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާ އާއިލާތަކަށް އަޅަލުމުން ދިތަތަން ފެނުނު!! ކަލޭމެންނަށް ވައްކަންކުރެވެނީ އިތުރު އެއްކަމެއްވެސް ނުކުރެވޭ!! ކަލޭތީ އެމްއެމްޕީއާރުސީ ވައްކަމުގެ ފައިސާ އަދީބު އަތުން ހޯދައިގެން މަޖީދީމަގު ހެންވޭރުގައި 8 ބުރިއަށް ބޮޑު އިމާރާތެއް އަޅައިގެން އުޅޭ ގައުމަށް ޚިޔާނާތްތެރިއެއް! ކޮރަޕްޓް މީހެއް!! އަހެރެމެން ބޭނުންވަނީ ޔާމީން އަލުން ވެރިކަމަށް އައުން!! އެއީ ކަލޭމެން ބުނާގޮތަށް “ވައްކަން” ކޮށްގެން ގައުމު ތަރައްގީގެނަސް ރައްޔިތުންގެ އަތްމަތި ތަނަވަސްކުރަން!! ގައުމު އަލުން ބިނާކުރަން!! އިންޑިޔާގެ އަޅުވެތިކަމުން ގައުމު ސަލާމަތްކުރަން!! އައްޗީޑި އާޒިމު އުޅޭގޮތެއްދޯ!!

   105
   1
 3. ހުސެންބެ

  އަގަ ބަޑި

  71
 4. ބޮލުރޮދި

  މީނަހަމަތަ؟؟ މީނަޔާ ނަޝީދުގެ އަނގަ ވިހަވެގެން އެންމެގިނަ ވޯޓް އމޑޕ އަށް ގެއްލުނީ...

  89
 5. މާމަ

  މިއީ ދެން އެންމެ އަވަހަށް މައިތިރި ކުރަންވީ މީހަކީ. މީނަގެ މިހަރުކަށި ބަސްތަކުން މީހުން ނަފުރަތު ކުރާވަރު އިތުރުވޭ.

  90
 6. ކަނަމަނަ

  ރޯދަމަހު ރޯމާދުވާލު އާގުރާނަ ތިގޮވަނީ އޮރިޔާމުން ނިކުމެ މަގުމަތީހިގާބަލަ މާރީތިވާނު

  83
  1
 7. ކަލަމިންޖާ

  އާޒިމް ކަލޭ ތިޔަހުރީ ހަމަ ހޭގަތޯ؟؟

  80
  1
 8. އަހްމަދު

  އޭމިހިރަ ކަލޭގެޔާ އެހެންވެގެނެއްނޫން ކަލޭމެން އިސްލާމްދީނަށް ފުރައްސާރަކުރާތީ އަހަރެމެން
  ވޯޓްނުދިނީ އަދިވެސް ގަދަބަސްބުނަނީތާ

  84
  2
 9. ރާބެ

  އެމްޑީޕީ އަށް ވޯޓް ނުލީ ސަބަބު:-
  ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ކެންސަރ ހޮސްޕިޓަލް ލާމް އަތޮޅަށް ބަދަލު ކުރުން.

  62
  2
 10. ޢަޒު

  އިބޫއާއި ނަޝީދުއަށް ވެރިކަން ކުރަން ނޭނގޭތީ ވޯޓްނުލީ

  84
 11. ސުސް

  މޮޔަމީހާ..ހައްހައްހައް. ބުއްދިގަބޫލުކުރެވޭ ވާހަކަ ދައްކަބަލަ. ލަދުންބޯހަލާކު.

  73
 12. އަހުމަދު ނީޒް

  އަހަރެން ވޯޓްލާން ނުނިކުތީ ތިޔަ އާޒިމް އެމް ޑީ ޕީ ގެ އަގު ވެއްޓޭ ގޮތަށް ވަހަކަ ދައްކާ ސަރުކާރަށް ޖެއްސުން ކުރާތީ އެކަމާ ހިތް ހަމަ ނުޖެހިގެން. 300 ވޯޓް ލިބުނު މެންބަރެއް ރައީސް އަށް ޖެއްސުން ކުރަން ފެށީމަ ދެން ރަނގަޅެއް ނުވާނެ. ސައިޒް ކުރަން ނުދިޔައީ. އަދިވެސް ސައިޒު ނުވަންޏާ 2023 އަށް ބަލާ

  71
 13. ވެރިން

  ހެޔޮނުވާނެ މި މާތް ރަމަޒާން ރޯދަމަހެއްގަ މިމީހުން މިހެން ދައްކާ ތާކުން ތާކުނުޖެހޭ ވާހަކަ ހަބަރޭކިޔާފަ ނުލިޔެބަލަ، އެއީ ރޯދަޔަށް ހުރެ ތިކިޔާފަ ތިޔަން ކުރަނޖެހޭ ކޮމެންޓް ނުކުރެވޭނެތީ

  55
 14. މައު

  މީނަޔަ ހުންނަނީ މީނަފެނިފަ. މިހެއން ދޮގުހަދަމުން ދަނިކޮއް މިހެން ވިވީވެސް މެޖޯރިޓީ ލީޑަރުކަމުން އިސްތިއުފާދީ. މިހަރުބޭނުންވަނީ ތެދުވެރި އާމޫނުތަކެއް

  55
 15. ޢިޔާބު

  ދެން މޑޕ މީހުން ކޮމެންޓް ކޮށްލަބަލަ މި ލިއުމަށް

  42
 16. ޑަބިޔާ

  އިތުރު ތިލަފަޅުގެ އެގްރިމެންޓް އާންމު ނުކުރުމާއި ވައްކަން ކުރާ މީހުންނާއި ޖިންސީ ގޯނާ ކުރާ މީހުން ދޫކުރުމަކީ ވެސް ރައްޔިތުން ނޫނެކޭ ބުނި ސަބަބުތައް. އެއްޖިއްސުން ގުޅުން ހިންގުން ބޭނުމެއްނޫން

  27
 17. ހަސަނު

  އަސްލުވެސް ބަޔަކު ހަމަރަނގަޅަށް ރާޑިވެއްޖެ. ގައިމު ބަޔަކަށް އަސަރުތަކެއް ކޮށްފައިވާތީތާ އަދިވެސް ފަށަފަށާއިގެން އެވާހަކަ. އެހެންތާ ވާނީވެސް މޮޅުވާނެޔޭ ހިތަށް އަރާ ސަޅިބައިސާ ކަނޑަން ތައްޔާރުވެގެން ތިއްބާ ޗޮކުން ދިޔައީ.

  28
 18. ރ ރައްދު

  ކޮންމެ ސަބަބާހެދި ނަމަވެސް ތިޔަވަނީބބަލިވެ ފައެވެ ރީތި
  ރަނގަޅު ގޮތޮކީ ސަރުކާރު އިސްތިއު ފާދިނުމެވެ
  ފޭލްވިކަން ގަބޫލް ނުކުރިއަސް ރައްޔިތުން އެބުނަނީ
  ފޭލް ވެއްޖެ ކަމަށެވެ ެއިޚްލާސްތެރި ކަމެއްހުރިނަމަ އިތުރު
  ބަހަނާ ނުދައްކާ އިސްތިއު ފާ ދޭނެއެވެ.

  23
 19. ޙހހހ

  ބަލަ ރައްޔިތުން ކަލޭމެން ވެރިކަމަށްގެނައީ ކުރީގައި ބަޔަކަށްކޮށްފައި ހުރިކަމެއްނުވަތަ ( ކަންވާރުބޮޅު) ފިލުވާކަށްނޫން ، އޭރު އިދިކޮޅުގައި އޮވެގެން ގޮވީވެސް އެހެނެއްނޫން ، ކަލޭމެންނަށް އަސްލުވީގޮތަކީ ރ.ޔާމީންވެރިކަމުގައި މިޤައުމަށް އަންނަމުންދިޔަ ހަލުވި ތަރައްޤީ ، ޒުވާންވިޔަފާރިތައް އުފެދިގެން އާލެއްއަވަސްކަން ފެނި ، ތިމަންނަމެންނަށްވެސް ވާނެޔޭކިޔާ ، ރައްޔިތުންނަށް ހަނދުވަރުދޭ ރެޔެއްގެ އުޑުމަތި ދައްކާގެން ވެރިކަން ދަމާގަތީ ، މިހާރު ތިއޮތީ ރައްޔިތުންނަށް ކަލޭމެން ދަސްވެފައި ، ކޮވެލި ބިސްވެސް ކާޅަކަށް ނޭނގޭނެ ވަކިކުރާކަށް ވިހާގެން އުނދުހެން ފެށީމަ އެނގޭނީ ،

  20
 20. ހަސަން

  Insha allah Yameen komeves dhuvahakun minivan vaane edhuvahakun mdp ge ehkeves vote laakah nudhaane dhow

  10
 21. ކުލަކުލަ

  އެމްޑީޕީ މީހުން ބުނަނީ މިކަހަލަ އަކަޔަންބޯ ބަހުލޫންނާހެދި މިހާރު ތިމަންނާމެން އެމްޑީޕީ ދޫކޮށްލައި ކުލަ ބަދަލުކޮށްފީމޭ. ވައްސަލާމޭ، އުމުރަށް ސަލާމޭ.

  16
 22. ރަބަރޭ

  އެމްޑީޕީ މީހުން ވޯޓްލާން ނުނިކުތީ އަދިރި ފަތިހެއްގާއި ހުދު ދަތްޕިލައެއް ނަށާތަން ފެނިގެން ބިރުން
  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  17
 23. ހަނި

  އެމްޑީޕި މިހުންވޮޓްލާނުނިކުތީ އަޒިމް މެންވެރިކަންސަހިދައް ދެންއުލެތި

  13
 24. ބޮންދު

  ކޮންވައްތަރު ބުރާންޗެއްމީ ބޭބެ މިވައްތަރު ބުރާތިނުހުއްނަނީ އަހެރެންރަށު ޕާޓީ ބަންގަލަދޭޝްގަވެސް މިވައްތަރުހުއްނަނީ ރީނދޫހުންޖެހުނީމަ.

  16
 25. އެލެކްސް

  2023 ވޯޓްން އެމްޑީޕީ ބަލިކުރާނަން ތިހެންގިވާން ތިބޭ.

  15
 26. ވަނީސާ

  މި އަލީ އާޒިމުގެ އަަނގަޔަށް ފެން ފޯކެއް ނޫނީ ބަށިބޯޅައެއް ލައިގެން އަބަދުއުޅޭތިވެސް ކަންބޮޑުވޭ!! ޕެޑްމޭން ކަަހަލަ އަނގަގަދަ ބޮލުރޮއްޖެއްދޯ!!

  16
 27. އާޒިމް

  ވައިޖަހަން މާ އެމްޑީޕީ ވެގަނެގެން އުޅޭ ގޮލައެއްމީ. އެމްޑީޕީ ހަލާކުކުރަން އައިސް ހުރި ޑީއާރުޕީގެ ޕަޕެޓެއް

  13
  1
 28. ބުރާންތިސް

  މީނައެކޭ ޖާބިރަކޭ މިހާރު ތަފާތެއްނެތް.
  އަނެއްކާ މިދެމީހުން ބޮނީވެސް އެކައްޗެއްތަ ؟

  16
 29. ބޮކުރީ

  ކޮވިޑުގެސަބަބުން ވޯޓްދޭންނުދިޔައީކަމަށް ނުބުނީ
  ކީއްވެ. އިބޫ އެންމެ ރަނގަޅަށް ބުނުއްވީ. އެއީ ގޯސްކޮށް ހުރިމަންތައް ތަކެއް ރަގަޅުކުރަންޖެހޭ
  ކަމަށް.

  12
 30. ޞިހާ

  މަ ގައިމުވެސް ވޯޓް ނުދިނީ އާޒިމް ބުނިފަދައިން ޔާމީނު މިނިވަން ކުރަން ވާހަކަ ދައްކާތީ

  1
  18
 31. ބޯހަލާކު😂

  ކަލޭ އެމް ޑީ ޕީ ތެރެއަށް ކޮވިޑް ވެއްދީމަ އެކަމާ ބިރުން

  14
  1
 32. ހުސެނ

  މި އާޒިމު ސައިޒްކޮށްގެން ނޫނީ އެމްޑީޕީއަކައް ކުރިމަގެއްނެއް މީނާ ގަސްތުގާ ސޯލިހު އަށް ޖެއްސުންކޮށް ވަރައް ބަވާ ނެނުބައި ކިޔާ މީނާގެ މޮހުންނަނީ މީނާގެ ބައްޕަގެ ގޮތް..

 33. ހައިޖަންޕު

  ތިބުނީރަނގަލަކައްނޫން މޑޕ މީހުންނުކުމެވޯޓުދީގެން މޑޕބަލިކުރީ،

  11
 34. ބެއްޔާ

  2023ގަވެސް ކާމިޔާބުވާނީ ޕީޕީއެމަށްތޯ ތިވިދާޅުވަނީ

 35. ްައަހްމަދު

  އެމްޑީޕީ މީހުންވޯޓްލާންނުކުތް އެކަމުއެމީހިންވެސް އެމްޑީޕީއައް ވޯޓުނުދިނީ އެއީ ގައުމުވިއްކާލައި ތިބޭފުޅުން ހިދުކޮޅުގަތިބެ ނެއްޓެވުމާ ރޭޕްކުރުންގިނަވުމުން އެއީ ރައްޔިތުންގަބޫލުކުރާކަމަކަށް ނުވާތީ އެކަމާދެކޮޅަށް މުއިއްޒަށާ ޕީޕީއެމްގެ މެމްބަރުންނައްވޯޓުދިނީ އެއީތިބޭފުޅުންހަމަބިމަށް ތިރިކުރަންވެގެން ކުރިކަމެއް ދެންވެސް އިސްލާވެވޭތޯބަލާ

 36. ނަސީ

  މިހާރު މީގެންވެސް މިއިގުނީ އެމްޑީޕީ މީހުންވެސް ބޭނުންވަނީ ޔާމިން ދޫކޮއްލަންތާ. އާޒިމައް އެގޭބާ މިދެއްކޭނީ ކޮން ވާހަކައެއްކަން

 37. އަބަދ

  ތިއޮތީ އެންމެ އަގުބޮޑު އެތި ކަމަށްވާ ޕާޓީކުދިންތައް ގެއްލިފައި. ދެކެވޭ ތޯތޯ ވާހަކަތައް އެހާ ފަސޭހައިން ގަބޫލުކުރާ ބައެއް ކުރިންވެސް ތި ޕާޓީ މީހުންނަކީ. މިފަހަރު ދެން އެކަމުން ތިޔަ ބޮނޑިބުއީ.

 38. އަބްދޫ

  އެމްޑީޕީ މެމްބަރުން ވޯޓްލާން ނުނިކުތީ ގާނޫނާ ހިލާފަށް ކޯޓްތަކަށް އަތްބާނަން ފެށުމުންނާއި ޔާމީނުގެ ކުށެއްނެތި ޔާމީނު ޖަލަށްލުމުން އެމްޑިޕީ ގެ އިސްސަފުގަ ތިބި މީހުން އިންސާފު ގެގޮތުގަ ދައްކަ ވާހަކަތަކާ ހަގީގަތް ތަފާތުވާކަމާއި އަނިޔަވެރިކަމާއި ހިޔާނާތް ބޮޑު ބަޔަކުކަން އެގުމުން އެކަމާ ނަފްރަތުވެގެން.

 39. ބިންގޯ

  ހޮސްޕިޓަލްގަ އެނދު މަތީގަ ތިބި މީހުންނެރެގެންވެސް މޮޅެއްނުވިދޯ. ކީވެތަ މަރުވެފަ ތިބިމީހުންގެ ނަމުގަ ވޯޓް ލާން ހުއްދަނުދިނީ.

 40. ާއަހުމަދު

  ޕާޓީތެރޭގަ ދެބޯގެރިން ގިނަވީމަ ވޯޓުލާން ނުދިޔައީ އެއްޕާޓީ ހަލާކު ކޮއްފަ މިޕާޓީވެސް ހަލާކުކުރަންތަ ތިއުޅެނީ

 41. ކިނބޫ

  ކަލޭމެން ބިރުގަންނަވާފަ ބައިތިއްބަން، ޔާމީނު މިނިވަން ކުރާ ވާހަކައިގެ އަޑު އިތުރަށް ބާރުކުރަން ވީތާ!

 42. ބާ

  މި ހަމަ ތާކު ހުރި ބު*ޗެއް