ތ. ކިނބިދޫން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ފައްސިވެފައިވަނީ މީގެ ކުރިން ފައްސިވެފައިވާ މީހުންނާއި ގުޅުން ހުރި މީހުންނެވެ.

އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ މުހައްމަދު އާތިފް "ވަގުތު" އަށް ވިދާޅުވީ، އެރަށުން އިތުރު 7 މީހަކު ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު މިހާރު 12 އަށް އަރާފައިވާ ކަމަށެވެ.

އާތިފް ވިދާޅުވީ، އެރަށުން އިތުރަށް ފައްސިވެފައިވާ މީހުންގެ ގައިން އަލާމާތްތަކެއް ފެނިފައި ނުވާ ކަމަށެވެ.

އެރަށުން ފައްސިވެފައިވާ މީހުންނާއި ގުޅުންހުރި 90 ވަރަކަށް ސުންކު ނަގާފައިވާ ކަމަށާއި 80 ވަރަކަށް ސުންކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

ކިނބިދޫން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވެފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އެރަށުން ފައްސިވެފައިވަނީ ހަތަރު މީހެކެވެ. އޭގެ ފަހުން ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަން ހުރުމާއި އެކު އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު