ތ. އޮމަދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭވުން މަނާ ކޮށްފިއެވެ.

އޮމަދޫ ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، އެރަށުން ފައްސިވެފައިވާ މީހާއަކީ ވޭމަންޑޫ އިހާއާއި ގުޅުން ހުރި މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

ހާރޫން ވިދާޅުވީ، އޭނާ ފައްސިވެފައިވަނީ ވޭމަންޑޫއަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީނުވާން އަންގައިގެން ކަރަންޓީނުގައި ހުއްޓާ އަލާމާތްތަކެއް ފެނިގެން ހެދި ޓެސްޓުން ކަމަށެވެ.

އޮމަދޫއިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަން ކަން ބެލުމަށް އެރަށަށް އަރާ ފޭބުން ވެސް މަނާ ކޮށްފައިވާ ކަމަށް ހާރޫން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، ތ. އަތޮޅުގައި ވެސް ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެ އަތޮޅު ކިނބިދޫއިން 12 މީހަކު ފައްސިވެފައިވާއިރު، ވޭމަނޑޫއިން ވެސް ވޭދަނަ ތަކެއް ވަނީ ފެނިފައެވެ.