ޖަމިއްޔަތުއް ސަލަފުން އެދިފައިވާ ދަރުސް ސިލްސިލާގެ ހުއްދަ ނުފޮނުވި އޮތީ އިދާރީ އޮޅުމަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ސަލަފުން ދަރުސް ގެންދަމުން އަންނައިރު، އިއްޔެ އެ ޖަމްއިއްޔާއިން ބުނީ، ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމާ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދުނު ނަމަވެސް އިއްޔެގެ ނިޔަލަށް ވެސް އެމިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑީއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ސަލަފުން އެދިފައިވާ ގޮތަށް އެ ޖަމްއިއްޔާއަށް ދަރުސް ގެންދިއުމުގެ ހުއްދަ ދިނުމުގައި ތައްޔާރު ކުރަން ޖެހޭ ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީން ތައްޔާރު ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ލިޔުން ނުފޮނުވި އޮތީ އިދާރީ މުވައްޒަފުންގެ މެދުގައި އެރި އިދާރީ އޮޅުމަކާއި ގުޅިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ހުއްދަތައް ދޭ އުސޫލުން ހުރިހާ ކަމެއް ހުރީ ތައްޔާރު ކޮށްފައި. މި ބުނިހެން ހަމަ އެކަނި ލިޔުން ނުފޮނުވި އޮތީ. އެއީ އިދާރީ އޮޅުމަކުން. އިއްޔެ އެޖަމްއިއްޔާގެ އިސްވެރިންނާއި ފޯނުން ގުޅައި ވާނީ ހުއްދަ ދީފައި" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މީގެ ކުރީ ރޯދަ މަސްތަކުގައި ސަލަފުން ހުއްދައަށް އެދިފައި ހުއްދަ ލަސްވެގެން ގުޅާ ކަމަށާއި އެހެން ނަމަވެސް މިފަހަރު އެފަދަ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމަންޖެ

    ތިކަހަލަ ދީނީ ކަންކަމުގެ އޮޅުން އަރާނެ މިވެރިކަމުގަ ، އެނެއްކަ ދޮގުހަދާ އޮޅުވާލަންވެސް މޮޅެތިވާނެ ނަޝީދުމެން.

    10
  2. ސަމީ

    ޢޮޅުނު ސަ ރުކާ ރު

  3. ޙހހހ

    އަލީ އާޒިމްބުނި ކުރީ ސަރުކާރުން ކަންކަންކޮށްފައި އޮތީ ކަންވާރު ބޮޅެއްހެން އޮޅިފައިކަމަށް މީގެ އޭގެ ބައެއްތަ

  4. ދަރަނި ދަންތުރަ

    އިސްލާމިކު މިނިސްޓަރޫ މިއީ ރޯދަމަސް އަނެއްކާ އޮޅިގެން މެންދުރު ދެބަނޑަށް ނުކާތި ސައުދީން ފޮނުވި ހުރިހާ ކަދުރުތަށް ހުރީ ތިޔަމިނިސްޓުރީ ހަވާލުގައި އޮޅިގެން އެހުރިހާ ކަދުރު ބަސަރާޔަށް ނުފޮނުވާތި ބަސަރާޔަށް ކަދުރު ނުވިކޭނެ ބޯގަމާރާ ...

  5. ބޯޖަލީލު

    ކަލޭނޭ މިސަރުކާރަށް ހާދަ އޮޅެޔޭދޯ އަނެއްކާ އިސްލާމިކު މިނިސްޓަރަށް އޮޅިގެން ކުރިސްޓިޔަން ދީނަން ބަދަލްނުވާތި ....

  6. ޖުނައިދު

    ތިފަދަ ކަންކަމަކީ މިސަރުކާރުން އަހަންމިއްޔަތު ދޭ ކަމެއްނުން.