ނިމިިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގުނާފައިވާ ވޯޓު ފޮށީގެ ތެރެއިން މާލެ ސިޓީގެ ހަ ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެއެވެ.

މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެ ހަ ދާއިރާއަކީ، މެދު ހެންވޭރު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޯޅި އުތުރު ދާއިރާއާއި، މާފަންނު އުތުރު ދާއިރާއާއި، މާފަންނު ހުޅަނގު ދާއިރާއެވެ.

ހަސަން ލަތީފް ވިދާޅުވީ މި ގޮތަށް މި ފޮށިތަކުގެ ވޯޓު ކަރުދާސްތައް އަލުން ގުނައިދޭން އެދުނީ، މި ދާއިރާތަކުގެ ކުރީގައި އުޅޭ ޕީޕީއެމްގެ ކެންޑިޑޭޓްއާއި އެމްޑީޕީގެ ކެންޑިޑޭޓްއަށް ލިބިފައިވާ ވޯޓުގެ ފަަރަގަށް ވުރެ ބާތިލް ވޯޓްތައް އިތުރު ވުމުން ކަމަށެވެ.

މި ގޮތުން ބައެއް ސަރަހައްދުތަކުގައި ބާތިލް ވޯޓް ގުނާފައިވާއިރު ބާތިލް ވޯޓް ކަނޑައަޅާފައި ވަނީ އެކި ގޮތަށް ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މޮނިޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވޭ، ބައެއް ފޮށިތަކުގައި މޭޔަރުގެ ވޯޓު އޮންނަ ގޮތުން، މިސާލަކަށް ގޮޅިއެއް ކައިރީ ކުރަހާލާފަ އޮތުމުން، ދެން އެ ކަރުދާހުގަ ހުރި އެހެން ވޯޓުތައް ނުގުނާ ގޮތަށް، މުޅި ވޯޓް ކަރުދާސް ބާތިލްވާ ގޮތަށް ނިންމާފަ، ގާނޫނަށް ގެނެވުނު އިސްލާހުގަ ވަނީ އެހެނެއް ނޫން،" ހަސަން ލަތީފް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބެނީ އިދިކޮޅު ޕީޕީއެމްއަށެވެ. މާލޭގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމްއަށް 12 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިއެއް ލިބިފައިވެއެވެ.

މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް 9،555 ވޯޓް ލިބިވަޑައިގެންނެވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރަށް ލިބިވަޑައިގަތީ 5،757 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއަށް ލިބިވަޑައިގެންފައިވަނީ 270 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަބޭ

    އެމްޑީޕީއައް ހަޖަމެއްނުވި

    22
  2. ހަތަރުކަށިމަތި

    ބައެއް ފޮށިތަކުގައި މޭޔަރުގެ ވޯޓު އޮންނަ ގޮތުން، މިސާލަކަށް ގޮޅިއެއް ކައިރީ ކުރަހާލާފަ އޮތުމުން، ދެން އެ ކަރުދާހުގަ ހުރި އެހެން ވޯޓުތައް ނުގުނާ ގޮތަށް، މުޅި ވޯޓް ކަރުދާސް ބާތިލްވާ ގޮތަށް ނިންމާފަ، ބަލަގަ މޮޔަޔާ އެކުރަހާފައޮންނަ ވޯޓުނުޖެހެޔޭ ގުނާކައް އެކަރުދާސްވާނީ ބާތިލް އެއްޗަކައް އަނެއްކާ ކަލޭތިބުނާގޮތުން ހީވަނީ ތަފާތު ކަރުދާހުގަ ޗާޕްކޮއްފަހުރިހެން ކަލޭ ހަޖަމްކޮއްބަލަ

    11
  3. ބޯގޯސް

    މިބައިގަ ނޑު 2018 ގަ ޔާމީ ނައް ހަޖަމް ނުވިއްޔޭ ގޮވީ މިހާރު މިބައިގަ ނޑު ހަޖަމް ވެގެ ންބާ މިއުޅެ ނީ

    17
  4. ޛޖޖ

    ޙީލަތުން ހޮވެންދެން ފޮށިތައްގުނަގުނަތިއްބަ ދެންވެގެންދާނީ ﷲއިރާދަ ކުރެއްވިއްޔާ ތިޔަށްވުރެވެސް ނުބައިގޮތެއް. އަބަދު ގުބޯލިގެދިފަ ދިވެހިންނެއް ނުތިބޭނެ. ކޮންމެ ފަހަރަކު މެޖޯރިޓީ ލިބެން ތީ ކޮންބަޔެއް. ޙުރިބާރެއް ރައްޔިތުން ދިނީމައިވެސް ކުރެވުނު ކަމެއްނެތް މަސައްކަތްކުރަނީ ވަކިފަރުދެއްގެ ފައިދާއަށް ބަދަލުހިފަން

  5. Anonymous

    2018ގަ ބޭވި ރިޔާސީ އިންތިޚާބުގެ ވޯޓް ފަށްފަށުން ނުގުނާ ރ.ޔާމިނަށް ހަޖަމުނުވިޔޭ ކިޔާފަ އަވަސްއަވަހަށް ވޯޓްކަރުދާްސްތައް އަންދާލި ބޭކަލުން މިހާރު ފަޔަށްހިނިއަރައިގެން ފަށްފަށުން ވޯޓުގުނަން ކިހިނެއްވެގެންތަ ތިއުޅެނީ ؟؟؟

  6. ޖޭސީސީޗީ

    ގުސްވޯޓުވަގުން ސަރީފޫފޫފޫ އިސްތިއުފާ. ކަލޯގެ މައްްސަލަ ބަލާ ދުވަސް އޮތީ ވަރަށް ގާތުގަ

  7. ގިފިލިބަލާ

    ވޯޓުފޮށި އަލުންނުގުނާ މާލޭގައި މިހާރު ގިފިލިހުރީ ކިތަށް ގޭގައިތޯ ބަލަމާ