ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި ގެއްލިގެން ދިޔައީ އެ ދާއިރާއަށް ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވޯޓްލާ ގޮތަށް ކަނޑައެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އިންތިޚާބުގައި، އާންމު ގޮތެއްގައި އެމްޑީޕީއިން ކާމިޔާބު ކުރަމުން އައި މާލެ ސިޓީއިން ވަނީ އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މި ގޮތުން ބޮޑު ތަފާތަކުން އެމްޑީޕީއިން ކާމިޔާބު ކުރާ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އައިމިނަތު ޔުމްނާއެވެ. އެމްޑީޕީއިން ވާދަކުރެއްވީ ފާތިމަތު ސަމީރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި މީގެ ކުރިން މާފަންނު އުތުރު ދާއިރާއަށް ވޯޓް ނުލާ އެތައް ބަޔަކު ވޯޓް ލާފައިވާ ކަމަށެވެ. އެއީ ދަފްތަރުގައި ހިމެނޭ، މީގެ ކުރިން އެ ދާއިރާއަށް ވޯޓް ނުލާ ގިނަ ބަޔަކު، މި ފަހަރުގެ އިންތިޚާބުގައި އެ ދާއިރާއަށް ވޯޓް ދެވޭ ގޮތަށް ހަމަޖެހިފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދާއިރާގައި ވޯޓު މި ޑިސައިޑް ކުރީ އެ ބޭފުޅުން. މިއީ ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ދޭކޭތީވެ އަޅުގަނޑު ފާހަގަ ކޮށްލަން. އިންތިހާބުތަކާއި ދަފުތަރާ މެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުސަތު އެ ލިބެނީ ކިހިނެއްތޯ." އިންތި ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބެނީ އިދިކޮޅު ޕީޕީއެމްއަށެވެ. މާލޭގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމްއަށް 12 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިއެއް ލިބިފައިވެއެވެ.

މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރު، ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް 9،555 ވޯޓް ލިބިވަޑައިގެންނެވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރަށް ލިބިވަޑައިގަތީ 5،757 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއަށް ލިބިވަޑައިގެންފައިވަނީ 270 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    މި ބޯބުރާންޗަށް ނޭގޭތަ ދަފުތަރުގައިވެސް ތިބެނީ ރައްޔިތުން ކަން. ކހާ

    35
  2. މަނީމަނީ

    ކަލޭމެން ހަނދާންވޭތަ ލަވަޖަހާ މިއުޒިކާއެކު މަޖާކުރާ މަރުކަޒު އަޅަން މަޖުލީހައް ބިލެއް ހުށެހެޅިހަން މިވެސް މައްސަލައެއް

    35
  3. ޗެޢާމަން

    މަނިކުފާނު އެހެން ވިއްޔަާ ދަފުތަރު މީހުން ދެކެ ތިހާރުޅި ނައިސް ބޮޑު މެޖޯރިޓީ ލިބިފަ އޮތް މަޖިލީހުން ފާސް ކުރަން ވީ ނުންތޯ ދަފުތަރު އެންމެން ދިރިތިއްބާ ވަޅުލަން. ދަފުތަރާ ބެހުނީމަ ތިޔަ އޮތީ ވާނެ އެތި ވެ ނިމިފަ ދެންވެސް ކުޅި ދައްކާލާނަން ދަފުތަރާ ނު ގ ޅޭތި

    34
  4. ރަދީފް

    ދަފްތަރުގަ ތިބި މީހުން އެމްޑީޕީ ކެންޑިޑޭޓަށް ވޯޓުދީގެން ހޮވުނުނަމަ އެމީހުން އެއީ ''ހައިވަކަރުު'' ނުވަތަ ''ބްރެޒިލިއަން އެބޮނީ''.އެމީހުން އިދިކޮޅު ކެންޑިޑޭޓަށް ވޯޓްދިންކަމަށް ތުހުމަތުކޮށް އެމީހުން އެއީ ''ޅޮސްލަކުޑި'' ގޮތުގަ ލޭބަލް ކުރުން ކަޑަ. މި ސްޓްރެޓެޖީ ކަމަކުނުދޭ.ތިމަންނާމެން ހިތް އެދޭ ގޮތަށް އެބަޔަކު އަމަލު ނުކޮށްފިނަމަ އެއީ ބޭކާރު ބައެއްގެ ގޮތުގަ ސިފަކުރަން މަސައްކަތްކުރުން އެއީ ލަދުވެތިކަމެއް.އަދި ހިތާމައެއް.ވ.ވެެދުން.

    28
  5. ....

    އިންތި ދާންވީއެއްނު ޕައިލެޓްން ބާލާފަ މަތިންދާ ބޯޓް ދުއްވަން...ނޫނީ ކިއްސަރު ވަޑާން ކުރަން ދާންވީއެއްނު....އެއްގޮތަކަށްވެސް ކިޔެވި އެއްޗެއްގެ ބޭނުން ނުހިފާތި...ނުކިޔަވާ ހުރި ނޭނގޭ ކަންކަމުގައި ރޯނު އެދުރު ހެދިގެން އުޅުން އެއީ އިންތިއޭ ބުނީމަ ސިފަވާގޮތް...

    21
  6. ދިވެހިސޮރު

    އަވަހަސް ދަފްތަރު އުވާލާ

  7. ޖުހާ

    މީ ހަމަ ބީތާ އެއް

    10
  8. ހައްދުންމަތި

    ހައްދުންމައްޗަށް އުފަން ރާއްޖެތެރޭ ސޮރަކު މާލޭގެ އިންތިޚާބަކަށް ކުރިމަތިލައިގެން އަސްލާއި ވަސްލު އޮޅުވާލައިގެން ރައްޔިތުންނަށް ދޯކާދީގެން ދަފުތަރޭ ގޮވަން ލަދެއް ނުގަނޭތަ. ތިމާގެ އަސްލާއި ވަސްލު އުފަންވި ތަނާއި އުޅެ ބޮޑުވިތަން ނޭނގިގެން ކުއްޅަވައްފަލު ރަންޏަކަށްވެގެން މިއަދު އުޅުނަސް ތިއީ އިއްޔެ ހަމަ ރާއްޖެތެރޭގައި މުންޑުބުރި އަދެގެން އުޅުނު ރާއްޖެތެރޭ ސޮރެއް.

    11
    1
  9. ދަފްތަރު

    މަވެސް ދަފްތަރު އެކަމް ވޯޓް ލާކަށް ނުދަން. މިފަހަރު އެމްޑީޕީ މެންބަރުން ވޯޓް ލާން ނުގޮސް ޕީޕީއެމް ހޮވެން ދޫކޮއްލީ.

    7
    1
  10. މުހައްމަދު

    ޢޮޅުވާ ނުލާ އަސްލު ދާއިރާގެ މާލޭގެ ވަޒަންވެރިން ވޯޓުދިނީ އޭދާއިރާ ކާމިޔާބު ކުރި ކުއްޖަކީ އެދާއީރާގެ އުފަން ތިބޭފުޅާއަށްވުރެ އާއިލާ ގިނަ ކުއްޖެއްކަން ބުނެލަން އިންތިއަށްވެސް މިކަން އެގޭނެ ވީމާ އޮޅުވާނުލާ މިފަހަރު ގޭދޮށުމީހުން ތިބޭފުޚުންނަށް ވޯޓު ނުދެއްވީ ހަސޭ މެންކަހަލަ އަނގަހަޑި ފުރައްސާރަ ކުރާ މީހުން ގިނަވީމަ ހެން ހީވަނީ ހެ ހެ މިފަހަރު ބަލި ވީ ދެއްތޯ

    10
  11. ދަރަނި ދަންތުރަ

    އެމެއްނާރައޭ މަސްތިލަނުވެޔޭ ބުރާންތިތަކާ ކަލޯމެންގެ ދެފުށް ދިވެހިންނަށްފެނި ދަސްވެއްޖެ ކަލޯމެންގެ ޖާހިލުކަމާ އިސްލާމްދީނަށް ފުރައްސާރަކުރުމާ ﷲ ގެ ކުޅަދުންވަންތަ ކަމާމެދު ސައްކުކުރުމާ މިފަދަ އެތައްސަބަބަކާހުރެ ކަލޯމެން ނިކަމެތިވީ ، ވޯޓުއޮޅުވާލުން ކަލޯމެންގެ ކާމިޔާބަކީ .....

  12. ޯބޯޖަލީލު

    ކަނޑުމަތީގައި ނާޗަރައްގީ މާގަދަވީ ހެއްދެވިފަރާތްމަތިން ކަލޯމެން ހަނދާންނެތުނީ ތިޔަ ރީނދޫ ބައިގަނޑަށް ހަލާކުހުރި

    10
  13. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    ރައްޔިތުންނާއި ނުލައި ވެރިކަމެއް ނޯންނާނެއެވެ. މަނިކުފާނު އިޞްލާޙުވާކަށް ނުވޭތޯއެވެ؟ ވަގުތު ފާއިތުވުމުގެ ކުރިން ހެޔޮކަމުގެ ފައިދާ ލިބިގަންނާކަށް ނުވޭތޯއެވެ؟ ޤާނޫނީ ހަމަތަކުގެ މަތިން ބޭއްވުމު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި ގެއްލިގެން ދިޔައީ ރީނދޫ ބައިގަނޑު ދެކެމީހުން ފޫހިވެ އަންތަރީސްވީމަކަން އެނގިވަޑައިނުގަންނަވަނީ ތޯއެވެ. ވަލްޙަމްދުލިﷲ، ވަރަށް ބޮޑަށް ޝުކުރިއްޔާ!

  14. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    ރައްޔިތުންނާއި ނުލައި ވެރިކަމެއް ނޯންނާނެއެވެ. މަނިކުފާނު އިޞްލާޙުވާކަށް ނުވޭތޯއެވެ؟ ވަގުތު ފާއިތުވުމުގެ ކުރިން ހެޔޮކަމުގެ ފައިދާ ލިބިގަންނާކަށް ނުވޭތޯއެވެ؟ ޤާނޫނީ ހަމަތަކުގެ މަތިން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި ގެއްލިގެން ދިޔައީ ރީނދޫ ބައިގަނޑު ދެކެމީހުން ފޫހިވެ އަންތަރީސްވީމަކަން އެނގިވަޑައިނުގަންނަވަނީ ތޯއެވެ. ވަލްޙަމްދުލިﷲ، ވަރަށް ބޮޑަށް ޝުކުރިއްޔާ!

  15. ލާމު

    ކަލޭމެން ސުޕަމެޖޯރިޓީ ހޯދަން މާލޭގެ ގޮނޑިތައް ކާމިޔާބުކުރިގޮތް ހަނދާން ނެތުނީތޯ އެހާ އަވަހަށް. މީ ވަރަށް ވާހަކަ!.