ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ބަޔަކު ޙަމަލާދީފި ކަމަށް އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ޙަމަލާ ދީފައި ވަނީ މާލެގެ އިންތިޚާބީ މޭޔަރު، ޑރ. މުޙައްމަދު މުއިއްޒުގެ "އޯޑަރަށް" ކަމަށާއި މި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް ނަޝީދަށް ބަޔަކު ޙަމަލާ ދީފައިވާ ކަމަށް ނިހާދު ވިދާޅުވިނަމަވެސް އެފަދަ މަޢުލޫމާތެއް އެމަނިކުފާނުގެ ފަރާތުން އަދި ހާމައެއް ނުކުރެއެވެ. އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތެއް އެއްވެސް މަސްދަރަކުންވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ރައީސް ނަޝީދަށް ޙަމަލާ ދީފިކަމަށް ވިދާޅުވެ ނިހާދު ޚަބަރު ފެތުރާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނިހާދު ކުރެއްވި ޓްވީޓު ގައި ރައީސް ނަޝީދަށް ބަޔަކު ޙަމަލާ ދިން ކަމަށް ވިދާޅުވިއިރު، އިއްޔެ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި ދެޕާޓީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައި ވެއެވެ. މި ހަމަނުޖެހުންނ ހިނގީ އެ އިންތިޚާބީ މަރުކަޒުގައި ވޯޓު އަލުން ގުނުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރު ލިބުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޢާންމު މެމްބަރުން ގޮސް ތިއްބައި އެ ސަރަޙައްދަށް އެމްޑީޕީގެ ސަޕޯޓަރުން ދިއުމުންނެވެ.

އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަޙައްދަށް ދިޔުމުން ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ އިސްވެރިން އެތަނަށް ވަޑައިގެންނެވިއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްރަހު އިތުރަށް ހޫނުވިއެވެ. ފަހުން ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަޙައްދު ދޫކޮށް ދިޔަތާ ގިނައިރެއް ނުވެ، ޕީޕީއެމް-ޕީއެންސީ ގެ ސަޕޯޓަރުން އެތަނުން ބޭރުކޮށްފައި ވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

އިއްޔެ ވޯޓު މަރުކަޒު ކައިރީގައި އިދިކޮޅު ފަރާތްތަކުން ތިއްބައި އެމްޑީޕީ ސަޕޯޓަރުން ދިއުމުން މަސްލަހަތު ގޯސްވެފައި ވަނިކޮށް އެ ސަރަޙައްދަށް ނަޝީދު ވަޑައިގަތްގަތުމާއި ގުޅޭގޮތުން އެމަނިކުފާނު ފަހުން ވިދާޅުވީ، އެތަނަށް ދިޔައީ ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާއި އިދިކޮޅު ސަޕޯޓަރުން އެތަނުން ނެރެން ކަމަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ ސަޕޯޓަރުން އިންތިޚާބީ މަރުކަޒަށް އެއްވީ އިދިކޮޅު ފަރާތްތައް އެތަނުން ބޭރުކުރަން ކަމަށް ނަޝީދު ވިދާޅުވިނަމަވެސް އެފަދަ އެއްވެސް ހައިސިއްޔަތެއް އެމްޑީޕީއަށް ލިބިގެންވާކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިންތިހާބީ މަރުކަޒަށް ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބި އިރު، އެމީހުން އެތަނަށް ދިޔައީ އިލެކްޝަންސް ކޮމިޝަންގެ އެންގުމަކަށެވެ. އެއީ ވޯޓު ފޮށިތަކެއް އަލުން ގުނަން ނިންމުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ކަލޭގެ ބޮޑުއަނގަ

    މުޢިއްޒުގެ އަގު ވައްޓާލަން ބޭކާރު އަނގަ ނުތަޅުވާ ހުރޭ. މުޢިއްޒަކީ ތިޔަ ހީކުރާފަދަ ބޭފުޅެއް ނޫން.

    152
    2
  2. ގޮނޑި ހޫނުކުރަން

    ނިހާދު ކަލޭތީ ބޯހަަމަޖެހޭ މީހެއްތަ؟

    146
    • ބޭބެ

      ނިހާދު ކަލޭ އަނގަ މައިތިރިކޮށްގެން ހުރޭ އަދި މުއިއްޒާ ނުފޮށޭތި!! ދޮގު އިލްޒާމް މުއިއްޒަށް ނުކުރާތި!! ކަލޭ ހަނދާން އެބަހުރިތަ މީގެ ކުރިން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރަކަށް ހުރި އަލްހާން ފަހުމީ މަތިން!! ހެންވޭރު ކެފޭއެއްގައި ހުއްޓާ ކަންވިގޮތް ހަނދާން އެބަހުރިތަ؟

      88
      5
      • ށަން

        ހާހާ

  3. ހެހެ

    މުޢިއްޒަކީ ތިޔަ ހީކުރާ ވަރަށްވުރެ އަޚްލާޤު ރަގަޅު މީހެއް.

    110
    2
  4. ކާފަބޭ2020

    މިބަރަކާތްތެރިދުވަސްތަކުގަވެސް ދޫ ރައްކާތެރިކުރާކަށްނުވޭތޯ؟ ދޮގުހެދުމާ އާޑަފުރައްސާރަކުރުމުގައި ވަގުތުހޭދަނުކޮށް ކިތަންމެކުޑަނަމަވެސް ހެޔޮކަމެއް ނުވަތަ ހެޔޮބަހެއްބުނެވޭތޯ ގަދައަޅާމަސައްކަތްކުރާށެވެ. ބާއްޖަވެރިކަންއޮތީއެގޮތުންނެވެ.

    78
    1
  5. މާމީ

    މީ އެއްކަލަ ކޮށިން ނިކުމެގެން އުޅޭ އެއްޗެއް

    86
    1
  6. ދެރަވޭ

    ފޭދޫމީހާ އާ މެދު ހިތާމަކުރަން. އެމީހާ އަކީ ޚުދު އެމީހާގެ އަމިއްލަ ބުއްދިން ވިސްނާލުމުގެ މިނިވަންކަންވެސް ލިބިފައިނުވާ ދެރަ ނިކަމެތި އަޅުކުއްޖެއް. ތާކުންތާކު ނުޖެހޭ ސިޔާސީއެއްގެ އަޅެއް.

    93
  7. ޙހހހ

    ކަލޭ ކެރެންޏާ މަޖިލީހުގައި ނައިފަރު ދާއިރާ މެމްބަރަށް ހަމަލާދިންވާހަކަ ދައްކަބަލަ ، އެހެރީ ވީޑިއޯތައް ، ފިތުނަފަސާދަ

    89
    1
  8. ޢަދުރޭ

    މީ ހަމަ އެމްޑީޕީގެ ވެރިން ރާވައިގެން އެމްޑީޕީ އަށާ ކެނެރީ އަށް ހަމްދަރުދީ ހޯދަން ޖައްސާ ސްޓަންޓް ތައް . ކެނެރީމެންގެ ވިސްނުން މިހާރު ދިވެހިން ދަސްކޮށްފި. . ޔާމީނު ޙުކުމް ކޮށްފައި ޖަލައްލީމާ ޕީޕީއެމް މީހުން ނުކުރި ކަމެއް. މުޢިއްޒު މޭޔަރަކަށް ހޮވުނީމަތަ ކުރަންވީ ؟ ކެނެރީ މެންގެ ބޯ ކޮބައިތަ؟

    80
    1
  9. އަހުމަދު

    ބިރުވެރި ހުވަފެނެއް. ވެރިކަމުގެ ބާރުތައް ގެލެން އުޅޭކަމުގެ ނިޝާނެއް. އަހަރެމެން ރައީސަކު ހޮވީމަ އެވެރިކަން ހެޔޮކޮށް ކުރިޔަ ނުދޭން އުޅެންޏާ އެކަހަލަ ހުވަފެން ފެންނާނެ

    66
  10. ބޭޗާރާ

    ކޮބައިތަ ތިއުޅޭ ސެކިއުރިޓީންގެ ފައުޖު. ވަށައިގެން 70 ފާރަވެރިން ލައިގެން އުޅޭ މީހެއްގެ ގައިގައި މީހަކަށް އިނގިލިކުރިވެސް ޖައްސާލެވޭނެތަ. ވޯޓުން ތަޅާ ބަލިކުރީމާ މީހުންގެ ހަމްދަރުދީ ހޯދަންވެގެން އަނެއްކާ އަނެއް ދޮގުވާހަކަތައް ދައްކަންފެށީ. ތިކަލަހަ ދެކޮޅުނުޖެހޭ ވާހަކަ ގަބޫލުކުރާނީ މިހާރު މޮޔަގެރީގެ ބަލިޖެހިފައި ރީނދޫވެފައި ތިބޭ މީހުން އެކަނި.

    77
  11. އެޑަމް

    ބަޔަކު ނަޝީދަށް ހަމަލަ ދިނިއްޔާ ދިނީ ނިހާދުގެ އޯޑަރަށް. ކޮންމެހެން އެހެންމީހުންގެ ބޮލުގަ އަޅުވާނެކަމެއްނެތް.

    86
  12. ކުއްލިނުރައްކާ

    އިންތިޚާބު ނިމިއްޖެ. ބަލިވެއްޖެ. ލަދުގަނެއްޖެ. ރޮވިއްޖެ. ކުއްލިއަކަށް ބިއްލޫރިގަނޑެއް ތެޅިއްޖެ. ކުއްލިއަކަށް ހަމަލާ ދެވިއްޖެ. މީ އަޖާއިބުން ފުރިގެންވާ ކަންތައްތަކެއް ހިނގާ ދުވަސްވަރެއްތާ! ކުއްލިއަކަށް ބޮޑު ހުޅެއް ޖަހައި ތަންތަން އަންދާނުލައިފިއްޔާ އެއީ ނަސީބެއް.

    41
  13. ސަޓޯ

    އެބޭނުމަށް ދޯ އޭނަ އެތަނަކަށް ގޮސް ވަދެގަތީކީ

    32
  14. ރަބަރޭ

    ފާސިގަކު ހަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ތެދު ދޮގު ބަލަން އޮންނަނީ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    37
    1
  15. ޑަބިޔާ

    ވަރައްވެސް ފުރިހަމަ ވާހަކައެއް. މާލެ އަދި ބޮޑުސިޓީ ތަކުން ނަސޯދުއަށް ނޫނެކޭ ބުނުން އެއީ ވަރައް ބޮޑު ހަމަލާއެއް

    31
    1
  16. ޥެސް

    މިމީހާ ހަމަތަ މިކަހަލަ މަސްވަރެއްގައި ދޮގު ހަދާމީހާ އެހެން މަސްމަހު ދޮގުހަދާނެ ވަރު ވިސްނާ

    32
    1
  17. މަސްއޫދު

    ނިހާދު ކަލޭމެން ހަދާ ދޮގު ބިދޭނީހަމަ ކަލޭމެންގެ ބޮލަށް! ކަލޭކަހަ ގޮތެއްނެތް މީހެއްނޫން މުއިއްޒުއަކީ! މީހުންނަށް ހަމަލާދޭނީ އެންޑީޕީގެ ހަރުކަށި ފިކުރުގެ މީހުން އޮޅިގެން ނޫޅުއްވާ ފުލުހުންނާ ތަޅަން ކުދިންނެރެން މާރީޔާއަށް ގޮވާހެދީ ތިޔަ ލާދީ ނަޝީދު ކަލެއަކީވެސް ހަރުކަށި ފިކުރުގެ މީހެއް އެކަންއެގެނީ މެންބަރު ސިޔާމު މަޖިލިހުން ނެރެންވެގެން މަޖިލިހުގައި ހަމަނުޖެހުން އެންޑީއަށް ނިސބަތްވާ މެންބަރުން ހިންގި ދުވަހު!

    30
    1
  18. އެމަންޖެ

    ނަޝީދައް ބަޔަކައް ހަމާލާދިނުން ކުއްވެރި ކުރަން އެކަމަކު ނަޝީދައް އަނިޔާއެއްވިނަމަ އުފާކުރަން.

    23
    1
    • ށަން

      ޖަނަވާރުން

  19. ޙހހހ

    ނަޝީދު އެއީ ދިވެހިން މިހާރު ބަލާގަންނަ މީހެއްނޫން ، ޖުމްހޫރީ މައިދާނުގައި އެކަނި އިނަސް އޭނަގާތަށްދާނެ މީހަކު މިހާރަކުނެތް ، ސޮރީ

    31
    1
  20. ޖާބިރު

    ނިހާދު ހަމަ ހޭގައި ހުރެ ވާހަކަދައްކާ! ފޭދޫ ކައުންސިލްގެ ދެ ގޮނޑި ގެއްލިއްޖެ. ނިހާދު މަސައްކަތްކުރީ އެމްޑީޕީ ކެންޑިޑޭޓުންނާ ދެކޮޅަށް. ޖާބިރު ކައިރީ ގުލާނު ކުރަން އުޅުނޭ ކިޔާފައި ނިހާދު ކޮންމެހެން ޖާބިރު ހެދެން އުޅޭނެކަމެއްނެތް.

    26
  21. ދެކުނު ތަރި

    ނިހާދު ހަމަ ހޭގައި ހުރެ ވާހަކަދައްކާ! ފޭދޫ ކައުންސިލްގެ ދެ ގޮނޑި ގެއްލިއްޖެ. ނިހާދު މަސައްކަތްކުރީ އެމްޑީޕީ ކެންޑިޑޭޓުންނާ ދެކޮޅަށް. ޖާބިރު ކައިރީ ގުލާނު ކުރަން އުޅުނޭ ކިޔާފައި ނިހާދު ކޮންމެހެން ޖާބިރު ހެދެން އުޅޭނެކަމެއްނެތް.

    23
    • އަހްމަދު

      ރައީސްނަޝީދައް ހަމަލާދިނީ ތުޅާދޫދާއިރާމެމްބަރު ނޫންބާރަށުތެރޭގަކިޔާގޮތުން އޭނާއަކީ ނަޝީދުއައް ވަރައް ބޮޑެތި އަނިޔާކުރަުންދާމީހެކޯ

  22. ޝޘ

    ހާދަ ނުބައި މީހެކޭމީދޯ؟
    މުޢިއްޒުއަކީ ކަލެއާ ކަލޭގެ ސާހިބުމީހާ ކަހަލަ ގުންޑާއެއް ނޫނޭ!

    29
  23. ވަތަނީ

    މިލިޓަރީންގެ މަސައްކަތާއި ޕޮލިސްގެ މަސައްކަތް މޑޕގެ
    އިސްމީހުން ކުރާގޮތަށް ހަމަޖެހުނުގޮތެއް ސާ ފްވާން
    ޖެހެއެވެ އަމިއްލަ އަމިއްލައަށް ދައުލަތުގެ މުއައްސަސާތަކުގެ
    މެންޑޭޓްގައި ހުރި ޒިއްމާތަށް ނެގުމަކީ މިހާރުން މިހާރަށް
    ތަހްގީގު ހިންގައި ބަލަންޖެހޭ މައްސަލައެކެވެ.

    22
  24. ާަަަުުބިސްބުރު

    ކެނެރީއަށް ހިތްވަރދޭން ކަލޭހިންގި ބޮޑުޖަރީމާއެއް ކަލެޔަށް މިބަރަކާތްތެރި މަށްސަރުވެސް މާރާމާރީ ހިންގަން ރާވަންކެރުނީތީ ހިތާމަކުރަން.

    25
    1
  25. އަބްދޫ

    ތިޔަ ނަސީދު މައިތިރި ކުރާނި އެމްޑިޕީ މީހުން. އެމީހުނަށް އެގޭ ރިޒްވާނަށް ވީގޮތް އެމީހުނަށް ފެނެ އަފްރަސީމަށް ހެދިގޮތް.

  26. އައްޑޫ މީހާ

    އަނެއްރާއްޖޭގައި އުޅޭ މީހުންނަށް ތިޔަކަން އެނގޭނި ދިވެހިރާއްޖޭހައި އުޅޭ ބަޔަކަށް އެނގޭ ކަމެއްނޫން ނިހާދުމެން އުޅެނީ އަނެއްރާއްޖޭގައި

  27. އަބްދޫ

    ނަސީދަށް ހަމަލާދިނީ ނިހާދު.

  28. ހުސެން

    ނިހާދުގެ އާއިލާއައް ބުނެލަން މީނާދެޖެ ލޯބިވަންޏާ މީނާ މިކަަހަލަ ދޮގުވާހަކަ ދެއްކިޔަނުދީ ބޮނޑިއެއްލިނުނީ މާ މާ ތާހިރެއްނުވާނެ. މީވަރައްވާހަކަ..

  29. ފަލަޑޭ

    މަޖިލިސް މެންބަރަކުވެސް ދޮގެއް ހަދައިފިނަމަ އެކަންބަލާ ފިޔަވަޅު އަޅަންޖެހޭނެ. މަޖިލީހުގެ ކަރާމަތް ގެއްލޭތީ ސަސްޕެންޑްވެސް ކުރަންވާނެ.

  30. އޮޅުވާލި ވޯޓު

    ކޮބާތޯމަސްސަލަޔަކީ ތީނަޔަކާހުރެ މިގައުމުގަ ދިރިއުޅެން އުދަގޫވެގެން މިތިބައުޅެނީ