މިިދިޔަ އޭޕްރިލް 12 އަދި 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ
ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއްޖެ އެވެ.

ވެމްކޯއިން މިގޮތަށް ވިދާޅުވީ، ދެންމެ ނެރުނު ބަޔާނެއްގައެވެ.

ވެމްކޯއިން ވިދާޅުވީ، އެ ކުންޏަކީ، މިކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތި ކުނި ކަން ފާހަގަކުރެވިއިވާ ކަމަށެވެ.

އަދި ވެމްކޯއިން މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ، ކޮވިޑް-19ގެ ބިރުވެރިކަމާއި ގުޅިގެން، ހިދުމަތް ހޯދާ ހުރިހާ ފަރުދުންގެ ރައްކާތެރިކަމަށް ބެލުމަށްފަހުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

"މިދެންނެވުނު ޚާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަން މިކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައި އަދި މިފަދަ އަމަލަކީ މިކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް"". ވެމްކޯގެ ބަޔާނުގައި ވެއެވެ.

ވެމްކޯއިން ވަނީ ކުނި އުކުމުގެ މަސައްކަތަށް ގޭބިސީތަކުން ދައްކަންޖެހޭ އުޖޫރ ދެއްކުމަށް ހަނދާން ކޮށްދީފައެވެ.

އަދި ރަމަޟާންމަހަކީ އެހެން މަސްތަކާއި ހިލާފަށް ކުނި ގިނަވާ ދުވަސްވަރެއްކަމުން، މިމުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވާލެވިފައިވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ރޭގަނޑުގެ 22:00 އިން 23:00 އާއި ދެމެދު ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

އަދި ބަރު އަދި ބޮޑެތި ކުނި އުކާލުމަށް މިކޯޕަރޭޝަނުން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އަގުހެޔޮ ޕިކަޕް ޙިދުމަތް ކެޕްސް ގެ ދަތުރުތައް ވެސް އިތުރު ފުރިހަމަކާއި އެކު ހަފްތާގެ ކޮންމެ ދުވަހަކު ލިބޭނެގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެމްކޯއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަހުމަދު

  އެހެންވާނެ ކައުންސިލް ނިދާފަ އޮތީމަ. މިހާރު މަގުތަކުގަ އެއަރކޯނުން ފައިބާ ފެނުން ހިނގާ ނުލެވޭ. ދެން ކުނި ވަކި ވާނީ ކިހިނެއް

 2. ހާލުފޮޅި

  12 ވަނަ ދުވަހު ވެމްކޯއިން ކުނި ނަގާކަށް ނާދޭ.. 12 ވަނަ ދުވަހު ނެރުނު ކުނި ބަލާ އައީ 13 ވަނަ ދުވަހުގެ ރޭ.. އެހެންވީމަ 2 ދުވަހުގެ ކުނި ހުންނާނެ.. ޤަވާއިދުން ލާރި ދައްކާފަ ގޭތެރޭގަ ކުނި އަތުރައިގެން 2 ދުވަސް ވާއިރަކު ނުތިބެވޭނެ..

 3. ހަހަހަހަހަ

  ރޯދޮގު! ފަރުދުންގެ ބޮލުގައި އަޅުވާ!
  މާލޭ މަގުތައް މައްޗަށް ފުނިފުންޔަށް ރޭގަނޑު ކުނި ޖަމާކުރަނީ ވެމްކޯއިން. ދިޔަފައިބާފަ ހުންނަ ކޮތަޅުވެސް ގަޑިދެގަޑިއިރުވަންދެން ބަހައްޓާފަ ބަލާ އަންނަނީ ބާރަޖެހީމާ. އައިސް މަގުމަތީ އަޑުގޮއްވާފަ އޮވެގެން ބަނ...... ހަޅޭލަވަމުން ކުނި ލޯރިޔަށް އަޅަނީ. އަޅެ މީދޮގެއްތޯ މާލޭގެ ބޮޑެތިމަގުތައް ބަލާލަބަލަ.

  • ފޯނު

   ދިޔަ ފައިބާ ގޮތަށް ހުންނަ ކޮތަޅު ނެރެނީ ތިކަހަލަ އަތުގަ އޮންނަ ފޯނުން ތަހުޒީބުވެ ތަރައްގީވެފަ ތިބޭމީހުން

   3
   3
 4. އާދަމުގެދަރި

  ތީ އެއްވެސް މައްސަލައެއް ކަމަކަށް ނުބެލެވޭ. ދައުލަތަށް ރައްޔިތުން ޓެކްސް ދެއްކުން ހުއްޓައެއް ނުލާ. ނަގައި ބެލެހެއްޓެންވާނެ. ނޫނީ ބަހައްޓަން ނުވާ އެއްޗެހި ބަހައްޓާ މީހުން ދެނެގަންނަން ކެމެރާ ހަރުކޮށްފައި ހުންނާނެ. އެކެމެރާތަކަށް ބަހައްޓާ މީހުން ފެންނާނެ. ފިޔަވަޅުއަޅަންޖެހޭ ތަންތަނުން ފިޔަވަޅު އަޅާ. ނޫނީ ފެއިލްވީ. މުވައްސަސާތައް ފެއިލްވީމާ މަސްތުވާތަކެތި އާންމުކޮށް ވިއްކެނީ. ކުނިވެސް ހިތުހުރި ތަނަކަށް އެޅެނީ. މަސްއޫލިއްޔަތުން ރެކޭ ވާހަކައަކީ ބޭކާރު ވާހަކައެއް.

 5. ހަހަހަ

  ވެމްކޯ އިން ވެއްޖެނު ކުނި ނަގަން މައްޗައް އަރަން.
  ކޮވިޑް އޭ ކިޔާފަ ތިހުންނަނީ ފަރުދުންގެ ބޮލައް ކުނި ޖަހައިގެން.

 6. ޖޭއި

  އެތައް ކަމަކަށް ލުއިތައް ދޭއިރު ކުނި ނެގުންވެސް ކުރިން އޮތް ގޮތަށް ގޭގެ ތެރެއިން ނަގާގޮތަށް ބަދަލުކުރަންޖެހޭ. ކަރަންޓީނުގަ ގޭގަ ތިބޭ މީހުންގެ ކުނިވެސް ހުންނަންވީ މަގުމަތީގަ. ބުޅާ ހިފައިގެން ކޮތަޅު ފަޅައިގެން ގޮސް އެއްޗެހި ބޭރުވާއިރު މަގު ހިނގާ މީހުންނަށް ކޮންކަހަލަ ރައްކާތެރިކަމެއް އޮތީ.

 7. ރަދީފް

  މާލޭގެ މަގުމަތީގަ ގިނަ ދުވަސް ވަންދެން ބަހައްޓާފަ ހުންނަ ކުނި (މިސާލު:ގޮދަޑި ، ފްރިޖް ، ގޮނޑި އަދި ލަކުޑި) ނެގުން އެއީ ކޮންބައެއްގެ ޒިންމާއެއްކަން ސާފެއް ނޫން.އެއްދުވަހު ސިޓީ ކައުންސިލްގަ އަހާލީމަ ބުނީ އެއީ ވެމްކޯއިން ކުރަން ޖެހޭ ކަމެއް ކަމުގަ ، ވެމްކޯ ދޭން ޖަވާބަކީ އެއީ އީޕީއޭއިން ކުރަން ޖެހޭކަމެއް ކަމުގަ.އީޕީއޭ ބުނާނީ އެއީ ރައީސް އޮފީހުން ބަލަން ޖެހޭ ކަމެއްކަމުގަ.ދެރަ ދޯ މިހެންވީމަ.ޒިންމާތަކުން ރެކުން ނޫންކަމެއް ރާއްޖޭގަ ހުންނަ އިދާރާތަކުން ނުކުރޭ.މުޅިން އޮޅުން ބޮޅުންވެފަ މިއޮންނަނީ ހުރިހާކަމެއް.މާލޭގެ މަގުމަތީގަ އަބަދު ކުނި ބަހައްޓާ ތަންތަނުގަ ކެމެރާ ބަހައްޓައިގެން އެބަޔަކު ހިފަން ކޮންމެވެސް ބަޔަކު އެބަޖެހޭ.ތަކުރާރުކޮށް މިގޮތަށް ކުނި ބަހައްޓާ ތަންތަން މާލޭގަ އެބަހުރި.މަގޭ އަތަށް ކުޑަ ޕިކަޕަކާ އަދި އިތުރު 02 ލޭބަރުން ދީފިނަމަ މުޅި މާލެ ސާފުތަނެއްގެ ގޮތުގަ ބާއްވާނަން.މިއީ ޝައްކެއް އޮތް ކަމެއް ނޫން.މުސާރަ މަހަކު 50000 ރުފިޔާ.ކަޑަ ތަ؟؟ ރަނގަޅު ދޯ. ވ.ވެދުން