އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު، އެ އަބަދު މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާނުލެވޭނެ ކަން ދަންނަން ޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ، ޖަމިއްޔަތުއް ސަލަފުން އެދިފައިވާ ދަރުސް ސިލްސިލާގެ ހުއްދަ ނުދިން ކަމަށް ބުނާ މައްސަލާގައި ފަހުން އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑީއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ސަލަފުން އެދިފައިވާ ގޮތަށް އެ ޖަމްއިއްޔާއަށް ދަރުސް ގެންދިއުމުގެ ހުއްދަ ދިނުމުގައި ތައްޔާރު ކުރަން ޖެހޭ ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީން ތައްޔާރު ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ލިޔުން ނުފޮނުވި އޮތީ އިދާރީ މުވައްޒަފުންގެ މެދުގައި އެރި އިދާރީ އޮޅުމަކާއި ގުޅިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ހުއްދަތައް ދޭ އުސޫލުން ހުރިހާ ކަމެއް ހުރީ ތައްޔާރު ކޮށްފައި. މި ބުނިހެން ހަމަ އެކަނި ލިޔުން ނުފޮނުވި އޮތީ. އެއީ އިދާރީ އޮޅުމަކުން. އިއްޔެ އެޖަމްއިއްޔާގެ އިސްވެރިންނާއި ފޯނުން ގުޅައި ވާނީ ހުއްދަ ދީފައި" އޮފިޝަލް ވިދާޅުވިއެވެ.

މިނިސްޓްރީން ކުރި އެ ޓްވީޓަށް ޖަވާބުދެއްވަމުން އަލީ ރަމީޒު ވިދާޅުވީ، އިސްލާމިކް މިނިސްޓަރަށް އަބަދު އެގޮތަށް މީހުންނަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާ ނުލެވޭނެކަން ދަންނަން ޖެހޭ ކަމަށެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ސަލަފުން ދަރުސް ގެންދަމުން އަންނައިރު، އިއްޔެ އެ ޖަމްއިއްޔާއިން ބުނީ، ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާ މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމާ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދުނު ނަމަވެސް އިއްޔެގެ ނިޔަލަށް ވެސް އެމިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަނބުލޯ

    ލާދީނިއްޔަތު ކުރިއަރުވާ މިނިސްޓްރީ. އައްނި މިނިސްޓްރީ

    23
    1
  2. ޑގގ

    ހުއްދަ ދިނީމަ ދެން އޮންނަ ރިވެތި ގޮތަކީ ޝުކުރު ކޮށް ކުރިއަށްދިއުން. ތިޔަ އުޅެނީ ކޮން ގޮތަކަށް؟

    6
    28
    • ސަންގު

      އެބަޖެހޭދޯ ވެރިން ރައްބުންކަމުގައި ހަދާގެން އުޅޭ މީހުންނަށް ހަގީގަތް ހާމަކުރަން
      އެބަޖެހޭ ހާގީގަތް ހާމަކުރަން.

      17
      2
  3. ކިޔުންތެރިއެއް

    ޖާހިލުން މަގާމުތަކުގަ ތިބީމަ މަކަރާ ދޮގާ ފިތުނަފަސާދަ އުފެއްދުން އޮށްނާނީ.

    25
    2
  4. ޝިޢުބު

    މާތްކަލޯކާ އިސްލާމިކު މިނިސްޓްރީއަށް ކަމަކު ދިޔަމީހަކުވިއްޔާ ބޯގޮވާނެ
    އެއަށްވުރެ މަސްމާރކެޓްގެ އިންތިޒާމްވެސް ރަގަޅު
    ތީހަމަ އެއްވެސް ތަނެއްނޫން
    ތިތާ ތިބިމީހުން އިދާރީ މައްސަލައަކުން ދީން ނޯޅިއްޖިއްޔާ ރަނގަޅު

    16
  5. ރަޓުމީހާ

    ޢަލީ ރަމީޒަށް ދަންނަވާލަން އޮތީ ޢިލްމު ވެރީންނާއި މުޚާޠަބު ކުރުމުގައި ރިވެތި ބަހުން މުޚާޠަބު ކުރުމަށް. ކޮންމެ ގޮތަކަށް ކަންއޮތް ކަމުގައި ވިޔަސްމެ. ބަސްމަގު ތިޔަށްވުރެ ރީތިވާން ޖެހޭ. އިސްލާމް ދީން އަކީ ބަސްމަގު ރީތި ދީން. އެކަމަށް ގޮވާލާ ދީން. ރީތި ބަހުންވެސް ބުނަން ބޭނުންވާ އެތި ބުނެވޭނެ.

    3
    6
    • ޙުއްތު

      ޙުތުރު އެއްޗެއް އަލީ ބުނެފިތޯ

  6. ސް ކުޅޭކުޅޭ އެއްޗ

    ދީނަކީވެސް ކުޅޭކުޅޭ އެއްޗަކަށްހަދައިފި

  7. އަލިބެެ

    ދީނަކީވެސް ކުޅޭކުޅޭ އެއްޗަކަށްހަދައިފި

  8. ލޮލް

    ސުވާލަކީ ދަރުސް ދިނުމަށް ވެސް ހުއްދަ އަކަށް އެދެން ޖެހޭތޯ؟
    ކަރޯކޭ އާއި މިޔުޒިކް ކުޅެން ހަމަ ހަބޭހަށް ދޫކޮށްލާފަ. އެކަމަކު ދީނީ ޢިލްމު ފަތުރަން ވަކި ލައިސަންސް އަކާ ސަރުކާރުގެ ހުއްދަ އަކަށް މި ބޭނުންވަނީ ކީއްވެބާ؟