ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓް ހަދަމުން އަންނައިރު، ބައެއް ފަރާތްތަކަށް ޓެސްޓުގެ ނަތީޖާ ލަހުން ލިބޭ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެފަދަ ޝަކުވާތައް ކޮންމެ ދުވަހަކު ގޮތަކަށް ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މިއީ ވެސް އެފަދަ ގޮތަކަށް ހިނގާފައިވާ ހާދިސާއެކެވެ. ފޭސްބުކްގައި މީހަކު ޖަހާފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޓެސްޓް ހެދިތާ މިހާރު 7 ދުވަސް ވެއްޖެ ކަމަށާއި އަދިވެސް ސުންކު ނުލިބޭ ކަމަށެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެމުން އޭނާ ބުނީ، އޭނާގެ އަންހެނުން ކަރަންޓީނުގައި ހުންނަތާ މިހާރު 17 ދުވަސް ވެއްޖެ ކަމަށެވެ. ސުންކު ނެގިތާ 7 ދުވަސް ވެފައިވާއިރު، ނަތީޖާ ނުލިބުމުގެ ސަބަބުން ވަޒީފާއަށް ވެސް ނުދެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ފަހަރަކު ނަތީޖާ ކޮބައިތޯ ބަލަން ގުޅާއިރު ބުނަނީ އަވަސް ކޮށްލަން ރިކުއެސްޓް ކޮށްފައިވާ ކަމަށް. އޭގެ ފަހުން މޫނު މައްޗަށް ފޯނު ކަނޑާލަނީ. މިހާރު 6 ދުވަހު ގުޅައިގެން ނަތީޖާ އަށް ވީ ގޮތެއް ބަލަން" އޭނާ ބުންޏެވެ.

އޭނާ ބުނީ، ވަޒީފާއަށް ނުދެވޭ ކޮންމެ ދުވަހެއްގައި ވަޒީފާއަށް ނުނިކުންނަ ދުވަހެއް ކަމަށް ކަނޑައަޅައި މުސާރައިން ކަނޑާ ކަމަށާއި އެކަމުގެ ސަބަބުން މާލީ ގޮތުން ވެސް ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. ކޮވިޑަށް ޓެސްޓް ކުރުމާއި ނަތީޖާ ދޫކުރުމުގެ ކަންކަން އެޗްޕީއޭއިން ޒިންމާދާރު ކަމާއި އެކީ ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ނުލިބެއެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވެފައިވާއިރު ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް މަދެވެ. މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު އާއްމުކޮށް އުޅެނީ 2000 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަވާސާ އިބޫ

    ޓެސްޓު ހަދާނެ ސަމާނު ހުސްވެފައި އޭގެ އެތިކޮޅެއް ލިބޭތޯ އާދޭސް ކުރަން ސާހިދު އިންޑިޔާއަށް ދިޔައީ

    12
  2. ހަބީ

    އަޅުގަނޑުގެ ދަރިފުޅުގެ ސާންޕަލްނެގީ މާޗު 31 ހުގަ އަދިވެސްްނަތީޖާ ނުލިބޭ މިހާރު 15 ދުވަސްވެއްޖެ

  3. ގސްރ

    ޓެސްޓު ޕޭޕަރު ހުސްވީ. އެހެންވީމާ އެ ދިޔައި ޗާޕުކުރަން

  4. ކުރޭދޯ؟

    ތިކަން ތިހިސާބަށް ދިޔައީ މިޔުޒިކް ޔުނިއަން ކަހަލަ ތަންތަނުގައި އެތިބޭ މީހުން އެކަމާ އުޅެންވާގޮތަށް ނޫޅެ ނޫޅެންވާގޮތަށް އުޅެގެން. މީ ވަރަށް ވާހަކަ

  5. ޝިއު

    އަހަރެން ކޮވިޱް ޓެސްޓް ކުރިން މިމަހު 04 ގަ އަދިވެސް ނަތީޖާ ނުލިބޭ
    ހަމަ ގުޅާލާ އިރަށް ބުނޭ ޓެެކްނިކަލް ޓީމަށް ފޯވާޱް ކޮށްލަ ދޭނަމޭ އަވަސްކޮށްލަން.... އެކަމަކު އަދިވެސް ލިބޭ ގޮތެއް ނުވޭ.... އޮފީހުގެ އުސޫލުތައް އޮންނަ ގޮތުން ޓެސްޓު ކޮށްފިޔާ އޮފީހަކަށް ނުދެވޭ

  6. މޯޑު

    ޢަހަރެންްްްގެ މަންމަ ސުުުުން ކު ނެގިތާ 5 ދުވަސް ވެފައިވާއިރު، ނަތީޖާ ނުލިބެގެން ގުޅާލާރަތް ބުނަނީ އަވަސް ކޮށްލަން ރި ކުއެސްޓް ކޮށްފައިވާ ކަމަށް ބުނެ ފޯނު ކަޑާލަނީ

  7. އެމަންޖެ

    އެއްވެސް ބޭފުޅަކު ތިޔަ ކޮވިޑް ސުންކު ނަގާނެ ކަމެއްނެތް.

  8. ހުސެން

    އަހަރެން ވެސް ޓެސްޓް ހެދިތާ މިހާރު 48ގަޑިއިރުވެގެން މިދަނީ އަދިވެސް ނަތީޖާނުލިބޭ

  9. ލޮލް

    "ޓެސްޓް ހެދިތާ މިހާރު 7 ދުވަސް ވެއްޖެ ކަމަށާއި އަދިވެސް ސުންކު ނުލިބޭ ކަމަށެވެ."..! ޓެސްޓް ހެދެނީ "ސުންކު" ނަގައިގެނެއް ނޫންތަ؟!