މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 85 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެ ތެރެއިން 39 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ.އަދި ރަށްތަކުން 38 މީހަކު ފައްސިވިއިރު، ރިސޯޓްތަކުން އަށް މީހަކު ފައްސިވެފައި ވެއެވެ.

ފާއިތުވެދިޔަ ދެ ތިން ދުވަސް ތެރޭގައި ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ މަދުވެފައެވެ.

އަދި ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރާ އަދަދުތައްވެސް ވަނީ މަދުވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 25،844 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 2،627 މީހެކެވެ. އޭގެ ތެރެއިން 57 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ރާއްްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވީ 67 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށު މީހާ

    ރައްރަށުގެ ކައުންސިލް އަދި ޕޮލިސްގެ ޒިންމާދާރުކަން ކުޑަވީމަ ދުވަސް ކޮޅަކުން މި ގިނަވެދާނެ. ހޯރަފުށީގަ ކައުންސިލްގެ ރައީސް އިސްވެހުރެ 3 ދުވަސް މަތިން ކަރަންޓީންގަހުރި ހާފިޒެއް މިސްކިތައް ގެންގޮސް ތަރާވީސް ވެސް ކުރުވައިފި.ޕޮލިހުންނައް އެޅުނު ފިޔަވަޅެއް ނެތް، އެޗްޕީއޭ ކޮބާ؟ ދެންތިބި ފަރާތްތައް ކޮބާ؟