ލ. އަތޮޅު ގަން މަތިމަރަދޫ އަވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ގަމުން ވާހަކަދެއްކި ބައެއް މީހުން ބުނީ، އެ ޒުވާނާއަށް ޙަމަލާ ދީފައިވަނީ ކަނޑިއަކުން ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ މިރޭ 12:20 ހާއިރު އެވެ.

ތިން މީހުންގެ ގްރޫޕަކުން މިރޭ މި މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމްކޮށްލި އިރު، އެމީހުން އޭނާއަށް ޙަމަލާދިން ވަގުތު ތިބީ މާސްކު އަޅައިގެން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެ ޒުވާނާ ފުޓުބޯޅަ ކުޅެން ހުއްޓައި ގްރޫޕަކުން ގޮސް ޙަމަލާދިން އިރު، ކަނޑިއާއި ދަގަނޑުބުރިފަދަ ތަކެތި އޭނާއަށް ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ވެއެވެ.

މި މާރާމާރީގައި ޒުވާނެއްގެ ބުރަކަށިން ދެ ތަނެއް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާއިރު، އޭނާއަށް މިހާރު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް މާރާމާރީގައި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ލ. އަތޮޅު ގަމަކީ މީގެ ކުރިންވެސް ބޮޑެތި މާރާމާރީ ހިނފާފައިވާ ރަށެކެވެ.

މިރޭ މަތިމަރަދޫގައި ހިނގި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. ޙާދަ

  ޙާދަ ގަޓޭދޯ...ވަރަށްވާހަކަ

 2. މަ

  ފަހުދިހައެއްގެ ސަވާބު ހޯދަން ފެށީ ދޯ

 3. އިސްލާޙް

  ބަލަ ޔާނޫ! ކިހިނެތްތަ ކަންތައްތައް މިދަނީ.. ބަލަ ފަހުދިޔަ ދަންދެންވެސް މަޑުކޮށް ނުލެވުނުތަ . ހިތާމަޔާއެކު ބުނަންޖެހެނީ މިއީ ސަރުކާރުގެ އިހްމާލޭ. ،، ރާއްޖެފަދަ ކުޑަ އަދި %100 މުސްލިމް ގައުމެއްގައި ކޮން "ގުރޫޕެއް" ހަދާކަށް ... ސިޔާސީ މީހުނަށް ހަދާހެން ގްރޫޕްތަކަށްވެސް ހަދާލަބަލަ އޭރުން .... އެކުދިން އިސްލާހް ވެދާނެ..

  • އިސްލާހު އައްޕަ

   ކަލޭ އިނދެގެން އުޅޭ މީހާ ފޮޑި އެއް ޖެހިޔަސް ޔާނޫ ކައިރިއަށް ދާތި!

 4. ޣާދިރު މަނަދޫ

  ކަލޭ މީހަކާ އިދެގެން ހުރެ ހިލޭއަންހެނުން ކައިރިއައްދާ ދިއުން ހުއްޓުވަން ހުރީވެސް ޔާނު ދޯ...

 5. ހައްގުބަސް

  އޭބަލަ ކެރަފާ ބުއްޅަބޭ ކޮބައިތަ ކަލޭ؟ މުޅި ގައުމު ހަލާކު ކޮށްފަ ކަލޭ ގޮސް އިނގިރޭސި ވިލާތުގެ ނައިޓް ކްލަބް ތަކުގަ ސޫލާ ސަރާބީ ބޯން އޮވެފަ ޖަޒީރާ ރަޢީސްއޭ ކިޔާފަ ވެރިކަން ހޯދަން ކެމްޕެއިން ކުރިޔަސް ކަމަކު ނުދާނެ. އިބޫ މެން ޖާނާ މާލުން ގުރުބާން ވެގެން ޕާޓީ ހިންގީމަ ކަލޭ ފޮނިކޮޅު ބޯލަން ކޮންވައްތަރު. ކަލޭ އަވަހަށް ރާއްޖެ އާދޭ އިނގިރޭސި ވިލާތުގަ ނޯވޭ ޖަޒީރާ ރަށްތަކެއް

  • ހަގީގީ

   ހާދަ ރުޅިއެއް ތި އައނަނީ ދެން ޖޭ ވިއަސް ބިރުގަތަސް ބޮޑު ވަރު

  • ޑިން

   ބަލަ އަންނި ހުރެގެންތަ ، ތެލާ ، ގަންޖާޔާ ، މަސްތުވާހާ އެއްޗެއް މާލެ އަށް މިހާރު ލައްގަނީ . ޕިންކް ޕާޓީ ކުދިން ލަންކާ ތަންތާގަ އުޅޭ ގޮތް ބައްލަވާލަން ހިލޭ ޓިކެޓެއް ވެސް ދެއްވަފާނަން ، ރީނދޫ ތޯ ޕިންކް ތޯ .

 6. ގަމޭ

  ތިކުދީން ނުތޮޅެބަލަ( މިބުނީ ކޮމެންޓްކުރާކުދީންގެވާހަކަ ) ރައީސް ޔާމީނުއަށް ތައުރީފްކުރަންޖެހޭ

 7. ހަގީގަތް

  މި ހުރިހާ ޖަރީމާއެއްގެ ޒިންމާ ނަގަން ޖެހޭނީ ކެރަފާ ފިލި އަންނި އަމާންކަން މަތީ އޮތް ރާއްޖެ ހަލާކު ކުރީ ކެރަފާ ބުއްޅަބޭ އެ މުސީބާތުން ރާއްޖެ ސަލާމަތް ކުރައްވާށި އާމީން

  • ޞޯސް

   ހަމަރަގަޅުވާހަކައެތްތިބުނި މި ޤައުމު ހަލާކުގެ ތހެރެއަށް ވައްޓާލި ހމަ ކެރފާ ބުއްޅާބެ.

  • ޑިން

   ބަލަ ރައީސް މައުމޫން ސަރުކާރު ގަ ޕާޓީ ސިސްޓަމް އަށް ވޯޓް ލީ ހަމަ ރައްޔިތުން ، ސަރުކާރުން މަޖުބޫރު ކޮށްގެންނެއްނޫން ، މިއަދުވެސް ޕާޓީ ތައް އުވާލާން އޑު އުފަލަން ތިބީވެސް ހަމަ އަހަރެމެން ރައްޔިތުން .

 8. ....

  މި ދެން ބޮޑުވެެއްޖެ ކަމެނު. ރުޅި މައިތިރި ކޮއްގެން ނުތިބެވެންޏާ ގެއިން ނުނިކުމެ އޮވެބަލަ އެހެން މީހުންނަ އަނިޔާ ކުރަމުން މަގުމަތީ ދުވުން އަސްލު އެހާ "ކޫލް" އެއް ނޫން. މިއޮށްފަދަ ބަރަކާތްތެރި ރަމަޞާން މަހުގެ ފަހު 10 ގަ މި ޒުވާނުންގެ ބޮލަ ހިވަނީ ލޮނުމެދު ފިތިފަ ތިބި ހެން ރެޔަކު މާރާމާރީއެއް ނުހިންގާ ނުދޭ. އަދިވެސް ޑިމޮކްރަސީ ގެނައި ބޮޑު ޖަރީމާ ރައީސް އަށް ސަޕޯޓް ކޮށް ނަށާފަ އަތް ޖަހާ.

 9. ހައްދުންނައްޓާފަ

  މިގައުމުގަ ގްރޫޕްހެދީ މިއަދަކުނޫން.. މިކަމުގެ ޒިންމާ ނަގަންޖެހޭނީ މައުމޫނު.... އޭނަގެ ވެރިކަމުގަ ފުރަތަމަ މިގައުމުގަ ގުރޫޕުއުފެދުނީ... ދެން އައްނި.... އޭނަ ޑިމޮކުރަސީ ގެންނަން ތަޅާނެކުދިން ހޯދާ ބިރުފަހަނައަޅަން ދަސްކޮއްދޮނީ.. ޔާނު އަށް މިކަމުގަ އެއްޗެހި ކިޔުމުގެ ބޭނުމެނެތް... ތިއްރަރަށުގެ ރައްޔިތުންނާ ކައުންސިލަށްވެސް އިގޭނެ ތީކޮންބައެއްކަން... ދެންކޮބާ ބެނެވެރިން.... އެމީހުންގެ ޒިންމާކޮބާ....

 10. ސަކީންތަ

  ކުށްމަދުކަން އިއުލާން ކޮށް އަދި ގިނަ ދުވަހެއް ނުވޭ. ޟިއޮތީ ކުށް މަދު ވަރު ހާމަ ކޮށްދީފަ.

 11. ލިލީ

  އަދި ބަނޑިންވެސް ހަމަލާ ދޭނެ މިގައުމުގައި

 12. ޒުވާނާ

  ބަލަ އަހަރުމެން ބޭނުން ގޮތަކަށް އުޅުނަސް އޯކޭ އޯ އަހަރުމެންގެ ރައީސް އޮތީ އަންގާފަ.

 13. ރުކުރުކު

  ޒުވާނުން އަބަދު ހަމައިގަ ތިބެންބޭނުމެއްނުވޭ، އެމީހުންގެ ހާލާ އެމީހުން ދޫކޮއްލާ...

 14. ސީމާ

  ބަންދު ކުރަން ޖެހޭ މީހުން މިތިބެނީ ދޫކޮށްލާފަ.

 15. ސަރުކާރާ ދެކޮޅު

  ރޭގަ ހޯމް މިނިސްޓާރ ބުނި ރާއްޖެ އަމާންވިވާހަކަ މިއީތަަ އަމާންކަން

  • އިބިލީސް

   ރަނގަޅު ވާހަކަޔެއް.މަވެސް ބެލިން

 16. ކިޔާ

  މީ އަހަރެމެންގެ ތެރެއިން ބަޔަކު ފަހުރުވެރިވެލާފަ ބުނާ 21 ވަނަ ގަރުނު.މިމާތް މައްސަރުގެ ހުރުމަތްތެއް އެހެން އެއްޗެއް ގިނަ ޒުވާނުންނަށް ވަތްކެއްނުވޭ.ޒުވާނުން މިތިބީ ހިތްތަލައިން ހަތްފެނުލައިގެން ހިތިފިލުވާ އުސޫލުން ހިތިފިލުވަން ޖެހިފަވާ ހާލަތެއްގަ.ލަދުން ބޯހަލާކު

 17. ހައްލަކީ އުމަރު

  ރައްޔަތުން މިބިރުވެރިކަމުން ސަލާމަތް ކޮށްދޭނެ ވެރިއަކީ އުމަރު ނަސީރު.

  • އެޑަމް

   ތެދެއް އެއިރުން ކޮންމެ ރައްޔިތެއް އަތަށް ހަރުގަނޑަކާ ލަޓިބުރިއަކާ ވާގަނޑެއް ދީފަ އޮންނާނީ.... އެއިރުން ސަލާމަތްވާނެ

 18. ޙާމް

  ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ މިހާރު މާލޭގައި ހިންގާ ގުރޫޕް މާރާމާރީ ތަކުގައިވެސް އިސްކޮށް އުޅެ ފައިޓް ހިންގަން ތިބެނީ ލ. އަތޮޅަށް ނިސްބަތްވާ ޕާމީހުންކަން. ޢެއަތޮޅު ރައްޔިތުން މިކަމާ ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ.

  • ޙކ

   ބަޔަކު އެބައުޅޭ އެކަމާފަހުރުވެރިވާ ބަޔަކު.އެއީ މިގައުމު ބައްޓަން ވެފައިންގޮތް.ގޓް މީހުންނޯ އެއީ

 19. ބާލާބާލާ

  މާދަމާ ތަމެން ނިކުންނާތި ތަމެން ރަށުގެ ގެސްޓް ހައުސް ވެންޗަރ އޭ ކިޔާ ޕްރޮޕެގެންޑާ ފަތުރަން. ގެސްޓް ހައުސް ވެންޗަރ އެއް ނޫން ހަދަންވީ އެންމެން ބާލަންވީ ރަށުން ބާލައިގެން މާލެ ސަރަހައްދަށް ގެންނަންވީ.

 20. ނަވަ

  ސުބުހާނައްﷲ. އިންސާނަކަށް ތިޔަފަދަ އަނިޔާއެއްދޭއިރު މާސްކު އަޅައިގެން ތިބިކަމުގައި ވި ނަމަވެސް މާތް ﷲ ދެކެ ދެންވޮޑިގަންނަވާނެކަން ނޭންގެނީބާ.
  މިފަދަ މާތް މަސްވަރެއްގައި ކުރެވިފައިވާ ފާފަތައް ފުއްސަވާތޯ ދުއާ ކުރުމުގެ ބަދަލުގައި އިތުރު ފާފާ ކުރަނީދޯ.
  ބަލަގަ... ތިޔަ ވެވެނީ އަމިއްލަ ނަފްސް އަށް އަނިޔާ. ވިސްނާލާ...

 21. އިދްރިސް އިގުރައިދޫ

  ކުޅެން ދެންތިބިކުދިން ހަމަ ބަލަން ތިބީތަ؟

 22. ޙާމް ނުވީބަފާބެ

  ހާދަ ލޯތްބެކޭ ދޯ ތިވަނީ ލާމު ދެކެ
  ހިތު ލައިގެން ހުރި ކުއްޖާ ނުލިބުނީދޯ
  ހައް ހައް ހައް ހާ

 23. ޝާހު

  ނަބިއްޔާގެ ސުންނަތަށް ތަބާވަނީ ކަމަށް ވެދާނެ ނު

  • ކޮއްކޮ

   ފުރައްސާރައެއްތާ ތިކޮއްލީ

 24. ކީކޭ ބުނާނީ

  ދުވަސްކޮޅަކުން ލާމުގައި ވަޅިވެސް ޖަހާނެ

 25. ކަރުނަފުތު

  ހައްދުންމައްޗަކީ މީހުން ނުބައި ތަނެއް. މުއްސަންޖެއް ފެނިއްޖިއްޔާ ލޯބިވާ ފިރިމީހާވެސް ހޫރާލާން ތައްޔާެު ބައެއް. މީގެ ތެރޭން އާޢިލާ ތެރޭ ތަޅާފޮޅާގަނެގެންވެސް އެކަކު އަނެކަކު ގަޔަށް ވަޅިހެެރި ބަޔެއް

 26. ބާބަ

  ޑިންއައް ވަރައް ބޮޑު އޮޅުމެއްތީ މިގައުމައް ޕާޓީ ސިސްޓަމް ގެންނަން ރައްޔިތުންގެ ވޯޓެއް ނުނަގާ ޕާޓީ ސިސްޓަމް މިގައުމުގަ ބާއްވަން ހަމަޖެއްސީ މިހާރު ފެންނަގޮތުން ވިއްޔާ އަންނިއާ މައުމޫނާ ޑީލެއް ހަދައިގެންހެން ހީވަނީ

 27. އަފު

  ސަރުކާރުން ރައްޔިތުންނަށް އަމިއްލަ ސަލާމަތް ލިބިގަތުމަށް ކަނޑި އަދި އައްޑަނަ ދެއްވުން ވަރަށް ރަގަޅު ކަމަށް އަޅުގަޑު ދެކެން!