23:18

ކޮވިޑް ޖެހިގެން ފްރާންސުން މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފި.

22:28

އިންޑިއާގެ ހާލަތު ގޯހުން ގޯހަށް، ހޮސްޕިޓަލްގެ ކޮންމެ އެނދެއްގައި ދެމީހުން!

22:27

މިއަދު ރާއްޖެ އިން 95 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:05

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:32

15:57

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19 އަށް ފައްސިވެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނިކޮށް ކަން އެނގިއްޖެ

15:48

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭ ސެންޓަރުތަކުގައި ގިނަ ބަޔަކު ކިއުގައި ޖެހެން ފެށުމާއި އެކު ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި

15:25

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ ނިސްބަތް މަދުވަމުންދާ ސީދާ ސަބަބެއް އަދި ބުނަން ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

15:19

އިންޑިއާގެ ދިއްލީގައި ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވުމާއި އެކު އެ ސިޓީގައި އިތުރު ގޮންޖެހުމެއް ކުރިމަތިވެ، އެ ސިޓީގައި މުސްލިމުން ވަޅުލާ އެންމެ ބޮޑު ސަހަރާގައި ޖާގައިގެ ދަތިކަން ކުރިމަތި ވާން ފަށައިފި.

14:48

14:34

ދެކުނު އޭޝިއާ އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ފިރިހެނަކު ފައިޒާ ވެކްސިން ޖަހައިގެން މަރުވި މައްސަލަ ފެންމަތިވެއްޖެ.

09:59

https://twitter.com/HPA_MV/status/1382559024239943681

05:07

05:01

03:23

03:23

03:22

00:21

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މިހާރު 100 އިން ދަށުގައި ހުރިއިރު ކޮވިޑުން ރައްކާތެރިވުމަށް މީހުން މާބޮޑު ސަމާލުކަމެއްދޭ މަންޒަރެއް ވެސް ނުފެނެއެވެ.

ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޕާކްތަކާއި މައިޒާންތަކުގައި ގިނަ ބަޔަކު އެއްވެސް އުޅޭއިރު މާސްކް އެޅުމަށް ވެސް މާބޮޑު ސަމާލުކަމެއް މީހުން ނުދެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 85 މީހުންނެވެ.

މީގެ ތެރެއިން 39 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ.އަދި ރަށްތަކުން 38 މީހަކު ފައްސިވިއިރު، ރިސޯޓްތަކުން އަށް މީހަކު ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 25،844 އަށް އަރާފައެވެ.

މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 2،627 މީހެކެވެ. އޭގެ ތެރެއިން 57 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖޭ މީހާ

    ޢަދަދު މަދުވަނީ ޓެސްޓު ނުކުރެވޭތީ މިހާރު ރާއްޖޭގައި ޓެސްޓުކކުކ ހަދަން ބޭނުން ކުރާ ސޮލިއުޝަން މަދުވީމަ ޓެސްޓު ނުހަދަނީ މިއީ މިއީ މި ވާގޮތަ ކީ

  2. ފަރުދީ

    ސުކުން ނަގަން ބުނާ އިރަށް ހަދާން ނެތިއްޖެ އައިޑީ ނަމްބަރ އަދި ނަންވެސް ހަހަހަ އަބަދަކު އެންމެނަކު ކޮންމެހެނެއް ހަމާގަ ތިބޭކަށް ނުޖެހޭ