ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން ވޯޓް ދީފައި ވަނީ ވަކި ސިޔާސީ ޕާޓީއަކަށް ވޯޓް ދޭން ނޫން ކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ދާއިރާތަކުގެ ނަތީޖާއަށް ބަލާލުމުން ސާފުވާ ކަމަކީ ކޮންމެ ޕާޓީއެއްގެ މީހަކަށް ވިޔަސް އެ ކަމުގެ ތަޖުރިބާ ހުރި މީހަކަށް ރައްޔިތުން ވޯޓް ދީފައިވާ ކަމެވެ.

"މި އިންތިޚާބުގައި ދިވެހީން ދައްކައިދީފި، ދިވެހީން ވޯޓް ދޭން ބޭނުން ވަނީ ދިރިހުރި ފުރާނަ ހުރި އިންސާނުންނަށް ކަން، ދިވެހީންނެއް ބޭނުމެއް ނުވޭ ކޮންމެހެން، ދިރުމެއް ނެތް، ތިލަފަތަކަށް، ނޫނިއްޔާ ރުކަކަށް ވޯޓުލާކަށް، ދިވެހީން ކޮންމެހެން ބޭނުމެއް ނުވޭ،" އަލީ ހުސައިން ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބިފައިވާ އިރު އަދި ވަކި ޕާޓީއަކަށް މާ ބޮޑު ތާއީދެއް ނެތް ސަރަހައްދުތަކުން އެ ޕާޓީއެއްގެ ކެންޑިޑޭޓުން ވެސް ކާމިޔާބު ކުރާ ކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި އެކި ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ކެންޑިޑޭޓުން ވެސް އިންތިޚާބު ވެފައިވާ ކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

އެކަމަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރަނގަޅަށް ޚިދުމަތް ކޮށްދެވޭ މީހަކު ކުރިމަތިލައިފި ނަމަ، ދިވެހީން ވަކި ސިޔާސީ ޕާޓީއަކަށް ވެސް ނުބަލާކަން ނިމިގެން ދިޔަ އިންތިޚާބުން ހާމެވެގެން ދިޔަ ކަމަށެވެ. އަދި ޒިންމާ އަދާ ނުކުރެވޭ ބޭފުޅަކު ތާއީދު ކުރާ ޕާޓީއިން ކުރިމަތިލައިފިނަމަ ރައްޔިތުން ވޯޓް ނުދޭނެ ކަން ވެސް މި އިންތިޚާބުގައި ފެނިގެން ގޮސްފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލޯ

    ސިޔާސީ ދާއިރާގަ އުޅުނަސް އަދި 3 އިންތިހާބުގެ ތަފާތު ވަކި ކުރަން އަލީއަށް ނޭންގޭ، ނުވަތަ ގަސްތުގަ އޮޅުވާލަނީތި.
    1. ކައުންސިލް އިންތިހާބަކީ އާއިލީ އަދި ރައްޓެހިންނަށް ވޯޓުދޭ އިންތިހާބެއް، ސަބަބަކީ ކެންޑިޑޭޓުންނަކީ އާއިލީ މީހުން ކަމަށް ވާތި.. އަމިއްލަ ގޮތުންވެސް ގިނަ ގޮނޑި ނަގާފަހުރީ ރަށުގަ ނަގާކިޔާ ޕާޓީ މީހުން އަމިއްލައަށް ވާދަކޮށްގެން
    2.ރިޔާސީ އަދި މަޖްލިސް އިންތިހާބަކީ ޕާޓީ ފިކުރަށް ވޯޓުދޭ އިންތިހާބެއް، ނަތީޖާ ފެންނަން ތިއޮތި މަޖްލިހުގަ

  2. ޖުހާބެ

    މީނާއަކީ އޭ ރަކު މޮޅުވާ ކޮޅަކަށް އަ ރާ މީހެއް. ކުރި ޕީޕީއެމަށް ވރަޜަށް ބެވި