ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަަހުމަދު ސިއްދީގަށް މަގުމަތިން އިންޒާރު ދިން މީހެއްގެ މައްސަލަ ފުލުހަށް ހުށހަޅައިފިއެވެެ.

ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ޕްރޮގްރެސިވް ކޯލިޝަންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަހުމަދު ސިއްދީގް ވިދާޅުވީ އޭނާ އަށް އާއްމު މީހަކު ފުރައްސާރަ ކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމީ އަށް އަހަރުގެ ކުޑަ ދަރިފުޅާ އެއްކޮށް އިއްޔެ ހަވީރު ވަޑައިގަންނަވަނިކޮށް ހަޑި ހުތުރުބަހުން މުއާމަލާތުކޮށް ޖަހާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށް ސިއްދީގް ވިދާޅުވިއެވެ.ކުޑަ ދަރިފުޅާއެކު ވަޑައިގަންނަވަނިކޮށް އެގޮތަށް ދިމާކޮށްލުމުން ދަރިފުޅު ހުރީ ވަރަށް ބިރުން ކަމަށް ވެސް ސިއްދީގް ވިދާޅުވިއެވެ.

"އަޅުގަނޑު ގެ އަށް އަހަރުގެ ކުޑަ ދަރިފުޅާ އެކު ސައިކަލު ގައި މަޖީދީމަގުން ދުއްވާފައި ދަނިކޮށް، މަޖީދީމަގު، ގ. ފަންގެ ކުރިމަތީ ހުރެ މާޖެހި ރަޝާދުގެ އިލްހާމް އަޅުގަނޑާ މުޚާތަބުކޮށް އަވަގުރާނަ ގޮވައި، ޖަހާނެ ކަމުގެ އިންޒާރު ދިނީ. އިއްޔެ ހަވީރު ދިނުމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިން. ފުރަތަމަ ދިޔައީ އެ ވަގުތު، ދިޔައީމަ ބުނި ރޯދަވީއްލައިގެން އަންނާށޭ. ދެން އަޅުގަނޑު ދިޔައިން ގޮސް މައްސަލަ ހުށަހެޅީ." އޭނާ ވިދާޅުވިއެވެ.

https://twitter.com/AhmedSiddeeq/status/1382336795463995397

ސިއްދީގު ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތުވެސް ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރި ކަމަށާއި ފުލުހުންގެ ފަރާތުން ލިބުނީ އެންމެ އެކަށީގެންވާ ފަދަ އިޖާބައެއް ނޫންކަމަށެވެ.

"މަގުމަތިން ވެސް އެކަން އެ ސަރަހައްދުގައި ތިބި ފުލުހުންނަށް ރިޕޯޓު ކުރިން. ފުލުހުން އަޅައެއް ނުލާ. އެ މީހުން ބެލީ އަޅުގަނޑުގެ ރިޕޯޓް ނެގޭތޯ. އޭރު އޭނަ އެތާ ހުރި. އޭނައަށް އަޅައެއް ނުލާ. އެެހެންތިއްބާ އޭނަ ގޮއްސި" ސިއްދީގް ވިދާޅުވިއެވެ.

ސިއްދީގް ވިދާޅުވީ މިފަދަ އެތައް މައްސަލައެއް މީގެކުރިން ވެސް ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ނުބަލާތީ ކަންބޮޑުވެވަޑައިގަންނަވާކަމށެވެ.

"ދަރިފުޅު ހުރިީ ބިރުން ފިއްކަނޑައިގެން ދާވަރު ވެފައި. މާލޭގެ ކޮންމެތާކުން ފެނުނަަސް ހަމައެހެން. އިއްޔެ ދަރިފުޅު ފަހަތުގައި އިންދާ ދިއައީމަ އެއީ ބޮޑުވަރު. ފެންނަ ކޮންމެތާކުން ވެސް އެހެން. މައްސަލަ ހުށައެޅޭނީތާ. ލޯމަތީ ޖަހައިގެން ހުށަހެޅި މައްސަލަ ވެސް ވީ ހިސާބެއް ނޭނގެ. ކަމެއް ވިޔަސް ނުވިޔަސް މައްސަލަ ހުށަހެޅުމަކީ އަޅުގަނޑު ޒިންމާއެއް." އޭނާ ވިދާޅުވިއެވެ.

ސިއްދީގު ވަނީ މިފަދަ މައްސލަަތަކަކީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލަަތައް ކަން ފާހަގަކުރައްވައިފައެވެ. އެފަދަ ކަންކަން އާދއިގެ ކޮށް ނެގުމަކީ އެފަދަ މައްސަލަ ބޮޑުވާން މެދުވެރިވެދާނެ ސަބަބެއް ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޑނ

    ބޭކާރު އަގަ ތަޅަންޔާ ވާނީ ތިހެން.

    2
    1
    • ކޮވިޑް

      މޑނ ތީ ވަރަށް ސަޅިގޮތެއް . ބަލަ މީ ޖަންގަލީގެ އުސޫލުން އޮތް ޤައުމެއް ވިއްޔާ އެކަން މި ސަރުކާރުން އަންގާލަ ބަލަ؟ މީގެ ކުރިން ވެސް އެމް.ޑީ.ޕީ ގެ މީހުން ފައިސާ ދީގެން އެބަހުރި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ މީހުނަށް ބިރުދައްކާ އިންޒާރު ދީފަ. ކުރާނެ ކަމެއް ނެތް އިލްހާމެއް ކޮންމެ ހާމަކަސް މާލޭ މެޖޯރިޓީ ގެއްލި މޭޔަރުވެސް އެމް.ޑީ.ޕީ އަށް ގެއްލިއްޖެ.

  2. ކޮވިޑް

    މި މާޖެހި ރަޝާދުގެ އިލްހާމް އޭ ނިމިދިޔަ އިންތިހާބު ނިމިގެން މަޖީދީ މަގުން ހުޅަނގުން އިރަށް ސައިކަލްގަ ދަމުން ކިޔަމުން ދިޔައީ މީ 2023 ގަ ވެސް ވާނެ ގޮތޭ މީ .މި އެމް.ޑީ.ޕީ ކުދިން ކޮޅު ހެސް ކިޔާފަ ކަޑަ ވެއްޖެ ހުވާ. ވޯޓް ވެސް ވަގަށް ނުނެގުނިއްޔާ އެމް.ޑީ.ޕީ އަށް ގޮނޑި އެއްވެސް ނުލިބެނީ އޭ ހަމަ ލޮލް.

  3. ސސ

    ބޭކާރު އަނގަތަޅާގެ ތެޅީއަކީ ނޫން. މިހާރު މިގައުމުގައި ހަމައެކަނި އުޅެވެން އޮތީ ކެނެރީ ގެ ބުޅައްބެ އަށް ސަޖިދަ ޖަހާކުދިން އެކަނި.